Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ-ޤަތަރު

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

ސައުދީ އަރަބިއާއާއި ޤަތަރުން ރިޔާޟާއި ދޯހާ ގުޅުވައިދޭ 785 ކިލޯމީޓަރުގެ ހައި ސްޕީޑް އިލެކްޓްރިކް ރޭލު ނެޓްވޯކް ތަަރައްގީ ކުރުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ޕްރޮޖެކްޓުން ދެ ގައުމުގެ ޖީޑީޕީއަށް 115 ބިލިއަން ރިޔާލް އިތުރުކޮށް 30،000 ވަޒީފާގެ ފުރުސަތު ހޯދައިދީ 10 މިލިއަނަށްވުރެ ގިނަ މުސާފިރުންނަށް ފައިދާ ކުރާނެއެވެ.

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 01:35
ސައުދީ އަރަބިއްޔާ ގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ ޝެއިޚް ތަމީމް ބިން ހަމާދު އަލް-ތާނީ

ސައުދީ އަރަބިއްޔާ ގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ ޝެއިޚް ތަމީމް ބިން ހަމާދު އަލް-ތާނީ

ސައުދީ އަރަބިއްޔާ އާއި ޤަތަރުން ދެ ގައުމު ގުޅުވައިދޭ ހައި ސްޕީޑް އިލެކްޓްރިކް ރޭލު މަޝްރޫއު ގެ އުއެއްބަސްވުމެއް ގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއު އިއުލާނު ކުރީ ހޯމަ ދުވަހު ރިޔާޟު ގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން އާއި ޤަތަރުގެ ޝައިޚް ތަމީމް ބިން ހަމަދު އަލް-ތާނީ ސައުދީ-ޤަތަރު ކޯޑިނޭޝަން ކައުންސިލްގެ ބައްދަލުވުމަކަށް ފަހުއެވެ.

ކިންގް ސަލްމާން އިންޓަނޭޝަނަލް އެއަރޕޯޓާއި ހަމަދު އިންޓަނޭޝަނަލް އެއަރޕޯޓް ގުޅުވައިދިނުމުގެ ތެރެއިން މި ރޭލުން ރިޔާޟާއި ދޯހާ ގުޅުވައިދޭނެ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

މި ޕްރޮޖެކްޓުން ދެ ގައުމަށް ވެސް ފައިދާހުރި ނަތީޖާތައް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ދެ ގައުމުގެ ޖީޑީޕީއަށް 115 ބިލިއަން ސައުދީ ރިޔާލް އިތުރުވެ 30،000 ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށް ލަފާކުރެވެއެވެ.

މި ޕްރޮޖެކްޓު ނިންމާލެވޭނީ ކުރިއަށް އޮތް ހަ އަހަރު ތެރޭގައި ކަމަށް ލަފާކުރެވެއެވެ.

މި ރޭލު ނެޓްވޯކުގެ ދިގުމިނުގައި 785 ކިލޯމީޓަރު ހުންނާނެ ކަމަށް ލަފާ ކުރެވޭ އިރު، ގަޑިއަކު 300 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކުރާނެ ކަމަށް ބުނެފައި ވެއެވެ. 10 މިލިއަނަށް ވުރެ ގިނަ ދަތުރުވެރިންނަށް މި ރޭލު ނެޓްވޯކުގެ ފަސޭހަ ލިބޭނެ ކަމަށް ބެލެވެ އެވެ.

ބައްދަލުވުމަށްފަހު ނެރުނު ގުޅިގެން ނެރުނު ބަޔާނެއްގައި ދެ ފަރާތުން މި އެއްބަސްވުމަށް މަރުހަބާ ކިޔާފައިވާއިރު، މި މަޝްރޫއަކީ ދެ ގައުމުގެ ތަރައްގީގެ ތަސައްވަރުގެ ލަނޑުދަނޑިތަކަށް ވާސިލު ކޮށްދޭ "އެންމެ ބޮޑު ސްޓްރެޓީޖިކް އިނިޝިއޭޓިވްތަކުގެ ތެރެއިން އެއް" އިނީޝިއޭޓިވް ކަމަށް ބުނެފައިވެ އެވެ.

ސައުދީ އަރަބިއާ-ޤަތަރުމުޙައްމަދު ބިން ސަލްމާންޝައިޚް ތަމީމް ބިން ހަމަދުހައި ސްޕީޑް ރޭލުރިޔާޟްދޯހާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ

ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
އިސްރާއީލްގެ ހަމަލާއާ ގުޅިގެން، ޤަތަރުގެ ބޮޑު ވަޒީރު ޓްރަމްޕްއާ ބައްދަލު ކުރައްވަނީ

އިސްރާއީލްގެ ހަމަލާއާ ގުޅިގެން، ޤަތަރުގެ ބޮޑު ވަޒީރު ޓްރަމްޕްއާ ބައްދަލު ކުރައްވަނީ

12 ސެޕްޓެމްބަރު 2025
އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުގެ ބާރުތައް ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި

އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުގެ ބާރުތައް ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި

12 ސެޕްޓެމްބަރު 2025
ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ ގުޅިގެން ކުއްލި އަރަބި-އިސްލާމީ ސަމިޓެއް ބާއްވާނީ

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ ގުޅިގެން ކުއްލި އަރަބި-އިސްލާމީ ސަމިޓެއް ބާއްވާނީ

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު