Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

މޮޅާ އެކު ރެއާލް އިން ވަނީ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 17 މެޗުން ރެއާލް އަށް ލިބެނީ 39 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި ބާސެލޯނާ އަށް ލިބެނީ 43 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2025 | ހޯމަ 02:02
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ޑިޕޮޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން ހަމަ ޖެހުމެއް ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އަލަވޭސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އަލަވޭސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ރެއާލް އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. މެޗުގައި އިތުރު ލަނޑު ޖަހަން ވެސް ރެއާލް އިން ފުރުސަތު ހޯދި އެވެ.

ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި އަލަވޭސް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކާލޮސް ވިސެންޓޭ އެވެ. އެއީ އެންޓޯނިއޯ ބްލަންކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

އޭގެ އަށް މިނެޓު ފަހުން ރެއާލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަަހައި މެޗުގަައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ލަނޑު ރެއާލް އަށް ޖަހައިދިނީ ބްރެޒިލްގެ ރޮޑްރީގޯ އެވެ. އެ ލަނޑު ޖަހަން ރޮޑްރީގޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވިނީޝިއުސް ޖޫނިއާ އެވެ.

މޮޅާ އެކު ރެއާލް އިން ވަނީ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 17 މެޗުން ރެއާލް އަށް ލިބެނީ 39 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި ބާސެލޯނާ އަށް ލިބެނީ 43 ޕޮއިންޓެވެ.

މިފަހަކަށް އައިސް ރެއާލްގެ ނަތީޖާތައް ދަށްވެފައިވާތީ އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ އަށް ޕްރެޝަރު ބޮޑުވަމުން އައި ނަމަވެސް، މި މޮޅާ އެކު އަލޮންސޯ އަށް ހަމަޖެހުމެއް އޮންނާނެ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އަލޮންސޯ ބުނެފައި ވަނީ، ރެއާލް އިން އެ މެޗުގައި ކުޅުނީ އެ ޓީމުގެ ގޭމަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން ކަމަށެވެ. އަލަވޭސް އަތުން ލިބުނު މޮޅަކީ ވަރަށް މުހިންމު މޮޅެއްކަން ފާހަގަކޮށް އަލޮންސޯ ބުނީ، ރެއާލްގެ ބައެއް ކުޅުންތެރިން ނެތި އެ މޮޅު ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

އަލޮންސޯ ބުނީ އަލަވޭސް މެޗުގައި ރެއާލް އިން ވަރަށް ގިނަ ރަނގަޅު ކަންކަން ކުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރެއާލް އަށް ބޭނުން ވަނީ އެފަދަ ކުޅުމެއް ކަމަށާއި، އެ މެޗުގައި ރެއާލް އިން ކުރި ރަނގަޅު ކަަންކަން އިތުރަށް ކުރިއަރުވަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް އަލޮންސޯ ބުނީ، ރެއާލް އަށް ނަތީޖާ ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އޮންނަ ކަމަށެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު