Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

އަލޮންސޯ ބުނެފައި ވަނީ، ރެއާލްގެ ކޯޗު ކަމުން އޭނާ ވަކި ކޮށްފާނެ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ ތަކަށް އެއްވެސް ވަރަކަށް ވިސްނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ވިސްނުން އޮތީ ބުދަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް އަލޮންސޯ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 01:16
ރެއާލް އަށް އިރުޝާދު ދެމުން އަންނަ ޒަބީ އަލޮންސޯ

ރެއާލް އަށް އިރުޝާދު ދެމުން އަންނަ ޒަބީ އަލޮންސޯ

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗު ކަމުގެ މަގާމުން ވަކި ކޮށްފާާނެ ކަމުގެ ބިރުވެރި ކަމެއް ނެތް ކަމަށާއި، ވިސްނުން އޮތީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް، ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އަލޮންސޯ މިހެން ބުނެފައި ވަނީ ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، ރެއާލް ބަލިވި މެޗަށް ފަހު އެވެ. އެ މެޗުން ރެއާލް ބަލިވެފައިވާއިރު، އެންމެ ފަހުން ސްޕެނިޝް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗުން އެއްވަރުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ.

އެއާއެކު، ރެއާލްގެ ކޯޗު ކަމުގައި އަލޮންސޯ އަށް ޕްރެޝަރު ބޮޑު ވަމުން އަންނަ ވާހަކަ ވަނީ އިތުރުވެފަ އެވެ. ޚާއްސަކޮށް ރެއާލްގެ ނަތީޖާތައް ދަށްވަމުން އަންނަ މި ދަނޑިވަޅުގައި، އެ ޓީމުގެ ކޯޗު ކަމުން އޭނާ ވަކި ކުރުމުގެ ފުރުސަތު އޮތް ކަމަށް، ސްޕެއިން ގެ މީޑިއާ ތަކުގައި އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލޮންސޯ ބުނެފައި ވަނީ، ރެއާލްގެ ކޯޗު ކަމުން އޭނާ ވަކި ކޮށްފާނެ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ ތަކަށް އެއްވެސް ވަރަކަށް ވިސްނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ވިސްނުން އޮތީ ބުދަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް އަލޮންސޯ ބުންޏެވެ.

އޭނާ ބުނީ އަމިއްލަ ދަނޑުގައި ބަލިވުމަކީ ބައެއް ޙާލަތް ތަކުގައި ހިނގާނެ ކަމަށާއި، އެއީ އިންތިހާ އަށް ހިތްދަތި އިޙުސާސެއް ކުރެވޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ރެއާލްގެ ކުޅުންތެރިންނާއި، އޮފިޝަލުން އަދި މުޅި ޓީމު އޮތީ އެކީ އެކުގައިކަން ފާހަގަކޮަށް އަލޮންސޯ ބުނީ، ކުރިއަށް ދާނީ އަބަދު ވެސް އެގޮތުގައި ކަމަށެވެ.

މީގެ އިތުރުން އަލޮންސޯ ބުނެފައި ވަނީ، ރެއާލް އަށް މިހާރު ކުރިމަތިވެފައިވާ ޙާލަތު ބަދަލު ކުރުމަށް އޭނާ އަށް އިތުރު ހިތްވަރެއް ވެސް ލިބޭ ކަމަށެވެ. ރެއާލްގައި މިހާރު އޮތް ޓީމު ބޭނުން ވަނީ މަތީ ފަންތީގައި ވާދަކޮށް، ކާމިޔާބީ ޙާސިލު ކުރަން ކަމަށް އަލޮންސޯ ބުންޏެވެ. އަދި އޭނާ ބުނީ، ރެއާލް އޮތީ ރަނގަޅު މިސްރާބުގައި ކަމަށާއި، ޓީމައިގެން ކުރިއަށް ދާނެ ކަމަށެވެ.

ސްޕެނިޝް ލީގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ސެލްޓަ މެޗުން ބަލިވެ ރެއާލް އަށް ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށެވެ. އޭނާ ބުނީ އެ މެޗު ދިޔައީ ރެއާލް އިން ބޭނުންވި ގޮތަށް ނޫން ކަމަށާއި، މެޗުގެ ނަތީޖާ އަކީ ވެސް ބޭނުންވި ނަތީޖާ ނޫން ކަމަށެވެ. އެހެން ނަމަވެސް، ސްޕެނިޝް ލީގުގައި ބާކީ މެޗުތައް އޮތް ކަަމަށާއި، ކުރިއަށް އޮތީ ދިގު ދަތުރެއް ކަމަށް އޭނާ ބުންޏެވެ. އަދި މި ޙާލަތު އަނބުރާލެވޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ސެލްޓަ އަތުން މޮޅުވެ، އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮތެވެ. ނަމަވެސް، ސެލްޓަ އަތުން ބަލިވެ، ރެއާލް އާއި ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފަ އެވެ.

ރެއާލް މެޑްރިޑްޒަބީ އަލޮންސޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު