Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ

ޑެންމާކުގައި ކުރިއަށް ގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަކަމުން ކާޖާ ކަލާސް ވިދާޅުވީ، މިހާރު ކުރިއަށް ގެންދެވޭ ބައްދަލުވުންތަކާއި، މަޝްވަރާ ތަކުން އެއްވެސް ނިންމުމަކާ ހަމައަށް ވާސިލުނުވެވޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލަށް ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކުގެ މެދުގައި އެއްބަސްވުމެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 10:34
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަ ވެއްޖެ ކަމަށް، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް ވިދާޅުވެއްޖެ އެވެ.

ކާޖާ ކަލާސް މިހެން ވިދާޅުވެފައި ވަނީ، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނެތުމުންނެވެ.

ޑެންމާކުގައި ކުރިއަށް ގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަކަމުން ކާޖާ ކަލާސް ވިދާޅުވީ، މިހާރު ކުރިއަށް ގެންދެވޭ ބައްދަލުވުންތަކާއި، މަޝްވަރާ ތަކުން އެއްވެސް ނިންމުމަކާ ހަމައަށް ވާސިލުނުވެވޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތައް ބައިބައިވެފައިވާ މިންވަރު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމު ތަކުގެ މެދުގައި ދެބަސްވުން އުފެދިފައިވުމުގެ ސަބަބުން، ޣައްޒާގެ އިންސާނީ ޙާލަތު ގޯސްވަމުންދާއިރު ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް 27 މެމްބަރުންގެ ޔޫރަޕިއަން ޔޫނިއަން އަށް ވަނީ ދަތިވެފަ އެވެ.

ޑެންމާކުގެ ޚާރިޖީ ވަޒީރު ލާސް ލޮކެ ރަސްމުސެން ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި ވާހަކަ ދައްކަމުން އަންނައިރު، އެ ވާހަކައިގެ ބަސްތައް އަމަލަށް ބަދަލުވާން ޖެހޭ ކަމަށެވެ. އަދި އިސްރާއީލާ އެކު ވިޔަފާރީގެ ގުޅުން މަޑު ކަނޑާލުމަށާއި، އިސްރާއީލްގެ ހަރުކަށި ވަޒީރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑެންމާކުން ތާއީދު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާގައި 1219 މީހުން މަރުވެފައިވާއިރު، ހަމާސް އިން ވަނީ އިސްރާއީލްގެ ގިނަ އަދަދެއްގެ ރައްޔިތުން ރަހީނު ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލާފައިވާއިރު، އަދި ވެސް ހަމާސްގެ ބެލުމުގެ ދަށުގައި ރަހީނުން އެބަ ތިއްބެވެ.

އޭގެ ފަހުން އިސްރާއީލް އިން ޣައްޒާ އަށް ހަމަލާތައް ދޭން ފަށައި ފެށި ހަނގުރާމައިގައި، 63،025 މީހުން ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ލިބިފަ އެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ އާއި، ކާބޯ ތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލް އިން ދަތި ކޮށްފައިވާއިރު، އދ އިން ވަނީ ޣައްޒާގައި ބަނޑުހައި ހޫނު ކަމުގެ ޙާލަތު ވެސް އިއުލާން ކޮށްފަ އެވެ.

އިސްރާއީލް-ޣައްޒާޔޫރަޕިއަން ޔޫނިއަންހަމާސްޑެންމާކްފަލަސްތީނުޣައްޒާ ހަނގުރާމަކާޖާ ކާލާސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު