Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

ގެޒެޓްކޮށްފައިވާ ފައިނަލް ލިސްޓަށް ފްލެޓް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވީ ވައުދާ ޚިލާފުވެ، ފްލެޓު ލިބުނު 450 ށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލި ކަމަށް އެއްބަސްވެއްޖެ

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ހުޅުމާލޭގެ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނުނު 450 އަށްވުރެ ގިނަ މީހުންގެ އަތުން އަސާސީ ޝަރުތު ހަމަނުވާތީ ފްލެޓް އަތުލާފައިވާ ކަމަށް. މިއީ ގެޒެޓްކޮށްފައިވާ ފައިނަލް ލިސްޓަށް ފްލެޓް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވީ ވައުދާ ޚިލާފަށް ކުރެއްވި ކަމެއް. ކުރީ ސަރުކާރުން 13،763 މީހުންނަށް ފްލެޓް ދިނުމަށް ނިންމައި 11،000 ފްލެޓް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެއިން 4000 ފްލެޓް ނިންމައި ހަވާލުކޮށްފައިވޭ.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 13:33
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރި ފްލެޓް ތައް ލިބުނު މީހުންގެ ފައިނަލް ލިސްޓުގައި ހިމެނުނު 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްކޮންފަރެންސް ގައި މުއްތަލިބު ވިދާޅުވީ، ފްލެޓް އަތުލީ، ފައިލަން ލިސްޓުގައި ހިމެނުނު ނަމަވެސް "އަސާސީ ޝަރުތެއް ހަމަނުވާތީ" ކަމަށެވެ.

Advertisement - newsAdvertisement

މުއްތަލިބު މިހެން ވިދާޅުވިއިރު ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވީ ވައުދު ގައި އޮތީ ދިވެހި ސަރުކާރަކުން ގޯހުން ވިޔަސް އަދި ފެއިލްވެފައިވާ ސިޔާސަތަކުން ވިޔަސް ދީފައި އޮތް އެއްޗަކަށް އެމަނިކުފާނުގެ ސަރުކާރެއްގައި ހުރަސް ނާޅުއްވާނެ ކަމަށާއި، ރައްޔިތަކަށް އެއްޗެއް ލިބޭނެ ކުޑަނަމަވެސް ފުރުސަތެއް އޮތް ނަމަ އެއެއްޗެއް އަތުނުލައްވާނެ ކަމަށެވެ.

"ދިވެހި ސަރުކާރަކުން އެއީ ގޯހުން ވިޔަސް، އެއީ ފެއިލްވެފައިވާ ސިޔާސަތަކުން ވިޔަސް، ރައްޔިތުންނަށް ހެޔޮ ކަމެއް ވަންޏާ އެކަމަކަށް އަޅުގަނޑުމެން ހުރަސް އަޅައިގެން ނުވާނެ، ރައްޔިތަކަށް އެއްޗެއް ލިބޭނެ ގޮތެއް، ކުޑަ ނަމަވެސް، ކުޑަ ނަމަވެސް ފުރުސަތެއް ލިބޭ ގޮތައް އެއީ އަދި ވުޖޫދު ގައި ނެތް ކަމެއް ވިޔަސް އެއަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުރަހެއް ނާޅާނަން،" ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

Your browser does not support the video tag.

ކެމްޕޭން ގައި މިހެން ވިދާޅުވެފައި ވުމުގެ އިތުރުން ވެރިކަމަށް ވަޑައިގެން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވިދާޅުވީ، ސަރުކާރަކުން ފައިނަލް ލިސްޓެއް ގެޒެޓް ކޮށްފައި އޮތްނަމަ އެއޮތީ ސަރުކާރުގެ ނިންމުމެއް ކަމަށާއި، އެ ލިސްޓާ އެއް ގޮތަށް ފްލެޓް ލިބޭނެ ކަމަށެވެ. އެއީ، ލިޔުން ނުލިބި އޮތް ކަމުގައި ވިޔަސް އަދި ރަޖިސްޓަރީ ނުލިބި އޮތް ކަމުގައި ވިޔަސް އެމީހަކަށް އެއޮތީ ފްލެޓް ނުވަތަ ގޯތި ލިބިފައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެއްވެސް މީހަކަށް ފްލެޓެއް ގޯއްޗެއް ލިބުނު ތަނަކުން އެ ލިބުނު ގޯއްޗެއް ނޫނީ ފްލެޓެއް އެމީހެއްގެ އަތަކުން އަތެއް ނުލާނަމޭ، ދެން ރަސްމީ ކޮށް ގެޒެޓް ކުރެވިފައި އޮވެއްޖެއްޔާ އެއޮތީ އެމީހާ އަށް ލިބިފައި، އަދި ލިޔުން ނުލިބިވެސް ހުރެދާނެ އެ ފަރާތްތަކަށް، ރަޖިސްޓަރީ ނެހެދިވެސް ހުރެދާނެ، އެއީ އެހެން ކަމެއް، އެހެން ވީމާ ފައިނަލް ލިސްޓެއް ގެޒެޓް ކުރެވިފައި އޮވެއްޖެއްޔާ އެ އޮތީ ސަރުކާރުގެ ނިންމުމެއް، ދެން ސަރުކާރެއްގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ހުރިހާ ވަޒީރުންގެ ހާޒިރު ގައި މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު އިތުރަށް ވިދާޅުވެފައި ވަނީ ޖުމްލަކޮށް އެކަން އޮންނާނެ ގޮތަކީ އެއީ ކަމަށެވެ. "އެއަކަށް ބަދަލެއް ނާންނާނެ."

Your browser does not support the video tag.

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ފުރަތަމަ ސްކީމުގެ ދަށުން ޝަރުތު ހަމަވީ، 13،763 މީހުންނެވެ. ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށް ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވެއެވެ. އެއާ އެކު އެ ސަރުކާރުން ވަނީ 11،000 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައި، ނިމިފައިވާ 4000 ފްލެޓުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލުވެސް ކޮށްފަ އެވެ.

ބާކީ ތިބި 9763 މީހުންނަށް ފްލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީ އިން ފައިނޭންސް ހަމަޖައްސާ، އިތުރު 6،000 ފްލެޓް އެޅުމަށް 4،000 ފްލެޓް އަޅަމުންދާ އިންޑިއާގެ ކުންފުނި ކަމަށްވާ ކޭޕީއައިއެލް އާއި ޖޭއެމްސީ ޕްރޮޖެކްޓްސް އާ އެ މަސައްކަތް 2023 ވަނަ އަހަރު ހަވާލުވެސް ކުރި އެވެ.

އޭގެ އިތުރުން އެޕޯލޯ ކުންފުންޏާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ 1،000 ފްލެޓާއި އެކު ޖުމްލަ 7،000 ފްލެޓުގެ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން ފަށާފައިވެ އެވެ.

ގެޒެޓް ކޮށްފައިވާ ފައިނަލް ލިސްޓަށް ފްލެޓް ލިބޭނެ ކަަމަށް ޚުދު ރައީސް މުއިއްޒު ވައުދުވެވަޑައިގަތުމަށް ފަހު އެ ވައުދާ ސީދާ ޚިލާފަށް ފްލެޓް ލިބުނު މީހުންގެ ލިސްޓު އަލުން ރިވިއު ކޮށް "އަސާސީ ޝަރުތެއް" ހަމަ ނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ހައްގު މި ވަނީ އަތުލައިގަނެފަ އެވެ.

ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވުމާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް ނެތުމެވެ.

މުއްތަލިބު ވިދާޅުވީ 450 އަށްވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށާއި ފްލެޓް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު އަދިވެސް ބައެއް ފޯމުތައް ރިވިއުކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން އިތުރު މީހުންގެ ފްލެޓު ގެއްލުމަކީ އަދިވެސް ވެދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

ޑރ. އަބްދުﷲ މުއުޠްޠަލިބުގެދޮރުވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

28 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް ތިނަކުން 7 ސައިޒެއްގެ 698 ގޯތީގެ ގުރު ނެގުން ފަށައިފި

ހުޅުމާލެ ފޭސް ތިނަކުން 7 ސައިޒެއްގެ 698 ގޯތީގެ ގުރު ނެގުން ފަށައިފި

20 ޑިސެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެމްޑީޕީ ސަރުކާރުން ފުލެޓުތަކަށް ހަމަޖެއްސި އަގުތައް ރައީސް މުއިއްޒު އަމިއްލަފުޅަށް ބޮޑު ކުރައްވައި އަމިއްލަފުޅަށް ކުޑަ ކުރައްވައިފި

19 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހު

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު