Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ ހައްގު

ރައީސް މުއިއްޒަށް 11 މަސް، ރައްޔިތުންނަށް އެންމެ މަހެއް؟

29 ސެޕްޓެމްބަރު 2025 | ހޯމަ 06:29

ގައުމުގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ހިނގަމުންދާކަން އެންމެނަށް ވެސް އެނގޭއިރު، އެމްޑީޕީ އިސްވެ އޮވެ އަންނަ މަހު 3ގައި ބާއްވާ މި އެއްވުމަށް އެއްވެސް ޕާޓީއެއްގައި މަސައްކަތް ނުކުރާ އެތައް ބަޔަކު ގައުމާއި، އަމިއްލަ ހައްގުގައި ވެސް ސަރުކާރާ ދެކޮޅަށް އެއްވާނެ ކަމަށް ބެލެވެއެވެ. އަދި އެކަން ސަރުކާރަށް ވެސް ގަބޫލުކުރެވޭތީއާއެކު، މުސާރަކޮށް ބޮޑު ކޮށްދޭނެ ތާރީޚު އިއުލާން ކުރުމަށްފަހު، އަހަރަކަށްވުރެ ގިނަ ދުވަހު ހިފަހައްޓައިގެން އުޅުނު ގެދޮރުވެރިޔާގެ ފްލެޓުތަކުގެ ތަޅުދަނޑި މިމަހުގެ 28 ވަނަ ދުވަހު ހަވާލުކުރަން ވަނީ ފަށާފައެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި، ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން ލޯނަށް އެދުމުގެ ފުރުސަތު ވެސް މިމަހުގެ 28 ގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ވަނީ ހުޅުވާލާފައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2025 | ހޯމަ 06:29
ރައީސް ޑރ މުހައްމަދު މުއިއްޒު: މީޑިއާ އަޅުވެތިކޮށް، ރައްޔިތުންގެ ހައްގުތައް ދަނީ ނިގުޅައި ގަންނަމުން

ރައީސް ޑރ މުހައްމަދު މުއިއްޒު: މީޑިއާ އަޅުވެތިކޮށް، ރައްޔިތުންގެ ހައްގުތައް ދަނީ ނިގުޅައި ގަންނަމުން

ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި އިއުލާނާއެކު ގިނަ ބަޔަކު އުފާވާނެ ކަމާމެދު ޝައްކަތްނެތެވެ.

ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބަދަލާއެކު، ތަކެތީ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއް ގޮތުން މިއަދު ސިވިލް ސަރވިސް ވަޒީފާއެއްގައި އުޅޭ މުވައްޒަފަކަށް ލިބޭ މުސާރައިން ދެކޮޅެއް ނުޖެއްސެއެވެ. މިޝަކުވާ ކުރަމުންދާތާ އެތައް ދުވަހެއްފަހުން އަންނަ ނޮވެންބަރު މަހު މިކަމަށް ހައްލެއް އަންނާނެކަން އެނގުމާއެކު އެކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ.

ނަމަވެސް ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެންބަރު މަހުގެ ތެރޭގައި ބޮޑުކުރާނެކަން ރައީސް މުއިއްޒު އިއުލާން މިކުރެއްވީ މިކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮވެގެންތޯ ސުވާލު އުފެދެއެވެ.

އުސޫލެއް ގޮތުން މި އެންމެންގެ މުސާރަ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާން ޖެހެއެވެ.

ހުދު، ރައީސް މުއިއްޒު ވެސް ވިދާޅުވެފައިވެއެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށް ދަންނަވާފައިވާ ކަމާއި، އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑުވާން ޖެހޭއިރު، މުސާރަ ބޮޑުވެގެން މިދަނީ 11 މަސް ފަހުންނެވެ. އެހެންކަމުން މިދިޔަ މަސްތަކުގެ އެ މުވައްޒަފުންގެ ހައްގު މިއަދު ކޮބައިތޯއެވެ. އަހަރު ނިމެން އެންމެ މަހަކަށް ކުރުވުމުން މުސާރަ ބޮޑު ކޮށްދިނުމަށްފަހު، 2025 ވަނަ އަހަރު މުސާރަ ބޮޑު ކޮށްދިނޭ ބުނެވިދާނެތޯއެވެ. ރައީސް މުއިއްޒާއި، ސަރުކާރަށް 11 މަސް އަދި ރައްޔިތުންނަށް 1 މަސްނުންތޯއެވެ.

ކަންމިހެން އޮތްއިރު، އޮކްޓޫބަރުގެ މަހުގެ 3 ވަނަ ދުވަހަށް އިދިކޮޅު ޕާޓީ އެމްޑީޕީ އިން ދަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި މުޒާހަރާއަކީ ހަމައެކަނި ސިޔާސީ އެއްވުމެއް ނޫން ކަމާއި، މިސަރުކާރުގައި ރައްޔިތުންނަށް ޖައްސަމުންދާ ދަތިހާލަތާއި، އަދި ރައްޔިތުންގެ ހައްގުތައް ގާނޫނުން ނިގުޅައިގަންނަމުންދާތީ ބާއްވާ އެއްވުމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ގައުމުގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ހިނގަމުންދާކަން އެންމެނަށް ވެސް އެނގޭއިރު، އެމްޑީޕީ އިސްވެ އޮވެ އަންނަ މަހު 3ގައި ބާއްވާ މި އެއްވުމަށް އެއްވެސް ޕާޓީއެއްގައި މަސައްކަތް ނުކުރާ އެތައް ބަޔަކު ގައުމާއި، އަމިއްލަ ހައްގުގައި ވެސް ސަރުކާރާ ދެކޮޅަށް އެއްވާނެ ކަމަށް ބެލެވެއެވެ. އަދި އެކަން ސަރުކާރަށް ވެސް ގަބޫލުކުރެވޭތީއާއެކު، މުސާރަކޮށް ބޮޑު ކޮށްދޭނެ ތާރީޚު އިއުލާން ކުރުމަށްފަހު، އަހަރަކަށްވުރެ ގިނަ ދުވަހު ހިފަހައްޓައިގެން އުޅުނު ގެދޮރުވެރިޔާގެ ފްލެޓުތަކުގެ ތަޅުދަނޑި މިމަހުގެ 28 ވަނަ ދުވަހު ހަވާލުކުރަން ވަނީ ފަށާފައެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި، ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން ލޯނަށް އެދުމުގެ ފުރުސަތު ވެސް މިމަހުގެ 28 ގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ވަނީ ހުޅުވާލާފައެވެ.

އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހާއި ގުޅުވައި، ރައްޔިތުން އެދޭގޮތަށް ގިނަކަންކަން ސަރުކާރުން ކޮށްދިނުމަކީ ނުވަތަ ފަހިވުމަކީ އިއްތިފާގަކަށް ވެސް ވެދާނެއެވެ. ނަމަވެސް ސަރުކާރުން މިކަންކަން ކުރަނީ ހެޔޮ ނިޔަތުގައިތޯ ބަލައި، ގޮތް ނިންމާނީ ރައްޔިތުންނެވެ. ހެޔޮ ނިޔަތެއް ނެތް ކަމަށްވާނަމަ ކުރިއަށް އޮތްތަނުގައި ވެސް ރައީސް މުއިއްޒުގެ ސަރުކާރުން އަމަލުކުރާނީ މިގޮތަަށް ކަމާމެދު ޝައްކަތްނެތެވެ. މުސާރަ ބޮޑުކޮށްދިން ގޮތަށް ރައީސް މުއިއްޒާއި، ސަރުކާރަށް 11 މަސް ކެއުމަށްފަހު ރައްޔިތުން މީހާއަށް ކާން ލިބޭނީ އެންމެ މަހެއްނުންތޯއެވެ.

ރައީސް މުއިއްޒުސިވިލް ސަރވިސްޕޭ ހާމަނައިޒޭޝަންއެމްޑީޕީއެސްޑީއެފްސީމުސާރަ ބޮޑުކުރުން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް