Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކްލަބް ވޯލްޑް ކަޕް 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2025 | އަންގާރަ 04:36
މެޗުގައި ލަނޑު ޖެހުމަށް ފަހު ފްލުމިނެންސޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ފްލުމިނެންސޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބްރެޒިލްގެ ފްލުމިނެންސޭ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުން އިންޓަރ މިލާން ޖާގަ ހޯދީ، ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ގުރޫޕް ސްޓޭޖުގައި ފްލުމިނެންސޭ އިން ކުޅުނު އެއް މެޗުން މޮޅުވީއިރު، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ބެންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފްލުމިނެންސޭ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ފްލުމިނެންސޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އިންޓަރ މިލާންގެ އޭރިޔާ ބޭރުން ފްލުމިނެންސޭގެ ކުޅުންތެރިޔަކު ހުރަސްކޮށްދިން ބޯޅަ އިންޓަރ މިލާންގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ލިބުނު ވަގުތު، ގޯލަށް ވައްދާލީ ޖާމަން ކަނޯ އެވެ.

އޭގެ ފަހުން ފްލުމިނެންސޭގެ ކަނޯ ފޮނުވާލި ބޯޅަ އިންޓަރ މިލާންގެ ގޯލު ކީޕަރު ޔަން ސޮމާ މަތަކުރި ވަގުތު ރީބައުންސަށް އައި ބޯޅަ، ސަމުއެލް ޒަވިއާ ފޮނުވާލި ނަމަވެސް، ގޯލުގެ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި އިންޓަރ މިލާން އަށް ނަތީޖާ ހަމަހަމަ ކޮށްދޭން ލިބުނު ފުރުސަތުގައި ލައުޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅަ، ފްލުމިނެންސޭގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ދެ ވަނަ ފުރުސަތެއްގައި މާޓިނޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

މެޗުގައި ފްލުމިނެންސޭ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހާކިއުލްސް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް 2025އިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
09 ޖުލައި 2025

ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ

09 ޖުލައި 2025
ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު