Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއޭލާ

ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފި

ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާ އިން 30 އާއި 50 މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ ފީފާ ވޮޝިންޓަނާ ހަވާލުކުރާނެ ކަމަށާއި މި ފައިސާ ހަރަދު ކުރާނީ އެމެރިކާ ސަރުކާރަށް ފެންނަ ގޮތަކަށް ކަމަށް. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ބުނެ ވެނެޒުއޭލާ އާ ގުޅުންހުރި ދެ އުޅަނދެއް ވެސް ބުދަ ދުވަހު ވަނީ ހިފަހައްޓާފައި. ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ދާއިމީގޮތެއްގައި އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމުން ގިނަ ބަޔަކު މިއީ ގަދަބާރު ދެއްކުމުގެ އަމަލެއް ކަމަށް ދެކޭ.

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 10:48
ވެނެޒުއޭލާގެ ކަރާކަސް އާ ގާތްގަނޑަކަށް 360 މޭލު ދުރުގައި ހުންނަ އެމުއޭ-ކާޑޮން ތެޔޮސާފު ކުރާ ކާރުޚާނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މިފަދަ ކާރުޚާނާ

ވެނެޒުއޭލާގެ ކަރާކަސް އާ ގާތްގަނޑަކަށް 360 މޭލު ދުރުގައި ހުންނަ އެމުއޭ-ކާޑޮން ތެޔޮސާފު ކުރާ ކާރުޚާނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މިފަދަ ކާރުޚާނާ | ގެޓީ އިމޭޖަސް

ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް، އެ ވިޔަފާރިން ލިބޭ ފައިސާ ބޭނުންކުރާނެ ގޮތް ނިންމާނީ އެމެރިކާ އިން ކަމަށް އެގައުމުން ހާމަކޮށްފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، ވެނެޒުއޭލާ އިން 30 އާއި 50 މިލިއަނާ ދެމެދުގެ އަދަދަކަށް ތެޔޮ ފީފާ ވޮޝިންޓަނާ ހަވާލުކުރާނެ އެވެ. މީގެ އިތުރުން، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ބުނެ، ވެނެޒުއޭލާ އާ ގުޅުންހުރި ދެ އުޅަނދެއް އެމެރިކާގެ ހާއްސަ ސިފައިން ބުދަ ދުވަހު ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި އުތުރު އެޓްލާންޓިކް ކަނޑުން ހިފެހެއްޓި ރަޝިޔާގެ ދިދަ ޖަހާފައިވާ އުޅަނދެއް ވެސް ހިމެނެ އެވެ.

ވެނެޒުއޭލާގެ ކަންކަން ނިންމުމުގައި އެމެރިކާ އިން ބަސް ކިޔާނެ މުއްދަތެއް ކަނޑައެޅުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާ އިޝާރާތް ކުރެއްވި ގޮތުގައި މިކަން އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ އެވެ.

"ނިއުޔޯކް ޓައިމްސް" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އެއީ ކިހާ ދުވަހެއްކަން އެނގޭނީ ވަގުތު ޖެހުމުން ކަމަށެވެ. އަދި އެއީ މަސްތަކެއް ނުވަތަ އަހަރެއްހާ ދުވަސްތޯ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެއަށްވުރެ މާ ގިނަ ދުވަސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަހަރެމެން އެ ގައުމު އަލުން އާބާދު ކުރާނީ ވަރަށް ފައިދާ ހުރި ގޮތަކަށް. އަހަރެމެން އެ ގައުމުގެ ތެޔޮ ބޭނުން ކުރާނަން، އަދި ތެޔޮ ނަގާނަން. މީގެ ސަބަބުން ތެލުގެ އަގުތައް ދަށް ކުރެވޭނެ. އަދި ވެނެޒުއޭލާ އަށް ނުހަނު ބޭނުން ޖެހިފައިވާ ފައިސާ އަހަރެމެން ފޯރުކޮށްދޭނަން،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، 1976 ވަނަ އަހަރު ވެނެޒުއޭލާގެ ތެލުގެ ސިނާއަތް ދައުލަތަށް ނެގި ނެގުމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، "އެމީހުން އަހަރެމެންގެ އަތުން ތެޔޮ އަތުލީ މީގެ އެތައް އަހަރެއް ކުރިން" ކަމަށާއި، މިހާރު ވެނެޒުއޭލާ އިން ދަނީ އެމެރިކާ އިން ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދެމުން ކަމަށެވެ.

ވެނެޒުއޭލާގެ ރައީސް ބާރުގެ ބޭނުން ކޮށްގެން ހައްޔަރު ކުރުމަށް ފަހު، އެ ގައުމުގެ ތެލުގެ ވިޔަފާރި އާއި އާމްދަނީގެ މައްޗަށް ދާއިމީ ގޮތެއްގައި ބާރު ފޯރުވާނެ ކަމަށް އެމެރިކާ އިން ބުނި ބުނުމަކީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން ގަދަބާރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އދ. ގެ ތަޖުރިބާކާރުން ވެސް ވަނީ މިއީ ގާނޫނާ ހިލާފަށް ނުހައްގު ފައިދާ ހޯދުން ކަމަށް ބުނެ މިކަން ކުށްވެރިކޮށްފަ އެވެ.

އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވެނެޒުއޭލާގެ ތެޔޮ ދުނިޔޭގެ ބާޒާރުގައި ވިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެއިން ލިބޭ ހުރިހާ އާމްދަނީ އެއް ޖަމާ ކުރާނީ ދުނިޔޭގެ މަގުބޫލު ބޭންކުތަކުގައި ހުރި އެމެރިކާގެ ބާރު ހިނގާ އެކައުންޓުތަކަށް ކަމަށެވެ. ވައިޓް ހައުސް އިން ބުނި ގޮތުގައި، މި ފައިސާ ހަރަދު ކުރާނީ އެމެރިކާ ސަރުކާރަށް ފެންނަ ގޮތެއްގެ މަތިން، އެމެރިކާގެ ރައްޔިތުންނާއި ވެނެޒުއޭލާގެ ރައްޔިތުންގެ ލާބައަށެވެ.

ރައީސް ޓްރަމްޕް އޭނާގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމް ގައި ލިޔުއްވާފައިވާ ގޮތުގައި، މި ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރަން ޖެހޭނީ ހަމައެކަނި އެމެރިކާގެ އުފެއްދުންތައް ގަތުމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، ބޭހާއި، ސިއްހީ އާލާތްތަކުގެ އިތުރުން ވެނެޒުއޭލާގެ ކަރަންޓުވިއުގަ އާއި ހަކަތައިގެ ވަސީލަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ.

ހައްޔަރުކޮށްގެން ވެނެޒުއޭލާގެ ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާ އަށް ގެންދިއުމަށް ފަހު މަދޫރޯގެ މައްޗަށް ނިއުޔޯކްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އޭނާ އެކަންކަމަށް އިންކާރު ކުރައްވަ އެވެ. އޭނޭ ކުރިން ވެސް ވިދާޅުވަމުން ގެންދެވީ ވެނެޒުއޭލާގެ މައްޗަށް އެމެރިކާ އިން ބާރާ ނުފޫޒު ފޯރުވަމުން ގެންދަނީ އެ ގައުމުގެ ތެލުގެ މުއްސަނދިކަން އަތުލުމަށް ކަމުގައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯއެމެރިކާ-ވެނެޒުއޭލާތެލުގެ ވިޔަފާރި

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާދަތަށް ނުރައްކާވާ ބޭކާރު ބައެއް ކަމަށް ބުނެ، ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމަވައިފި

ސިޔާދަތަށް ނުރައްކާވާ ބޭކާރު ބައެއް ކަމަށް ބުނެ، ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމަވައިފި

08 ޖެނުއަރީ 2026
ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

ވެނެޒުއެލާގެ ވެރިކަމާ ހަވާލުވާން ޖެހޭނީ އަހަރެން: މަޗާޑޯ

07 ޖެނުއަރީ 2026
މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު