Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުސާރަ

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ 8 ވަނަ އިޞްލާޙުން ލީގަލް އޮފިސަރުންގެ މުސާރަ އާއި ޢިނާޔަތްތައް ކުޑަވެ، ސްޓެޕް އެލަވަންސް ފަދަ ކުރިން ލިބެމުން އައި ޢިނާޔަތްތައް ވެސް އުނިކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2025 | ހޯމަ 14:45
ޕޭ ފްރޭމް ވޯކަށް ގެނައި ބަދަލާއެކު ލީގަލް އޮފިސަރުންގެ މުސާރައާއި އިނަޔާތްތައް ކުޑަވެފައިވޭ

ޕޭ ފްރޭމް ވޯކަށް ގެނައި ބަދަލާއެކު ލީގަލް އޮފިސަރުންގެ މުސާރައާއި އިނަޔާތްތައް ކުޑަވެފައިވޭ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެފައިވާތީ ކަންބޮޑުވުން ފާޅުކޮށް 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި އެވެ.

މި ޕެޓިޝަނުގައި 81 މުވައްޒަފުން ސޮއިކުރި އެވެ. އެގޮތުން ޕެޓިޝަން ހުށަހެޅު އިދާރާތަކުގެ ތެރޭގައި ރައީސް އޮފީސް، މަޖިލިސް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ، ޕޭ ކޮމިޝަން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ފިނޭންސް މިނިސްޓްރީ، ސިވިލް ސަރވިސް ކޮމިޝަން، ސިޓީސް މިނިސްޓްރީ އަދި ބާ ކައުންސިލް ހިމެނެ އެވެ. މި ޕެޓިޝަން ހުށަހެޅީ އާދީއްތަ ދުވަހު އެވެ.

Advertisement - newsAdvertisement

1 ނޮވެމްބަރުން ފެށިގެން މުސާރަ އާއި އިނާޔަތްތަކަށް ގެނެވުނު ބަދަލާ ގުޅިގެން ލީގަލް ޕްރޮފެޝަނަލްސް (ލީގަލް އޮފިސަރސް) ގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ހުށަހެޅި ކަންބޮޑުވުމުގައި ބުނެފައި ވަނީ ރަސްމީ ގަޑީގެ އިތުރުން ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭ ބައެއް ކަމުގައެވެ.

ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ގެނެވުނު 8 ވަނަ އިސްލާހާއި ގުޅިގެން، ސިވިލް ސަރވިސްގެ އޮނިގަނޑުގައި ހިމެނޭ ދައުލަތުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުންގެ ބައެއް ޢިނާޔަތްތައް އުނިކުރެވި، އިތުރުގަޑީގެ ފައިސާ ކެޕްކުރުމާއި، ޖޮބްމެޓްރިކްސް އަށް ގެނެވުނު ބޮޑެތި ބަދަލުތަކާއި ގުޅިގެން، ކުރިން ލިބެމުން ދިޔަ މުސާރަ އަށް ވުރެ ޖުމުލަ މުސާރައިގެ ގޮތުގައި ލިބޭ މިންވަރު މަދު ވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ލީގަލް އޮފިސަރުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ އެކަށީގެންވާ މުސާރަ އެއް ނުލިބޭތީ، މިކަމުގައި ހުރި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެދި ލީގަލް ޕްރޮފެޝަނަލުންގެ ފަރާތުން އެދިފައިވެ އެވެ.

ލީގަލް ޕްރޮފެޝަނަލުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ބުނެފައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ 8 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން، ލީގަލް އޮފިސަރުންނަށް ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެ ގޮތުން ލޯކަލް ކައުންސިލްތަކުގެ CS9-2 ގްރޭޑް ގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ލިބެމުންދިޔަ 19،161 ރުފިޔާގެ ބަދަލުގައި މިހާރު ލިބެނީ 18،920 ރުފިޔާ އެވެ. މިއީ 240 ރުފިޔާގެ މަދުވުމެކެވެ.

ލީގަލް ޕްރޮފެޝަނަލުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިން ލިބެމުންދިޔަ ބައެއް އިނާޔަތްތައް އުނިކުރެވިފައިވާ ކަމެވެ. މީގެ ތެރޭގައި ނޮން-ޕްރެކްޓިސިން އެލަވަންސް، ސްޓެޕް އެލަވަންސް، އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް ހިމެނެއެވެ.

ސްޓެޕް އެލަވަންސް ކަނޑާލުމުގެ ސަބަބުން، އަލަށް މަޤާމަށް ވަންނަ މުވައްޒަފަކާއި 10 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފަކާ އެއްވަރުވެ، އެ މަޤާމުގައި އެ މުވައްޒަފަކު ހާސިލުކުރި ކުރިއެރުމާއި އެއާއެކު ލިބެމުން އައި އެލަވަންސް ޒީރޯވެ، އަލުން ފަށަން ޖެހުމަކީ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާމެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި ލީގަލް ޕްރޮފެޝަނަލުން ފާހަގަކުރެ އެވެ.

ހާޒިރީ ޢިނާޔަތާ ގުޅޭ މައްސަލަތަކުގެ ބުނެފައި ވަނީ އިސްލާހުގެ ދަށުން ހާޒިރީ އިނާޔަތް އިތުރުކުރެވިފައިވާ އިރު، ލީގަލް ޕްރޮފެޝަނަލުން ފާހަގަކުރާ ގޮތުގައި މިއީ ކޮންމެ މަހަކު ވެސް ފުރިހަމަ އަށް ލިބޭނެކަން ކަށަވަރު ނޫން އެލަވަންސެކެވެ. އެހެނިހެން މަޤާމުތަކަށް ޓޭކްހޯމް ޕޭ އިތުރުވެފައިވާ އިރު، ލީގަލް އޮފިސަރުންގެ ޓޭކްހޯމް ޕޭ މަދުވެފައި ވުމަކީ ހަމަހަމަކަން ގެއްލިފައިވާ ކަމެއްކަމުގައި ފާހަގަކުރެ އެވެ.

ހާޒިރީ އެލަވަންސްއަކީ މުވައްޒަފަކު އޮފީހަށް ހާޒިރުވާ ދުވަހަކަށް އެ މުވައްޒަފަކަށް ލިބޭ ގޮތަށް ކަނޑައަޅާފައިވާ އެލަވަންސަކަށްވާތީ، މުވައްޒަފަކު ބަލިވެގެން ނުވަތަ ބޮޑު ކަމެއް ދިމާވެގެން އާއިލީ ޒިންމާ ނުވަތަ އަހަރީ ޗުއްޓީ ނެގި ނަމަވެސް މި އެލަވަންސް އެ ދުވަސްތަކަށް ނުލިބޭނެކަން ފާހަގަކޮށްފައިވެެ އެވެ.

އަދި މަސައްކަތު ގަޑި އަށް އައި ބަދަލުތަކުގެ ކަންބޮޑުވުންތައް ފާހަގަކޮށް ބުނެފައި ވަނީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ 8 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ހަފުތާއަކު 5 ދުވަހު، ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރުމުން އެސިސްޓެންޓް ލީގަލް އޮފިސަރަކަށް ގެއަށް ގެންދަން ލިބެމުންދިޔަ މުސާރައަކީ 13،267 ރުފިޔާ ކަމަށެވެ.

ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މިހާރު ހަފުތާއަކު 6 ދުވަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައިވީ ނަމަވެސް ލިބޭނެ މުސާރަ އަކީ 14،540 ރުފިޔާ އެވެ. މިއީ މަސައްކަތު ގަޑި 35 އިންސައްތަ އިތުރުވުމުގެ އިތުރުން ލިބޭ އެންމެ 0.3 އިންސައްތައިގެ އިތުރުވުމެކެވެ.

ލީގަލް ޕްރޮފެޝަނަލުންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި އިތުރަށް ބުނެފައިވަނީ ސިވިލް ސަރވިސް އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަގާމަކީ މިހާރު އޮތް ޕޭ ފްރޭމްވަރކް ތައާރަފުވުމުގެ ކުރިން ޑިޕްލޮމާއެއް އޮވެގެން ޝަރުތު ހަމަވާ މަގާމެކެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން ޑިގްރީ ޝަރުތެއްގެ ގޮތުގައި އޮތް ނަމަވެސް، އެ ޝަރުތު ފުރިހަމަ ކުރުމަކާއި ނުލައިވެސް މިހާރު އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަދި ޑިރެކްޓަރުންގެ މަގާމުގައި ތިއްބެވި ބައެއް މުވައްޒަފުންނަން އެ މަގާމުގައި އެއް ރޭންކެއްގައި ތިބެވޭ އިރު، އެ މަގާމުތަކުގެ މުސާރައަށް ވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެ ގޮތުން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަޤާމުގައި ތިއްބެވި މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ 12،397.00 ރުފިޔާގެ ބަދަލުގައި މިހާރު ލިބެނީ 20،230.00 ރުފިޔާއެވެ. މިއީ 7،833 ރުފިޔާގެ އިތުރުވުމެކެވެ. ޙާޟިރީ ޢިނާޔަތް ނުހިމަނައި ބަލާއިރުވެސް 4،643 ރުފިޔާގެ އިތުރުވުމެކެވެ.

ލީގަލް ޕްރޮފެޝަނަލުން އިލްތިމާސްކޮށްފައި ވަނީ، ސިވިލް ސަރވިސްގެ އިދާރާތަކުގައި މަސައްކަތްކުރާ އެހެނިހެން ފަންނުތަކުގެ މުވައްޒަފުންނާއި ލީގަލް ޕްރޮފެޝަނަލުންގެ މުސާރައިގެ ދެމެދުގައި މިހާރު އުފެދިފައިވާ ތަފާތުތަކަށް ހާއްސަ ސަމާލުކަމެއް ދީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތްވާ ގޮތުގެމަތިން، ލީގަލް ޕްރޮފެޝަނަލުންގެ މުސާރައަށް ވެސް އެކަށީގެންވާ ހަރުދަނާ ކުރިއެރުމެއް ގެނެސް ދިނުމަށެވެ.

ލީގަލް އޮފިސަރުންސިވިލް ސަރވިސްލޯކަލް ކައުންސިލްޕޭ ފްރޭމްވޯރކްއުޖޫރަ

ކޮމެންޓް

އިތުރަށް ކިޔާލަން

މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު

މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު

01 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މުސާރަ ބޮޑު ކުރުމާއެކު އިމިގްރޭޝަންގެ ގިނަ އޮފިސަރުންގެ މުސާރައިން 9000 ރުފިޔާ މަދުވެއްޖެ

މުސާރަ ބޮޑު ކުރުމާއެކު އިމިގްރޭޝަންގެ ގިނަ އޮފިސަރުންގެ މުސާރައިން 9000 ރުފިޔާ މަދުވެއްޖެ

10 ނޮވެމްބަރު 2025
2026ގެ ބަޖެޓަކީ ސަރުކާރުގެ ނާޗަރަންގީއަށް ރައްޔިތުންގެ ފައިސާއިން 64 ބިލިއަން ރުފިޔާ ހޭދަކުރަން ހުށަހެޅި ބަޖެޓެއް: ޣަފޫރު

2026ގެ ބަޖެޓަކީ ސަރުކާރުގެ ނާޗަރަންގީއަށް ރައްޔިތުންގެ ފައިސާއިން 64 ބިލިއަން ރުފިޔާ ހޭދަކުރަން ހުށަހެޅި ބަޖެޓެއް: ޣަފޫރު

10 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު