Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

މެޗަށް ފަހު ވާހަކަ ދައްކަމުން އޭސީ މިލާންގެ ކޯޗު މާސިމިލިއާނޯ އަލެގްރީ ބުނެފައި ވަނީ، މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށާއި، އެ މެޗަށް ނިކުތީ ވެސް ތިން ޕޮއިންޓަށް އަމާޒު ކޮށްގެން ކަމަށެވެ. ނަޕޯލީ އަކީ ވަރަަށް މޮޅު ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އުނދަގޫކަމް ފާހަގަކޮށް އަލެގްރީ ބުނީ، އެއީ މުހިންމު މޮޅެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 05:50
މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޭސީ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާން އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަަތަމަ ހާފުގައި އޭސީ މިލާން އިން ދެ ލަނޑު ޖެހިއިރު، ނަޕޯލީގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އޭސީ މިލާން އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލެކްސިސް ސަލަމޭކާ އެވެ. އެ ލަނޑު ޖަހަން ސަލަމޭކާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އޭސީ މިލާން އިން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭސީ މިލާން އަށް ޖަހައިދިނީ ޕުލިސިޗް އެވެ. އެއީ ޔޫސުފާ ފޮފާނަ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕުލިސިޗް ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ނަޕޯލީ އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ 60 ވަނަ މިނެޓުގަ އެވެ. އެއީ އޭސީ މިލާންގެ އެރިޔާ ތެރެއިން ނަޕޯލީގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކެވިން ޑި ބްރޭނާ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އޭސީ މިލާންގެ ކޯޗު މާސިމިލިއާނޯ އަލެގްރީ ބުނެފައި ވަނީ، މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށާއި، އެ މެޗަށް ނިކުތީ ވެސް ތިން ޕޮއިންޓަށް އަމާޒު ކޮށްގެން ކަމަށެވެ. ނަޕޯލީ އަކީ ވަރަަށް މޮޅު ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު އުނދަގޫކަމް ފާހަގަކޮށް އަލެގްރީ ބުނީ، އެއީ މުހިންމު މޮޅެއް ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޭސީ މިލާން އިން ވަރަށް ރަނގަޅަށް ކުޅުނުކަން ފާހަގަކޮށް އަލެގްރީ ބުނީ، ދެ ވަނަ ހާފުގައި ދެއްކި ރަތް ކާޑާ އެކު އިތުރު ހިތްވަރެއް ކުރަން ޖެހުނު ކަމަށެވެ. އެއާއެކު ވެސް، އޭސީ މިލާންގެ ކުޅުންތެރިންގެ ފަރާތުން ހިތްވަރު ފެނުނު ކަމަށް އޭނާ ބުންޏެވެ.

މޮޅާއެކު އޭސީ މިލާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ހަތަރު މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވެސް ލިބެނީ ފަސް މެޗުން 12 ޕޮއިންޓެވެ. އޭސީ މިލާާން އަތުން ވީ ބައްޔަކީ، މި ސީޒަންގައި ނަޕޯލީގެ ފުރަތަމަ ބައްޔެވެ.

އިޓާލިއަން ލީގުނަޕޯލީއޭސީ މިލާން

ކޮމެންޓް

އިތުރަށް ކިޔާލަން

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު