Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީއެސްސީ މުވައްޒަފުންގެ ކަންބޮޑުވުން

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

އައިޖީއެމްއެޗްގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުސާރައިގެ 10 އިންސައްތަ ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެކަމަށް އެޗްއާރުން އަންގައިފައިވޭ

އަލީ ޝާހީން
އަލީ ޝާހީން | 5 ނޮވެމްބަރު 2025 | ބުދަ 04:00
އައިޖީއެމްއެޗް ލެބޯޓްރީ ތެރޭގައި މަސައްކަތް ކުރާ މަންޒަރު

އައިޖީއެމްއެޗް ލެބޯޓްރީ ތެރޭގައި މަސައްކަތް ކުރާ މަންޒަރު

ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރި އިރު ވަރަށް ބޮޑަށް ބޭއިންސާފުން ކަންތައް ކޮށްފައިވާކަމުގެ ޝަކުވާ ބޮޑުވެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ވަޒީފާގެ ބިރަށްޓަކައި ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ މުވައްޒަފަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، އެފަރާތުން މަސައްކަތް ކުރާ ޑިޕަރޓްމަންޓަކީ މަސައްކަތް ނުކޮށްފިއްޔާ ހުއްޓުން އަރާވަރު ޑިޕާރޓްމަންޓެއް ކަމަށާއި މި ޖޫން މަހު އެ ޑިޕާރޓްމަންޓާއި އެޗްއާރް އިން ބައްދަލުކޮށް އިތުރު ގަޑީގެ ފައިސާ މުސާރައިގެ 10 އިންސައްތަ ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެ ކަން އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ ހިތްހަމަނުޖެހުން އެ މުވައްޒަފުން ފާޅުކޮށްފައިވާ ކަމަށް ވެސް އެފަރާތުން ބުންޏެވެ.

އެފަރާތުން ބުނީ، އޮނިގަނޑު ފައިނަލްވެގެން އައުމާއެކު އޭރު ލިބޭ އެއްޗަކަށްވުރެ ދެގުނަ ބޮޑު ވާނެ ކަމަށް އެޗްއާރް އިން ބުނި ކަމަށެވެ. ނަމަވެސް އޮނިގަނޑު އާއިރު ޑިޕްލޮމާ ނެތް މީހާގެ މުސާރަ ޑިޕްލޮމާ އޮތް މީހުންގެ މުސާރަ އަށްވުރެ ބޮޑު ކަމަށާއި އަދި ނުވިތާކަށް އޮންކޯލް ހެދުމުން ލިބެމުންދިޔަ 900 ރުފިޔާ އަށްވުރެ އިތުރަށް އެންމެ ލޯލާރިއެއްވެސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ތަނުގެ ޒިންމާދާރު އިސްވެރިޔާ އަށް ވީގޮތެއް ނޭނގޭ ކަމަށާއި ސީއީއޯ އިބްރާހިމް ރައްޒާގު ހަލީމް އަށް މިކަމަކީ ވެގެން އުޅޭ ކަމެއް ކަމަކަށް ވެސް ނުހަދާ ކަމަށެވެ. އަދި ނުލިބޭ ލާރިއަކަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބުނުމުން ވަނީ ޒިންމާދާރުކަން ކުޑަ ބަޔަކަށް ކަމަށާއި ތަނުގެ ވާރކް ފޯސް އަށް މިހާ ބޮޑު އަނިޔާއެއް ދޭނެ ކަމަށް ހީވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. ތަނުގެ ސިޔާސީ ނުފޫޒު ވެސް އެހާ ބޮޑު ކަން އޭނާ ފާހަގަ ކުރި އެވެ.

އެމްޑީޕީގެ ވެރިކަމުގެ މި ޕޭ ފްރޭމް ވާރކް ކަމުނުދާތީ ރިވައިސް ނުކޮށް މަޑުޖައްސާލި ކަން ފާހަގަކޮށް އޭނާ ބުނީ މިސަރުކާރުން އައިސް އޭތި ހަމަ އެ އޮތްގޮތައް ނެރެ އަމަލުކުރަން ފެށީ ކަމަށެވެ.

މުސާރަ ބޮޑުކުރި ކަމަށް ބުނެ ސަރުކާރުން ވާހަކަ ދައްކާއިރު ހަގީގަތުގައި މިކަމުގައި ވެސް ވަނީ ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައިފަ އެވެ.

ސިވިލް ސަރވިސްއައިޖީއެމްއެޗްއިބްރާހިމް އަބްދުއްރައްޒާގު ހަލީމްއުޖޫރަމުވައްޒަފުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު