Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

ހަނިމާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެއަރޕޯޓު ހުޅުވުމުގެ ޖަލްސާއާ ގުޅޭގޮތުން ކައުންސިލާ މާބޮޑު ކަމެއް ހިއްސާކޮށްފައި ނެތް ކަމަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2025 | ބުދަ 08:18
ހަނިމާދޫ ކައުންސިލްގެ ރައީސް އާއި ނައިބުރައިސް

ހަނިމާދޫ ކައުންސިލްގެ ރައީސް އާއި ނައިބުރައިސް

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވުމަށް ބޭއްވި ބޮޑު ޖަލްސާގައި ހަނިމާދޫ ކައުންސިލަށް ހާއްސަ ކަމެއް ދީފައި ނެތް އިރު ކައުންސިލް މެންބަރުން ތިން ފަހަރު މަތިން އެކި ގޮނޑިތަކަށް ބަދަލުކޮށް އެންމެ ފަހުން އިން ގޮނޑީގައި އިށީނުމުން އެއީ "ބޮޑެތިން"ގެ ގޮނޑިތަކެއް ކަމަށް ބުނެ ކައުންސިލްގެ މެންބަރުން އެތަނުން ވަނީ ފައްސާލާފަ އެވެ.

ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ރައްޔިތުންނަށް ކަން ހިނގާ ދިޔަގޮތް ހާމަކޮށްދެއްވަމުން ވިދާޅުވީ އެ ޖަލްސާއާ ގުޅޭގޮތުން ކައުންސިލާ މާބޮޑު ކަންތަކެއް ހިއްސާ ކޮށްފައި ނެތް ކަމަށާއި އެހެން ނަމަވެސް ކައުންސިލްގައި އެދުނު ކޮންމެ ކަމެއް ވެސް އެންމެ މިނެޓެއް ލަސްކުރުމެއް ނެތި އެކަންކަން ކޮށްދެއްވާފައި ވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެރޭގެ ބޮޑު ޖަލްސާގެ ކަންކަން ދިޔަގޮތާއިމެދު އެއްވެސް ޝަކުވާއެއް ކޮށްފަ ނޯންނާނެ ކަން ފާހަގަކުރައްވާ އަބްދުއްސައްތާރު ވިދާޅުވީ ކައުންސިލަށް ލިބުނު ދައުވަތަކީ އާންމު ރައްޔިތުންނެކޭ އެއްގޮތައް ލިބުނު ދައުވަތެއް ކަމަށާއި ޖަލްސާގައި ކައުންސިލްގެ މެންބަރުންނާއި ޑަބްލިއު ޑީސީ ގެ މެންބަރުން އިށީންނާނެ ހާއްސަ ގޮނޑިއެއް ނެތް އިރު ކައުންސިލް އަށް ހާއްސަކަމެއް ވެސް ދީފައި ނެތް ކަމަށެވެ.

އެރޭގައި ދިޔައީ އެއްކޮށް، ކައުންސިލް މެންބަރުންނާ ޑަބްލިއު ޑީސީގެ މެންބަރުންނާ އަދި އެސްޖީއާ އިދާރީ ކުދިންނާވެސް އެއްކޮށް ދިޔައީ. ގޮއްސަ އެސްޖީ ވަރަށް ރީތިކޮށް އެތާތިބި ސީޓިސް އެރޭންޖްމަންޓް ހަދަންތިބި ކުދިން ކައިރީ ވިދާޅުވި މީ ހަނިމާދޫ ކައުންސިލް އޭ، ކައުންސިލް ރައީސް ނައިބުރައިސް ހުރިހާ އެންމެން ތައާރަފް ކޮށްދީފަ ބުނީމަ ވަކި އެއްޗެއް ވިދާޅެއް ނުވެ. ދެން އަޅުގަނޑު ބުނެފިން އަޅުގަނޑުމެންނަށް ނެތީ ކަންނޭންގެ ގޮތެއް ހިނގާށޭ ރީތިކޮށް އަޅުގަނޑުމެން އެންމެން އެއްކޮށް ތިބެވޭ ހިސާބެއްގަ ތިބެން. ކުއްޖަކު ދެއްކި ތަނެއްގަ ހަމަ އިށީންނަށް ތިރިވިތަނާހެން ފަހަތުގަ އިން އެމްއެންޑީއެފް ބޭފުޅަކު މިބުނީ ވަރަށް ހިތްހަމަނުޖެހޭ ގޮތަކަށް ތީ ތިމަންނަމެންގެ ބޮޑެތި މީހުންނަށް ބަހައްޓާފަ ހުރި ގޮނޑިތަކޭ ނުވާނެ އިށީނދެގެން. މިގޮތައް ހަމަ ބުނީ.
ހަނިމާދޫ ކައުންސިލް ރައީސް އަބްދުއްސައްތާރު ހަސަން

މީގެ އިތުރުން އަބްދުއްސައްތާރު ވިދާޅުވީ ކައުންސިލަކަށް ޖަލްސާ ކުރިއަށް ދާ ގޮތެއް ނޭނގޭ ކަމަށާއި އެޖެންޑާވެސް ލިބިފައި ނެތް ކަމަށެވެ. އަދި އެ ޖަލްސާގައި ކައުންސިލްގެ އެއްވެސް ރޯލެއް އޮތްކަމެއްވެސް ނޭނގޭ ކަމަށާއި ޖަލްސާގައި ހަނިމާދޫ ދަރިއަކަށް ބަހެއް ބުނެލަން ވެސް ފުރުސަތު ލިބިފައި ނުވާކަން އޭނާ ފަހަގަކުރި އެވެ.

އޭނާ ވިދާޅުވީ އެއިން އެއްވެސް ކަމަކަށް ޝަކުވާއެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި ބޭރުގެ މިނިސްޓަރުންވެސް ބައިވެރިވާ ޖަލްސާއެއް ފެށިގެން ދިޔައިރު ސަގާފީ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި އެނގިފައިވާ ގޮތުން ޖަލްސާގައި ސަގާފީ ކަންކަން ވެސް އޮތީ ރޭވިފައިކަމަށާއި އެހެން ނަމަވެސް ޖަލްސާ ވަރަށް ކުރުކޮށްލާފައިވާ ކަން އޭނާ ފާހަގަ ކުރި އެވެ.

ޖަލްސާގެ އަވަސްކަމާއި އިންތިޒާމެއް ނެތްކަން ފާހަގަކޮށް އަބްދުއްސައްތާރު ވިދާޅުވީ، އެންމެ ބޮޑަށް އަޅައިގަތް ކަމަކީ ޖަލްސާ ނިމިގެންދިޔައިރު ގައުމީސަލާމުގެ އަޑުވެސް ނީވުން ކަމަށެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ގައުމީސަލާމް ނުޖަހާ ނިންމާ ނުލާކަމަށާއި އެހެން ނަމަވެސް މި ޖަލްސާގައި ހަވާއަރުވާ ޓާމިނަލްގެ އެތެރެ ބައްލަވާލެއްވުމަށް ފަހު ވީގޮތް ނޭނގި ޖަލްސާ ނިމިއްޖެ ކަމަށް އަބްދުއްސައްތާރު ވިދާޅުވި އެވެ. އަދި ގައުމީސަލާމުން ކަންކަން ނިމިގެން ނުދިޔަކަމީ ވަރަށް ދެރަވި ކަމެއްކަމަށް ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ވިދާޅުވި އެވެ.

ހަމައެއާއެކު ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގު މުހައްމަދު ވިދާޅުވިީ އެއަރޕޯޓުގެ އަސްލު މޭސްތިރި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދައުވަތު ނުދޭ ކަމަށާއި އެހެން ނަމަވެސް ކުރީގެ ރައީސް ޑރ ވަހީދު އަށް ދައުވަތު ދެއްވި ކަމަށެވެ. އަދި ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްޣަފޫރު މޫސާ ޖަލްސާއަށް ނުދުރުވީ ރައީސް ސާލިހް އަށް ދައުވަތު ނުދެއްވީމަ ކަމަށް ފިރާގު ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރަނީ އިބްރާހިމް މުހައްމަދު ސާލިހް އަށް ދައުވަތު ދޭންޖެހޭނެ ހަމަ އެއީ ޔަގީން އޭގަ ނެތް އެއްވެސް ޝައްކެއް. އެހެންވީމަ އެމްޕީ އަބްދުލްޣަފޫރު މޫސާ މިކޮޅަށް ނުދުރުވީ ހަގީގަތުގައި އިބްރާހިމް މުހައްމަދު ސާލިހް އަށް އެދައުވަތު ނުދެއްވީމަ. އަޅުގަނޑެއްވެސް ނާންނާނެ ދެއްތޯ އެކަމުގެ އަސްލު މޭސްތިރިއާ އަށް އެދައުވަތު ނުދެއްވަންޏަކާ އެހެންވީމަ އަލުގަނޑުވެސް އެކަން ގަބޫލުކުރިން.
ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގު މުހައްމަދު

އޭނާ ވިދާޅުވީ ހަނިމާދޫ ކައުންސިލުން އެ ޖަލްސާއަށް ދިޔައީ ހަނިމާދޫގަ އެކަން ކޮށްފަ ހަނިމާދޫގަ އެ އެއަރޕޯޓު ހުޅުވާފަ އެހުރިހާ ޝަރަފެއް ކައުންސިލުން ލިބިގަތުމަށް ކަމަށެވެ. އެހެން ނަމަވެސް ޖަލްސާގެ އިންތިޒާމު އޮތީ "ބޮއްސުންލާފަ އޮޔާގޮއްސަ" ކަމަށާއި ވަރަށް ރީތިކޮށް މިއީ ލައިނުގަނެގެން ކުރަން އުޅޭ ކަމެއްކަން އެނގޭކަމަށް ކައުންސިލްގެ ނައިބްރައީސް ފިރާގު ވިދާޅުވި އެވެ.

އަދި ކުރީ ސަރުކާރުން ނިންމާފައިއޮތީ އެއަރޕޯޓުގެ 30 އިންސައްތަކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ހަނިމާދޫ ކައުންސިލުން ދިޔައީ އެއަރޕޯޓުގެ ކަންކަން މޮނިޓަރ ކޮށް ބަލަހައްޓަމުން ކަމަށް ފިރާގު ވިދާޅުވި އެވެ. އެއަރޕޯޓުގެ ކޮންޓްރަކްޓަރާއި ބަރާބަރަށް ވާހަކަ ދެކެވުނުކަން ފާހަގަކުރައްވާ ފިރާގު ވިދާޅުވި ކުރީ ސަރުކާރުން އެއަރޕޯޓުގެ 60 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މި ސަރުކާރާއި ޗެލެންޖުކޮށް އޭނާ ވިދާޅުވީ އެއީ ހަމަ ވަރަށް ޔަގީން ކަމެއް ކަމަށާއި ބޭނުންވާ ނަމަ ދިރާސާކޮށްގެންވެސް ބަލަންވީ ކަމަށެވެ.

އޭނާ ވިދާޅުވީ ދޯންޏެއް ބަންނައިރު އެންމެ ކަވި ވާނީ ފަށަން ބަހައްޓާފައި އޭގެ ކިއްސަރުގެނައުން ކަމަށާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި އޮތީ ފަށަން ބަހައްޓާފައި ކިއްސަރު ގެނެސް ނިމިފަ ކަމަށެވެ. ފިރާގު ވިދާޅުވީ ރަންވޭގެ ބޮޑުބައި އޮތީ ނިންމާފަ ކަމަށާއި ޓާމިނަލްއާއި އެހެން އިތުރު ތަނެއް ފިޔަވާ ދެންހުރި ހުރިހާތަނެއްވެސް ހުރީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި ޓާމިނަލް އަކީ އެންމެ ކަވި އެންމެ އަގުބޮޑު މަސައްކަތް ކަން ފާހަގަ ކޮށް ފިރާގު ވިދާޅުވީ މިސަރުކާރަށް ޖެހުނީ ހަމައެކަނި ދަގަނޑުތައް އަތުރާލަން ކަމަށެވެ.

ފިރާގު ވިދާޅުވީ ރައީސް ސާލިހް އާއި މެންބަރު ޣަފޫރު ނެތުމަކީ ޖަލްސާ ވަރަށް ބޮޑަށް ފަޅުވެގެން ދިޔަ ކަމެއް ކަމަށާއި މެންބަރު ޣަފޫރަކީ މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ވަރަށް ބުރަ މަސައްކަތެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްއަބްދުއްސައްތާރު ހަސަންފަލަ ސުރުޚީކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއަބްދުލްޣަފޫރު މޫސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!

ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!

10 ނޮވެމްބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު