Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޑޮނަލްޑް ޓްރަމްޕް

ސިޔާދަތަށް ނުރައްކާވާ ބޭކާރު ބައެއް ކަމަށް ބުނެ، ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން ޓްރަމްޕް ނިންމަވައިފި

ޖަމިއްޔާ ތަކުން ވަކިވާން ނިންމާފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން އެ ޖަމިއްޔާތައް ދެކެނީ އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާ، ރަނގަޅަށް ނުހިނގާ އަދި އެއްވެސް ބޭނުމެއް ނެތް ޖަމިއްޔާ ތަކެއްގެ ގޮތުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 08:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓަސް

ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން އެމެރިކާ ވަކިވާން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް އެކަން ނިންމަވާފައިވާ ކަން އިއުލާން ކުރެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެވެ. 

އެގޮތުން އެގްޒެކްޓިވް އޯޑަރު 14199 ގެ ދަށުން، އެމެރިކާ ވަނީ ބައިނަލްއަޤުވާމީ 66 ޖަމިއްޔާ އަކުން ވަކިވާން ނިންމައިފަ އެވެ. އެގޮތުން އެ ޖަމިއްޔާ ތަކަކީ ފައިސާ ބޭރު ކުރާ، ނާކާމިޔާބު އަދި ގެއްލުންހުރި ޖަމިއްޔާ ތަކެއްގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށް، ރޫބިއޯ ނެރެފައިވާ ސްޓޭޓްމަންޓުގައި ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާގެ ސަރުކާރުން އެ ދިރާސާ ކުރިއަށް ގެންގޮސްފައިވާއިރު، އިތުރު ބައިނަލްއަޤުވާމީ ޖަމިއްޔާ ތަކުގެ ދިރާސާ މިހާރު ވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށް ސްޓޭޓް ސްކެރަޓަރީ އިން ވަނީ ބުނެފަ އެވެ. 

ޖަމިއްޔާ ތަކުން ވަކިވާން ނިންމާފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން އެ ޖަމިއްޔާތައް ދެކެނީ އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާ، ރަނގަޅަށް ނުހިނގާ އަދި އެއްވެސް ބޭނުމެއް ނެތް ޖަމިއްޔާ ތަކެއްގެ ގޮތުގަ އެވެ. އެ ޖަމިއްޔާ ތަކުން ބޭކާރު ފައިސާ ތަކެއް ޚަރަދު ކުރާ ކަމަށް ފާހަގަ ކޮށްފައިވާއިރު، އެއީ އެމެރިކާގެ މަސްލަހަތަށް ޚިލާފަށް އެޖެންޑާ ކުރިއަށް ގެންދާ ބައެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އެ ޖަމިއްޔާ ތަކުގެ ސަބަބުން އެމެރިކާގެ ސިޔާދަތާއި، މިނިވަންކަން އަދި އާންމު ކުރިއެރުމަށް ނުރައްކާވަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޓްރަމްޕްގެ މި ނިންމުން އައިސްފައި ވަނީ، ބައިނަލްއަޤޫވާމީ އެތައް ބައެއްގެ ނުރުހުން އެމެރިކާ އަށް އަމާޒުވެފައި ވަނިކޮށެވެ. 

އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައްޔިތުންގެ ފައިސާ އެ ޖަމިއްޔާ ތަކަށް ހޭދަ ކުރުމަކީ މިހާރު ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާގެ ތެރެއިން ބިލިއަން ޑޮލަރު ބޭރުގެ އެހެން ފަރާތް ތަކަށް ހޭދަ ކުރަމުން އައި ދުވަސްތައް ނިމިގެން ގޮސްފައިވާ ކަމަށް ވެސް، ސްޓޭޓް ސެކެރަޓަރީ އިން ވަނީ ބުނެފަ އެވެ. 

އެ އިދާރާ އިން ބުނެފައި ވަނީ ސުލްޙަވެރިކަން ޤާއިމު ކުރުމާއި، ހަމަޖެހުން ބިނާ ކުރުމަށް މަސައްކަތް ކުރި ބައިނަލްއަޤުވާމީ ޖަމިއްޔާ ތަކުގެ ނިޒާމު މިހާރު ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާ ތަކުން ކުރިއެރުމަށް މަސައްކަތް ކުރުމާއި، ޤައުމީ މަސްލަހަތު ތަކުން ދުރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އެގޮތުން އެ އިދާރާ އިން ބުނެފައި ވަނީ ޑައިވާސިޓީ، އިކުއިޓީ އަދި އިންކްލޫޝަން މެންޑޭޓު ތަކުން ފެށިގެން، ޖެންޑާ އިކުއިޓީ ކެމްޕެއިން ތަކާއި، ކްލައިމެޓް އޯތޮޑޮކްސީއާ ހަމައަށް، ބައިނަލްއަޤުވާމީ ގިނަ ޖަމިއްޔާ ތަކުން މިހާރު ހިންގަމުން އަންނަނީ ގްލޯބަލިސްޓް ޕްރޮޖެކްޓެއް ކަމަށެވެ. އެ ޖަމިއްޔާ ތަކުން މަސައްކަތް ކުރަނީ އެމެރިކާގެ ސިޔާދަތާ ދެކޮޅަށް ކަމަށް ބުނެފައިވެ އެވެ. 

އެމެރިކާގެ މަސްލަހަތާ ގުޅުމެއް ނެތް، ނުވަތަ އެމެރިކާއާ ޚިލާފު ޖަމިއްޔާ ތަކުގައި ބައިވެރިވުމަށް އެ ޤައުމުގެ ވަސީލަތްތަކާއި، ޑިޕްލޮމެޓިކް ކެޕިޓަލް އަދި އެހެން ގޮތުން ގޮތުން ވެސް ހޭދަ ނުކުރާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ބަދަލުގައި އެމެރިކާގެ ރައްޔިތުންނަށް ފައިދާ ހުރި ދިމަ ދިމާލުގައި ބައިވެރިވެ، އެ ތަންތަން ޚަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ އިން ވަކިވާން ނިންމާފައިވާ ޖަމިއްޔާ ތަކުގެ ތެރޭގައި، ކާބޮންް ފްރީ އެނާޖީ ކޮމްޕެކްޓް، ކޮލޮމްބޯ ޕްލޭން ކައުންސިލް، ކޮމިޝަން ފޯ އެންވަޔަރަމަންޓް ކޯޕަރޭޝަން، އެޑިއުކޭޝަން ކެނޮޓް ވެއިޓް، ޔޫރަޕިއަން ސެންޓާ ފޯ އެކްސިލެންސް ފޯ ކައުންޓަރިން ހައިބްރިޑް ތްރެޓު، ފޯރަމް އޮފް ޔޫރަޕިއަން ނެޝަނަލް ހައިވޭ ރިސާޗް ލެބޮރޭޓޮރީސް، ފްރީޑަމް އޮންލައިން ކޯލިޝަން، ގްލޯބަލް ކޮމިއުނިޓީ އެންގޭޖްމަންޓް އެންޑް ރިސައިލެންސް ފަންޑު އަދި ގްލޯބަލް ކައުންޓާ ޓެރަރިޒަމް ފޯރަމް ފަދަ ޖަމިއްޔާތައް ހިމެނެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާމާކޯ ރޫބިއޯ ބައިނަލްއަޤުވާމީ ޚިދުމަތްތަކުގެ ޮއފީސްކޮލޮމްބޯ ޕްލޭންކައުންޓަރ ޓެރަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

މިޑް ޓާމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެއްޖެ ނަމަ، އަހަރެން އަޒުލު ކުރާނެ: ޓްރަމްޕް

07 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

ޓްރަމްޕް ގްރީންލޭންޑަށް ބިރުދެއްކުމާ ގުޅިގެން ނޭޓޯ އާއި ވިލާތުގެ އިއްތިހާދަށް ނުތަނަވަސްކަން

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނެށުން މަދޫރޯ ކޮޕީކޮށް މަލާމާތް ކުރުމުން އެމެެރިކާ ސަރުކާރުން އޭނާ ހައްޔަރު ކުރުމަށް އިތުރު ބާރަކަށްވި

07 ޖެނުއަރީ 2026
ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އެމެރިކާ އަށް ލިބޭނެ ކަމަށާއި، ބާޒާރުގެ އަގުގައި ވިއްކުމަށްފަހު ލިބޭ ފައިސާ ކޮންޓްރޯލު ކުރައްވާނީ އޭނާ އަމިއްލަ އަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު