Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ. އަތޮޅު ކައުންސިލް އޮޑިޓް

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

ގއ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތައިލޭންޑަށް ތަޖުރިބާ ދަތުރަކަށް 338،006 ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މާލިއްޔަތު ސަރކިއުލަރގައި ރާއްޖެއިން ބޭރުގެ ކުރު މުއްދަތުގެ ކޯސްތައް ފިޔަވައި އިތުރު ޓްރެއިނިންގތައް ނުކުރުމަށް އިރުޝާދު ދީފައި އޮއްވާ ކައުންސިލް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭގޮތުން 8 ބޭފުޅުން ކޮށްފައިވާ ދަތުރެއް. ހުރުމާއި ކެއުމުގެ ހަރަދަށް 266،457 ރުފިޔާ އަދި ޓިކެޓަށް 71،549 ރުފިޔާ ވަނީ ހަރަދުކޮށްފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 10:15
ގއ. އަތޮޅު ކައުންސިލް މެންބަރުން ސިޓީސް މިނިސްޓަރާއެކު ބައްދަލުވުމެއްގައި

ގއ. އަތޮޅު ކައުންސިލް މެންބަރުން ސިޓީސް މިނިސްޓަރާއެކު ބައްދަލުވުމެއްގައި | ގއ. އަތޮޅު ކައުންސިލް

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް 338،006 ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝިއަންސީ އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ދައުލަތުގެ އެންމެހާ އިދާރާތަކަށް މާލިއްޔަތާ ބެހޭ ސަރކިއުލަރ އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދެއް ކަމުގައި ބެލެވެން ނެތް ކަމަށް އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

މި މައްސަލަ އާއި ގުޅިގެން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓް ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓް ތަންފީޒު ކުރުމަށާއި ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށްޓަކައި، 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓް ތަންފީޒުކޮށް ހަރަދު ކުރުމުގައި އިދާރާތަކުން ބަލަންޖެހޭ ކަންތައްތައް މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާ ބެހޭ ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން މި ސަރކިއުލަރގައި ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންގތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އިރުޝާދު ދީފައިވުމާއި، ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ފައިސާ އިން ހަރަދު ކުރުމުގައި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަން ކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖައްސައި، ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށް ސަމާލުކަން ދިނުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ގއ. އަތޮޅު ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު ތައިލޭންޑަށް ކޮށްފައިވާ ދަތުރުގެ ހަރަދުތައް ކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 20 މެއި 2024 އިން 30 މެއި 2024 އަށް ތައިލޭންޑަށް އަތޮޅު ކައުންސިލް އިދާރާ ތަމްސީލުކުރާ 10 މެންބަރުންގެ ތެރެއިން 7 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 8 ބޭފުޅުން ތަޖުރިބާ ހޯދުމަށް ދަތުރެއް ކޮށްފައިވާ އިރު، އެ ދަތުރަށް ހިނގާނެ ހަރަދުގެ ފައިސާ ލިބޭނެ އެހެން ގޮތްތަކެއް ހޯދުމަކާ ނުލާ ކައުންސިލްގެ ބަޖެޓުން 338،006 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. 

އަދި މިގޮތަށް ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއް ހަަރަދުކޮށްފައިވުމުން މާލިއްޔަތު ސަރކިއުލަރގައި އިރުޝާދު ދީފައިވާ ގޮތަށް ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށް ކައުންސިލްގެ އިދާރާއިން އަމަލުކޮށްފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހުރުމާއި ކެއުމުގެ ހަރަދަށް 266،457 ރުފިޔާ އަދި ޓިކެޓަށް 71،549 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 10 މީހުންގެ ރޭޓުން ބަލާނަމަ މިއީ ކެއުމަށް ބޮލަކަށް 26،645.7 ރުފިޔާ އެވެ. 

އޮޑިޓުގައި ބުނެފައިވަނީ ކައުންސިލްގެ މި ދަތުރަކީ އަތޮޅު އަދި ރަށު ކައުންސިލްތަކަކީ ރައްޔިތުންގެ މަންފާ އާއި ލާބައަށް މަސައްކަތް ކުރަމުންދާ ކައުންސިލްތަކަކަށް ވާތީ ތައިލޭންޑް ފަދަ ކުރިއަރާފައިވާ ގައުމެއްގައި ލޯކަލް ގަވަރމަންޓް އަދި ޕްރޮޖެކްޓްތަކުގެ ކަންކަން ކުރަމުންދާ ގޮތް ދެނެގަނެ އަދި އެގައުމުގައި ރައްޔިތުންނަށް ފައިދާކުރަނިވި ގޮތުގައި ކަންކަން ކުރަމުންދާ ގޮތްތައް ދެނެގަނެ ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކޮށްފައިވާ ދަތުރެއް ކަމަށެވެ. 

ތައިލެންޑްފިނޭންސް މިނިސްޓްރީކޮމްޕްލަޔަންސް އޮޑިޓްގއ. އަތޮޅު ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައު އަހަރާ އެކު ނިއު އެޑިޝަނުން އައު 2 ބްރޭންޑް ތައާރަފު ކޮށްފި! ދުނިޔޭގެ މަގުބޫލު ކަން ހޯދާފައިވާ ސެންޓާ ރޫމް ސްޕްރޭ ވެސް ހެޔޮ އަގުގައި

އައު އަހަރާ އެކު ނިއު އެޑިޝަނުން އައު 2 ބްރޭންޑް ތައާރަފު ކޮށްފި! ދުނިޔޭގެ މަގުބޫލު ކަން ހޯދާފައިވާ ސެންޓާ ރޫމް ސްޕްރޭ ވެސް ހެޔޮ އަގުގައި

02 ޖެނުއަރީ 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

17 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު