Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

2026ގެ ބަޖެޓަކީ ސަރުކާރުގެ ނާޗަރަންގީއަށް ރައްޔިތުންގެ ފައިސާއިން 64 ބިލިއަން ރުފިޔާ ހޭދަކުރަން ހުށަހެޅި ބަޖެޓެއް: ޣަފޫރު

އައިނު ހަދައިދޭން 2000 ރުފިޔާ ދިނީ ވެސް އޮޅުވާލުމެއްގެ ތެރެއިން ކަމަށް މެންބަރު ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2025 | ހޯމަ 07:25
މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ނާޗަރަންގީއަށް ރައްޔިތުންގެ ފައިސާ އިން 64 ބިލިއަން ރުފިޔާ ހޭދަކުރަން ހުށަހެޅި ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ރައްޔިތުންގެ ހާލަތު ރަނގަޅުވާ މަންޒަރު ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާ އެގޮތުން އައިނު ހަދައިދޭން 2000 ރުފިޔާ ދިނީ ވެސް އޮޅުވާލުމެއްގެ ތެރެއިން ކަމަށް މެންބަރު ވިދާޅުވި އެވެ. އެގޮތުން ދޭ ފައިސާގެ އަދަދު އިތުރު ކުރިއިރު އާސަންދައިން އައިނު ހެދެނީ ކޮންމެ ދެ އަހަރުން އެއް އަހަރު ކަމަށާ ކުރިން 1000 ރުފިޔާ ދިން އިރު ކޮންމެ އަހަރަކު އެއް ފަހަރު އައިނު ހެއްދުމުގެ ފުރުސަތު އޮންނަ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދިން އިރު ދެބައިކުޅަ އެއްބައި މުވައްޒަފުންގެ މުސާރަ ވީ ކުޑަ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ މި ސަރުކާރުން ކަންކަން ކޮށްދެނީ ކަރުދާހުން ކަމަށެވެ.

އާސަންދަ އެއް ރައްޔިތުންނަކަށް ސާފު ސީދާކޮށް ލިބެމަކުން ނުދޭ. ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ އާސަންދަ އަށް ޚަރަދު ވެގެން ދާއިރު ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ނުލިބިގެން އަބަދު ޝަކުވާގެ އަޑު އިވެމުން ދަނީ. މިއީ ސުވާލު އުފެދޭ ކަމެއް. ބަޖެޓުގައި އެބައޮތް 2000 މިލިއަން ރުފިޔާ އައިޖީއެމްއެޗް އަށް އެކަށައަޅާފަ. އަޅުގަނޑު ހިތަށް އަރާ މުޅި އައިޖީއެމްއެޗް ރަނުން އަޅަންތޯ ސަރުކާރުން މިއުޅެނީ. ކީއްތޯ ކުރަން މިއުޅެނީ ކޮބައިތޯ ކުރަން މި އުޅޭ ކަމެއް. މި މަޖިލީހުގައި މިކަން ސާފުވާ އެއްވެސް މެންބަރަކު ނެތް،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެންބަރު ވިދާޅުވީ މި ބަޖެޓަކީ ކަނޑައެޅިގެން ގާނޫނާ ގަވާއިދާ ޚިލާފަށް ހުށަހެޅިފައިވާ ބަޖެޓެއް ކަމަށެވެ. އަދި މިއީ އެއްވެސް ކަމެއް ސާފުވާން ނެތް ބަޖެޓެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 115 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 158 ބިލިއަނަށް އަރައިގެން ދާނެ ކަމަށް ބަޖެޓު ފޮތުގައި ބަޔާން ކޮށްފައިވާއިރު އޭގެ މާނައަކީ މުޅި ދައުލަތުގެ ދަރަނީގެ 27 އިންސައްތަ އަކީ މި ސަރުކާރުގެ ތިން އަހަރުން އުފައްދާ ދަރަނި ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

މިއީ ދެކޮޅު ހެދޭނެ ކަމެއް ނޫން ކަމަށާ މިއީ ބަޖެޓު ފޮތުން ފެންނަން ހުރި ހަގީގަތް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. މިއަދު ދަރަނި ބޮޑުވެ، އެ ދަރަނި ނުދެއްކޭ ވާހަކަ ދައްކާއިރު ތިން އަހަރުތެރޭ އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް މި ސަރުކާރުން ދަރަނި ނަގާފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ ދަރަނި ވެސް އަނބުރާ ނުދައްކާ މި ސަރުކާރުން އެކަން ވެސް އޮޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޗައިނާ އިން ނަގާފައިވާ ދަރަނިތަކުގެ އިތުރުން އަނެއްކާ ވެސް އިތުރު ލޯނެއް ނަގާފައިވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޗައިނާ އިން އަނެއްކާ ވެސް ލޯނެއް ނަގާ، ދެ އިންޓްރަސްޓާ އެކު ދައުލަތަށް ދައްކަން މަޖުބޫރުވާ ހާލަތުގައި ރީ ފައިނޭންސް ކޮށް މިހާރު ވަނީ އެ ދަރަނިތައް ފަހުގެ ތާރީޚު ތަކަކަށް ފަސްކޮށްފަ. އެއީ ދަރަނި ދެއްކުމެއް ނޫން.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެންބަރު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި އިތުރަށް 400 މިލިއަން ޑޮލަރު ނެގުމުގެ މަސައްކަތް ވެސް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެއީ ދަރަނިން ދަރަނި އުފެއްދުން ކަމަށާ އެއަށް ދަރަނި ދެއްކުން ނުކިޔާނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

މިއަދު ގައުމުގެ ހާލަތަކީ މިއީ ކަމަށާއި ރައްޔިތުންގެ ހާލަތު ރަނގަޅުވާ މަންޒަރު ވެސް ނުފެންނަ ކަމަށް މެންބަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ނެގި ދަރަނި ވަނީ 38.1 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފަ އެވެ. ފިނޭންސް މިނިސްޓްރީގެ "މީޑިއަމް ޓާމް ޑެޓް ސްޓްރެޓެޖީ 2025 - 2027" އިން އަންދާޒާކޮށްފައި އޮތް ގޮތަށް ބަލާއިރު، 2024 ނިމުނު އިރު ރާއްޖޭގެ ގައުމީ ދަރަނި 123.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 2023 ވަނަ އަހރު ނިމުނު އިރު ގައުމީ ދަރަނީ ހުރީ 110.8 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓްރީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެރުނު ފިސްކަލް ސްޓްރެޓެޖީ ސްޓޭޓްމަންޓް 2024-2026 ގައި ވަނީ 2024 ވަނަ އަހަރު ނިމޭއިރު ގައުމީ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިއަހަރު ދަރަނީގެ މިންވަރު 123.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އެއީ ޖީޑީޕީގެ 114.1 އިންސައްތައާ އެއްވަރުވާ މިންވަރެއް ކަމަށް އެއިރު ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ޖުމްލަ ދަރަނީގެ 80.2 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަނި ކަމަށާއި 43.2 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީ ދީފައިވާ 21.1 ބިލިއަން ރުފިޔާ އެވެ.

2026 ބަޖެޓްއަބްދުލްގަފޫރު މޫސާރައްޔިތުންގެ މަޖިލިސްސިވިލް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު