Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެނެޑާ

އިދިކޮޅު މެމްބަރު މައިކަލް މާ، ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީއާ ގުޅުމާ އެކު މެޖޯރިޓީއާ ދިމާލަށް

ލިބަރަލް ޕާޓީއާ ގުޅުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައި މައިކަލް މާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، މިއީ ޤައުމުގެ އެއްވައިވަންތަކަމާއި، ޚަރުދަނާ ފިޔަވަޅު ތަކުގެ ދަށުން ޤައުމު ކުރިއަށް ގެންދަންވީ ވަގުތު ކަމަށް. ނަމަވެސް، އޭނާގެ މި ނިންމުމާ ގުޅިގެން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޕިއާ ޕޮއިލިއެވްރު ވަނީ ފާޑު ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 06:11
ކޮންޒަވޭޓިވް ޕާޓީ އިން ވަކިވެ ލިބަރަލް ޕާޓީއާ ގުޅުނު މެމްބަރު މައިކަލް މާ، އަދި ކެނެޑާގެ ބޮޑު ވަޒީރު ކާނީ

ކޮންޒަވޭޓިވް ޕާޓީ އިން ވަކިވެ ލިބަރަލް ޕާޓީއާ ގުޅުނު މެމްބަރު މައިކަލް މާ، އަދި ކެނެޑާގެ ބޮޑު ވަޒީރު ކާނީ

ކެނެޑާގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު އޮންޓޭރިއޯ އިން އިންތިޚާބުވި މައިކަލް މާ އެ ޕާޓީ ދޫކޮށް، ބޮޑު ވަޒީރު މާކް ކާނީގެ ލިބަރަލް ޕާޓީއާ ގުޅުމަށް ނިންމައިފި އެވެ.

އޭނާ އެކަން ހާމަ ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއާއެކު ކެނެޑާގެ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ލިބަރަލް ޕާޓީ އަށް މިހާރު ބޭނުން ވާނީ އެންމެ ގޮނޑި އެކެވެ. ހަމަ އެހެންމެ، މިއީ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ އަށް ލިބޭނެ އިތުރު ޕްރެޝަރަކަށް ވާނެ އެވެ.

ލިބަރަލް ޕާޓީއާ ގުޅުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައި މައިކަލް މާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، މިއީ ޤައުމުގެ އެއްވައިވަންތަކަމާއި، ހަރުދަނާ ފިޔަވަޅު ތަކުގެ ދަށުން ޤައުމު ކުރިއަށް ގެންދަންވީ ވަގުތު ކަމަށެވެ. ނަމަވެސް، އޭނާގެ މި ނިންމުމާ ގުޅިގެން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޕިއާ ޕޮއިލިއެވްރު ވަނީ ފާޑު ވިދާޅުވެފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ މައިކަލް މާ ވަނީ ލިބަރަލް ޕާޓީގެ ސިޔާސަތުތަކާ ދެކޮަޅަށް އޭނާ އަށް ވޯޓު ދިން ރައްޔިތުންނަށް ދޮގު ހައްދަވާފައި ކަމަށެވެ. އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށާއި، ރައްޔިތުންގެ ފަރާތުން ކޮންމެ ވެސް ދުވަހަކުން މައިކަލް މާ އަށް އޭގެ ޖަވާބު ލިބޭނެ ކަމަށް ވެސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮންޒަވޭޓިވް ޕާޓީ ދޫކޮށް މައިކަލް މާ ލިބަރަޕް ޕާޓީ އަށް ބަދަލުވެ ވާއިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރު ކްރިސް ޑިއެންޓްރެމޮންޓް ވެސް ވަނީ ވެރިކަން ކުރާ ލިބަރަލް ޕާޓީ އަށް ބަދަލުވެފަ އެވެ. މިއީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޕޮއިލިއެވްރުގެ ލީޑާޝިޕް ރިވިއު ކުރުމުގެ ހަފުތާ ތަކެއް ކުރިން އައިސްފައިވާ ބަދަލު ތަކެވެ.

ކެނެޑާގެ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ބޭނުންވާ އަދަދަކީ 172 އެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތް ކެނެޑާގެ އާންމު އިންތިޚާބުގައި ބޮޑު ވަޒީރު ކާނީގެ ލިބަރަލް ޕާޓީ އިން ވަނީ 169 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ އަށް ކާމިޔާބު ކުރެވިފައި ވަނީ 144 ގޮނޑި އެވެ. ނަމަވެސް، ކޮންޒަވޭޓިވް ޕާޓީ އިން ދެ މެމްބަރުން ވަކިވުމާ އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ހުންނާނީ 142 ގައެވެ. އަދި އެ ދެ މެމްބަރުންނާ އެކު ލިބަރަޕް ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 171 އަށް އަރައިފަ އެވެ. 

ބޮޑު ވަޒީރު ކާނީގެ ސަރުކާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މައިކަލް މާ ވިދާޅުވީ، ކާނީގެ ސަރުކާރުން ދަނީ ކޮންމެ ދުވަހަކު ވެސް ރައްޔިތުން ބޭނުންވާ ހަރުދަނާ އަދި ފައިދާ ކުރުވަނިވި ކަންކަން ހުށަހަޅަމުން ކަމަށެވެ. އަދި ކާނީގެ ސަރުކާރު ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި ކަމަށާއި، މިއީ ކެނެޑާގެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ނިންމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

މައިކަލް މާ ވަނީ މިއަހަރު އޮތް އާންމު އިންތިޚާބުގައި ޓޮރޮންޓޯގެ އުތުރުގައިވާ މާކަލް ޔުނިއަންވިލް ދާއިރާ އަށް އިންތިޚާބުވެފަ އެވެ. އޭނާއާ ވާދަ ކުރި ލިބަރަލް ޕާޓީގެ ކެންޑިޑޭޓްގެ މައްޗަށް މައިކަލް މާ ވަނީ ދެހާސް ވޯޓުން ކުރި ހޯއްދަވައިފަ އެވެ. 

ވެރިކަން ކުރާ ލިބަރަޕް ޕާޓީގެ ހައުސް ލީޑަރު ސްޓީވް މެކިނަން ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން، އެ ޕާޓީގެ ލީޑާޝިޕްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޕޮއިލިއެވްރުގެ ސިޔާސަތާއި، އޭނާގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރާ ވަރަށް ގިނަ މެމްބަރުން އެ ޕާޓީގެ ތެރޭގައި ތިބި ކަމަށެވެ. 

ކެނެޑާގެ ބޮޑު ވަޒީރުގެ މަގާމަށް ކާނީ ވަޑައިގެންނެވީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. 

މަސްދަރު: ބީބީސީ

މައިކަލް މާމާކް ކާނީޕިއޭ ޕޮއިލީވްރެކެނެޑާލިބަރަލް ޕާޓީކޮންޒަވޭޓިވް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
ޓްރަމްޕް އާއި ކާނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި

ޓްރަމްޕް އާއި ކާނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި

08 އޮކްޓޯބަރު 2025
ޓެރިފްގެ މައްސަލަައިގައި ކާނީ، ޓްރަމްޕްއާ ބައްދަލު ކުރައްވަނީ

ޓެރިފްގެ މައްސަލަައިގައި ކާނީ، ޓްރަމްޕްއާ ބައްދަލު ކުރައްވަނީ

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު