Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރުސީއެމް

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު ޖަލްސާ އެއް ބާއްވަނީ

އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާ އެއް ގައި އެޗްއާރުސީއެމްގެ ރައީސް ކަމަށް އައިޝަތު ރަމީލާ އައްޔަން ކުރުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވޭ. ރަމީލާ އަކީ ރައީސް މުއިއްޒުގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރު. އެޗްއާރުސީއެމް މެންބަރު ކަމަށް އޭނާ އައްޔަން ކުރެއްވީ 3 ޑިސެންބަރު 2024 ގައި އަދި އެޗްއާރުސީއެމްގެ ރައީސް ކަމަށް އައްޔަން ކުރުމާއި ގުޅޭ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމީ 24 ގަޑި އިރު ނުވަނީސް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 14:24
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ގ.އާބިން، ޑޮކްޓަރ ޢާއިޝަތު ރަމީލާ ޢައްޔަންކުރެއްވުން 12-03-2025

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ގ.އާބިން، ޑޮކްޓަރ ޢާއިޝަތު ރަމީލާ ޢައްޔަންކުރެއްވުން 12-03-2025

އެޗްއާރުސީއެމްގެ ރައީސްކަމަށް، ރައިސް މުއިއްޒުގެ ވަޒީރަކަށް ކުރިން ހުންނެވި އައިޝަތު ރަމީލާ އައްޔަން ކުރުމަށް ރުހުން ދިނުމަށް އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާ އެއް ބާއްވަން ތާވަލުކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައ އެޖެންޑާ ކޮށްފައިވަނީ ދެ ކަމެކެވެ. އެއީ ގާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން ދެން އޮތީ މި ރިޕޯޓަށް ވޯޓަށް އެހުމެވެ. މިއީ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އެވެ. 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ގ.އާބިން، ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވީ 3 ޑިސެމްބަރު 2024 ގަ އެވެ. ޑޮކްޓަރ ޢާއިޝަތު ރަމީލާ މިމަގާމަށް އައްޔަން ކުރައްވާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭ ގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ 190 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 6/2006، (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިންނެވެ.

ރަމީލާއަކީ ރައީސް މުއިއްޒުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ރަމީލާ މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ޑިސެންބަރު 1، 2024 ގައެވެ. މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ.

އެޗްއާރްސީއެމަށް ރަމީލާ އައްޔަންކުރަން އޮކްޓޯބަރު 29 ވަނަ ދުވަހު މަޖިލީހު ގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 63 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދޭން ފާސްކޮށްފަ އެވެ. އަދި އެނާ އެޗްއާރުސީއެމް ގެ ރައީސް ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް މުއިއްޒު ނަން ފޮނުއްވީ 3 ޑިސެމްބަރުގަ އެވެ. އަދި އެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާގައި ހިމަނައި ކޮމިޓީއަށް ވަނީ ދިރާސާކުރުމަށް ފޮނުވާފަ އެވެ. 

އެހެންކަމުން ރަމީލާ އެޗްއާރުސީއެމްގެ ރައީސް ކަމަށް އައްޔަން ކުރުމާއި ގުޅޭ މައްސަލަ ކޮމިޓީގައި ދިރާސާކޮށް ގޮތެއް ނިންމީ 24 ގަޑި އިރު ނުވަނީސް އެވެ. އެކަމާއި ގުޅޭ ކޮމިޓީ ބައްދަލުވުމެއް އޮތީ ވެސް ހޯމަ ދުވަހުގެ ހެނދުނު 10:0 ގަ އެވެ. 

އައިޝަތު ރަމީލާރައީސް މުއިއްޒުއެޗްއާރްސީއެމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ ތެރެއިން 2 ބިލިއަން ރުފިޔާ ގެއްލުނު: މެންބަރު ޣަފޫރު

2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ ތެރެއިން 2 ބިލިއަން ރުފިޔާ ގެއްލުނު: މެންބަރު ޣަފޫރު

05 ޖެނުއަރީ 2026
ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

05 ޖެނުއަރީ 2026
ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ނެތް، ފޮރިން މިނިސްޓަރު ޖަވާބެއް ނުދެއްވި

05 ޖެނުއަރީ 2026
ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

04 ޖެނުއަރީ 2026
މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅައިފި

04 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު