Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑރ މުހައްމަދު މުއިއްޒު

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

ރައީސް މުއިއްޒު ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ފަސް ހަފުތާގެ ތެރޭގައި ދޫކުރުމަށް ވަނީ އިއުލާނުކުރައްވާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 އޮކްޓޯބަރު 2025 | ހުކުރު 08:06
ރައީސް ޑރ މުހައްމަދު މުއިއްޒު: މުޒާހަރާއަށް ކުޑަތަންވެފައިވަނިކޮށް ވިޔަފާރިވެރިންނަށް ފައިސާ ދޭން ވަނީ އިއުލާނު ކޮށްފަ

ރައީސް ޑރ މުހައްމަދު މުއިއްޒު: މުޒާހަރާއަށް ކުޑަތަންވެފައިވަނިކޮށް ވިޔަފާރިވެރިންނަށް ފައިސާ ދޭން ވަނީ އިއުލާނު ކޮށްފަ

އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބާއްވާ "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާއަށް ކުޑަތަން ވެފައި ވަނިކޮށް، ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެއްބަސްވެ އެކަން އިއުލާނު ކުރައްވާފައެވެ.

އެކްސް ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވިޔަފާރިތަކަށް ދޭންޖެހޭ އެންމެހައި ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދައްކާ ނިންމަވާނެ ކަމަށެވެ. މިއީ މިކަމާ ގުޅިގެން މިއަހަރު ތެރޭގައި ރައީސް މުއިއްޒު ދެއްވާފައިވާ ތިންވަނަ ވައުދުފުޅެވެ.

Advertisement - newsAdvertisement

ކުރިން ވެސް މި ފައިސާ ދޫކުރެއްވުމަށް ރައީސް މުއިއްޒު ވަނީ ދެ ފަހަރެއްގެ މަތިން ސުންގަޑި ކަނޑައަޅުއްވާފައެވެ. އޭގެ ތެރޭގައި ނޮވެމްބަރު 2024 ގެ ކުރިން އަދި ރަމަޟާން މަހުގެ ކުރިން ފައިސާ ދޫކުރައްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މި ވައުދުތައް އަދި މިހާތަނަށް ފުއްދަވާފައި ނުވެއެވެ.

އެމްޑީޕީގެ މުޒާހަރާއާ ދިމާކޮށް ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް ވެސް އަޅުއްވާފައެވެ. މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމާއި، މަސްވެރިންނަށް ދެއްވާފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވުން ހިމެނެއެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ ހާއްސަ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ. އަދި މުޒާހަރާގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބުނެ ފުލުހުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

އެމްޑީޕީން ހުކުރު ދުވަހުގެ ރޭ 8:30 ގައި ބާއްވާ މި މުޒާހަރާގައި އަދާލަތު ޕާޓީން ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ. މި މުޒާހަރާއަކީ ސަރުކާރުމް މުޅި ގައުމު ލޫޓުވަމުން ގެންދާތީ އެކަމާއި ދެކޮޅަށް ބާއްވާ މުޒާހަރާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ރައީސް މުއިއްޒުއެމްޑީޕީލޫޓުވައިފި މުޒާހަރާސިވިލް ސަރވިސްއަދާލަތު ޕާޓީވިޔަފާރިވެރިންގެ ފައިސާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު