Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންތިޚާބުތައް އެއްކޮށްލުން

ރައީސްގެ ސިއްރު ބައްދަލުވުމެއް އީސީގެ ރައީސާއި އެކު، ދެން އިވުނީ ރިފަރެންޑަމްގެ ތުހުމަތުގެ އަޑު!

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު ރައީސް މުއިއްޒުއާ ސިއްރުން ބައްދަލުކުރުމާ ގުޅިގެން އާންމުން ސުވާލުކުރަމުންދޭ. ޒާހިދު ވިދާޅުވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބައްދަލުކުރެއްވިކަމަށް. ނަމަވެސް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރަނީ ކައުންސިލް އިންތިޚާބާއި އެއްކޮށް ރިފަރެންޑަމެއް ބާއްވައިގެން އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 15:30
ރައީސް މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އަށް މަގާމުގެ ފަތްކޮޅު އަރުވަނީ

ރައީސް މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އަށް މަގާމުގެ ފަތްކޮޅު އަރުވަނީ

ލޯކަލް ކައުންސިލް އިންތިޚާބަށް ކުޑަތަން ވަމުން އަންނަ މި ދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެކު ސިއްރުން ބައްދަލުކުރެއްވުމެއް ބޭއްވުން ވެެގެން ދިޔައީ އާއްމުންނާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންގެ ހިތުގައި ވެސް އެތައް ސުވާލެއް އުފެދުނު ކަމަކަށެވެ. އެ ބައްދަލުވުމުގެ ބޭނުމާއި، ބައްދަލުވުމުގައި ދެކެވުނު ވާހަކަ އާއި ބައްދަލުވުމުގާއި ކަން ހިނގި ގޮތާއި މެދު އެތައް ސުވާލުތަކެއް އާއްމުންގެ ހިތުގައި އެބަހުއްޓެވެ.

ކޮމިޝަންގެ ރައީސް ދެއްވި ޖަވާބަކީ ކޮމިޝަނުން ކުރިއަށް ގެންދަން ރާވާފައިވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ރައީސާއި ބައްދަލުކުރެއްވި ކަމަށް ވިދާޅުވެ ދެއްވި ޖަވާބެކެވެ. އެކަމަކު އެ ޖަވާބު ވެގެން ދިޔައީ ޖަވާބަކަށް ވުރެ ބޮޑަށް އުޒުރަކަށެވެ.  ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރައީސް އޮފީހުގަ ބޭއްވި އެ ބައްދަލުވުމާއި މެދު އެންމެ ބޮޑަށް ސުވާލު އުފެއްދި އެއް ސަބަބަކީ އެ ބައްދަލުވުމަށް އީސީ ގެ ފަރާތުން ބައިވެރިވީ ޒާހިދު އެކަނި ކަމަށް ވުމެވެ. 

ކޮމިޝަންގެ އެހެން މެމްބަރުން ބައްދަލުވުމުގައި ބައިވެރި ނުވީ ސަބަބާއި މެދު ސުވާލުކުރުމުން ޒާހިދު ވިދާޅުވީ ޖަވާބަކީ އެއީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ވާހަކަދައްކައިގެން ނިންމި ނިންމުމެއްް ކަމަށެވެ. އެންމެ ރަނގަޅެވެ. އެއީ ވެސް ހަމަ ތެދެއްކަމަށް ބަލަންވީ އެވެ. އެކަމާއި މެދު ސުވާލުކުރުން ވެސް ވެގެން ދިޔައީ އީސީގެ ރައީސް ނިކަން ގަޔާ ނުވި ކަމަކަށެވެ.

"އަޅުގަނޑުމެން އެންމެން ވާހަކަ ދައްކާފާ އެގޮތައް ނިންމައިގެން ދިޔައީ. އޭގަ މައްސަލައެއް އެބަ އޮތްތޯ؟. އޭގަ މައްސަލަ އަކީ ކޮބާތޯ؟ ކޮމިޝަން ގެ އަމިއްލަ ނިންމުމެއް ނޫންތޯ އެއީ. ތިކަހަލަ ވާހަކަ ދެން ދެއްކުން ރަނގަޅެއް ނޫން އިނގޭތޯ. އަޅުގަނޑުމެން އަމިއްލަ އަށް ކޮމިޝަނުން ނިންމި ނިންމުމެއްގެ ތެރެއިން މިކަން ކުރިޔަށް ގެންދިޔައީ." މިއީ އެ މަނިކުފާނުގެ ވާހަކަ ހުރި މޭރުމެވެ.

ދެކަމެއް ފާހަގަކޮށްލާނަމެވެ. ކޮމިޝަންގެ ކަންކަން ކޮމިޝަނުން ނިންމުމުގެ ފުރިހަމަ ހައްގު ކޮމިޝަނަށް އޮންނާނެ އެވެ. އެކަމަކު އެއީ ކޮމިޝަންގެ އަމިއްލަ ކަމެއް ކަމަށް ބުނެ ފަރުޖައްސާލެވޭކަށް ނެތެވެ. އީސީގެ ރައީސަކީ ވެސް އަދި މުޅި ކޮމިޝަން އަކީ ވެސް ރައްޔިތުންގެ ޚާދިމުންނެވެ. އެހެންވީމައި އެތަނުގައި ހިނގާ ކޮންމެ ކަމަކާއި މެދު ރައްޔިތުން ސުވާލު ކުރާނެ އެވެ.

މި ބައްދަލުވުމާއި މެދު ސުވާލު އުފެދުނީ ވެސް އެ ސުވާލުތައް އިތުރުވީ ވެސް އީސީގެ ރައީސާއި ރައީސް އޮފީހުން އަމަލުކުރި ގޮތުންނެވެ. ނިކަން ވިސްނާށެވެ. އަންގާރަ ދުވަހު ޒާހިދު ރައީސް މުއިއްޒު އާ އެކު ވަކިން ބޭއްވި މި ބައްދަލުވުމުގެ އެއްވެސް މައުލޫމަތެއް އިލެކްޝަންސް ކޮމިޝަނުން ވެސް އަދި ރައީސް އޮފީހުން ވެސް އިސްވެ އެއްވެސް ޕްލެޓްފޯމެއްގައި ހިއްސާކޮށްފައި ނެތެވެ. މި ސަރުކާރަކީ ދެ މީހަކު އެއްތަނަކުން ބައްދަލުވެއްޖެއްޔާ ފޮޓޯ އާއި ވީޑިއޯ އިން މީސްމީޑިއާ ފުރާލާ ސަރުކާރެކެވެ. އާއްމު ގޮތެއްގައި ރައީސް މުއިއްޒު އެކިއެކި ފަރާތްތަކާ އެކު ބާއްވާ ބައްދަލުވުންތައް ފުޅާ ދާއިރާ އެއްގައި ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އަދި ސޯޝަލް މީޑިއާ ގެ ޒަރީއާ އިން ޕްރޮމޯޓު ކުރެ އެވެ. އެކަހަލަ އެއްވެސް ކަމެއް މި ބައްދަލުވުމާއި މެދު ނެތެވެ. ކުޑަމިނުން އާދައިގެ ފޮޓޯ އެއްހާ މިންވަރު ވެސް ނަގާ ނުލަނީ އެވެ. މިއީ އީސީ އާއި ރައީސް އޮފީހުގެ ތޮބީއަތަށް ބެލި އަސް ފަރިތަ ކަމެއް ނޫނެވެ.

ދެން އޮތީ ބައްދަލުކުރި ސަބަބެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ރާއްޖެ އެމްވީ އިން ސުވާލުކުރުމުން ޒާހިދު ވިދާޅުވީ، ރައީސް މުއިއްޒު އާ ވަކިން ބައްދަލު ކުރެއްވީ ރައްޔިތުން ވޯޓު ގެ ކަންކަމާއި ޑިމޮކްރެޓިކް ވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާވާފައިވާ ކަންކަން ރައީސް މުއިއްޒު އާއި ހިއްސާކޮށް އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާގުޅޭ މަޝްވަރާތައް ކުރުމަަށް ކަމަށެވެ.

މިއީ ދެކޮޅު ޖެހޭ ވާހަކަ އެއް ނޫނެވެ. އހެނީ މިނިވަން މުސްތަގިއްލު ކޮމިޝަނެއް ގެ ގޮތުގައި ހިންގާ އީސީ އަށް ބޭނުންވާ ވަސީލަތްތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓުގެ ތެރެއިން ހޯދާ ކަންކަމެވެ. އެކަމުގައި ރައީސް އޮފީހުން ފޯރުކޮށްދޭން ޖެހޭ އެއްވެސް ދައުރެއް އަދި އެހީތެރިކަމެއް ގާނޫނުން ސާފު ނުވާކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން އެއީ ރައީސްގެ ފައިންޕުޅު ދެކިލަން ދާން ޖެހޭ ސަބަބެއް ނޫނެވެ. 

މި ބައްދަލުވުން ބޭއްވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. 2026 ގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނުވަތަ ރިފަރެންޑަމެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑު ފެތުރެން ފަށައިފި އެވެ. އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން ކުރާ ބައެއް ތުހުމަތުތަކަށް ބަލާލާނަމެވެ.  ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބާއި މަޖުލިސް އިންތިހާބު އެއްކޮށްލުމާއި މެދު ފެންނަ ގޮތެއް ހޯދަން ވޯޓެއް ނެގުމަށެވެ. އަދި  ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ރިފަރެންޑަމެއް ނަގަން ނިންމާފައި ވާ އިރު މިއީ ސިއްރިއްޔާތުގައި ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައި ވެ އެވެ. މި ކަމުގެ ބޭނުމަކީ އިންތިހާބުގެ ނުފޫޒު ބޭނުންކޮށްގެން އޮޅުވާލާ  އެކަންކަމާއި އެކު އިންތިޚާބު ކާމިޔާބުކުރުން ކަމަށް އެ މެމްބަރު ދެކެވަޑައިގަންނަވަ އެވެ. 

ހަމައެެހެންމެ  ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ ސަރުކާރުން ހީލަތްތެރި ރޭވުންތައް ރާވާކަމަށް ފާހަގަކުރައްވާފަ އެވެ.  އިންތިހާބުތައް އެއްކޮށްލައި ރިޔާސީ ދައުރު ދަންމާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ވޯޓު ގަތުމާއި، ދޮގު ވައުދުން މުޅި އިންތިޚާބު ގަޑުބަޑު ކުރާނެ ކަމަށް މި މެމްބަރުން ޤަބޫލުކުރެ އެވެ. 

ދެކެވެމުންދާ ވާހަކަތަކަށް ބަލާ އިރު ސަރުކާރުގެ ވިސްނުމަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ކޮށްލުމެވެ.  ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރާ މި ކަމަކީ  ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިކުރުމަށް ކުރާ ކަމެކެވެ. އީސީގެ ރައީސް އާއި އެކު ސިއްރު ބައްދަލުވުމެއް ބޭއްވި ފަހުން މިފަދަ ވާހަކަތައް ފެންމަތިވުމަކީ އީސީ އިން ވެސް އަދި ރައީސް އޮފީހުން ވެސް އެކަމުގައި ހަގީގަތެއް އޮތްތޯ ނުވަތަ ނެތްތޯ އަމިއްލަ އިސްނެގުމުގައި ސާފުކޮށްދޭން ޖެހޭނެ ކަމެކެވެ. . ސަރުކާރުގެ ކަންކަން ހިނގާ ގޮތަށް ބަލާ އިރު، އަޑެއް ކިއްޔާ އޮތީ ރެނދެއް ލާފަ އެވެ. އެހެންވީމަ އެއީ ވެސް ނުވާނެ ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ މި ކަމުގެ ތެދުދޮގު ސަރުކާރުން އިސްވެ ސާފުކޮށް ދިނުމެވެ.

މުޙައްމަދު ޒާހިދުރައީސް ޑރ. މުހައްމަދު މުއިއްޒުއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

28 ޑިސެމްބަރު 2025
ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

28 ޑިސެމްބަރު 2025
ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

28 ޑިސެމްބަރު 2025
ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާ ކުރަން ޗައިނާ އިން ތަޖުރިބާ އާއި ފިލާވަޅު ހޯދަނީ

ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާ ކުރަން ޗައިނާ އިން ތަޖުރިބާ އާއި ފިލާވަޅު ހޯދަނީ

27 ޑިސެމްބަރު 2025
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން: "ވަގު ވޯޓު" އެޅި މައްސަލަ ހޫނުވެ، މައްޗަންގޮޅި އުތުރު ދާއިރާ ގެ ވޯޓު ފޮށި ކައިރީ ހަމަ ނުޖެހުން ހިނގައިފި

27 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު