Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

މެޗު އެއްވަރުވެގެން ނިމުނުއިރު، ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ނޮވެމްބަރު 2024 | އަންގާރަ 04:35
ސާބިއާ އާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން

ސާބިއާ އާއި ޑެންމާކު ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ނަމަވެސް، ޑެންމާކުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ސާބިއާ އާއި ޑެންމާކު ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެ މެޗުން މޮޅުވެގެން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދުމުގެ ފުރުސަތު ސާބިއާ އަށް އޮތްއިރު، މެޗުން ބަލި ނުވެ ފަރު ޖައްސާލައިގެން ކުއާޓާ ފައިނަލްގެ ފުރުސަތު ޑެންމާކަށް އޮތެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކަށް ލަނޑު ޖަހަން އެ ޓީމުގެ ކެސްޕާ ޑޮލްބާގަށް ފުރުސަތު ލިބުނުއިރު، ކްރިސްޓިއަން އެރިކްސަން އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. މެޗުގައި ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗް އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބުނުއިރު، ޑޫސަން ވްލާހޮވިޗް އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގެ ފަހު ވަގުތުގައި ވެސް ސާބިއާ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

މެޗު އެއްވަރުވެގެން ނިމުނުއިރު، ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ މި ގުރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ ގުރޫޕުގައި ޑެންމާކުން ކުޅުނު ހަ މެޗުން އަށް ޕޮއިންޓު ހޯދައިގެންނެވެ. ޑެންމާކު ވަނީ އެ ޓީމު ކުޅުނު ދެ މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ، އަަދި އަނެއް ދެ މެޗުން ބަލިވެފަ އެވެ. ސާބިއާ ތިން ވަަނައިގައި އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ މެޗަކުން އެ ޓީމު މޮޅުވެފައިވާއިރު، ތިން މެޗު އެއްވަރުވެ އަދި ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޔުއެފާ ނޭޝަންސް ލީގުޑެންމާކް

އިތުރަށް ކިޔާލަން

30 އޯގަސްޓު 2025

އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ

30 އޯގަސްޓު 2025
އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު