Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ކްލަބް ވޯލްޑް ކަޕް 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

މޮޅާއެކު އިންޓަރ މިލާން އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ އެ ޓީމު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖޫން 2025 | ބުރާސްފަތި 07:15
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް އީގެ ފަހު މެޗުގައި ރިވާާ ޕްލޭޓްގެ މައްޗަށް ކުރި ހޯދައި، އިންޓަރ މިލާން އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި އިންޓަރ މިލާންގެ ފުރަތަމަ މެޗުގައި ވަނީ މޮންޓަރޭއާ އެއްވަރުވެފަ އެވެ. އަދި ދެ ވަނަ މެޗުގައި ވަނީ އުރަވާ ރެޑް ޑައިމަންޑްސް އަތުން މޮޅުވެފަ އެވެ. ރިވާ ޕްލޭޓުގެ ފުރަތަމަ މެޗުގައި އުރަވާ ރެޑް ޑައިމަންޑްސް އަތުން މޮޅުވީއިރު، ދެ ވަނަ މެޗުގައި މޮންޓަރޭއާ ވަނީ އެއްވަރުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ލުމެން ފީލްޑް ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލު ކުރި މެޗު އިންޓަރ މިލާން އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އިންޓަރ މިލާން އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.

ފުރަތަމަ ހާފުގައި ވެސް އިންޓަރ މިލާން އިން ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެވެ. އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އަށް ލަނޑު ޖަހަން ފުރުސަތު ލިބުނުއިރު، ފެޑެރިކޯ ޑިމާކޯ އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރިވާ ޕްލޭޓަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ ޑިފެންޑަރު ލޫކަސް މާާޓިނޭޒް އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ސަބަބުން މެޗުގެ ބާކީ ބައި އެ ޓީމުން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ.

އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި އިންޓަރ މިލާން އިން ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ އެވެ. އެއީ ޕީޓާ ސުސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އިންޓަރ މިލާން އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު އަލެސާންޑްރޯ ބަސްޓޮނީ ޖެހި ލަނޑެކެވެ.

މޮޅާއެކު އިންޓަރ މިލާން އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ހޯދީ މި ގުރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ އެ ޓީމު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ހަ ޕޮއިންޓާ އެކު ގަދަ 16 އިން ޖާގަ ހޯދީ މޮންޓަރޭ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް 2025އިންޓަރ މިލާން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ

ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ

09 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު