Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ވިދާޅުވީމާ އިސްލާމީ މަރުކަޒަކަށް!

ވިލުފުށީ މިސްކިތް އިސްލާމީ މަރުކަޒެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވިއިރު އެމިސްކިތަކީ މީގެ 8 އަހަރު ކުރިން ނަލަ ހިޔާ ގުރޫޕުން އަޅައިދީފައިވާ މިސްކިތެކެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:21
ތ.ކަނޑޫދޫ ރައްޔިތުންނާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ތ.ކަނޑޫދޫ ރައްޔިތުންނާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

މިހާތަނަށް އެންމެ ގިނަ ހެޑްލައން ހެއްދެވި އެއް ވަޒީރުގެ ގޮތުގައި މަޝްހޫރު ވެފައިވަނީ އިކޮނޮމިކް މިނިސްޓަރ ސައީދެވެ. އިގްތިސޯދީ މޮޅެތި ނަންނަމާއި ހިސާބު އަދަދުތަކުގެ ސީދާ ނަމްބަރުން ބުނެ ސައީދު ދައްކވާފައިވާ ވާހަކަތައް ގިނައެވެ. ޚާއްޞަކޮށް ފަށްޓަވާ މަޝްރޫއުން ލިބޭނޭ ކަމަށް ބުނާ މަންފާތަކުގެ ވާހަކައިން އާދައިގެ މީހާ ހުންނަނީ އާޝޯޚްވާވަރު ވެަފައެވެ. ސައީދުގެ އެފަދަ މޮޅެތި ވާހަކައިން ކަންކަން ނިންމާލަނީ ގިނަ ބަޔަކަށް ހާދަ މޮޅޭ ހީވާ ގޮތަށެވެ.

އެކަމަކު މީހުން ބުނެއުޅެއެވެ. ކުދި ސޯބުތައް އެނބުރޭނީ އޭގެ މައި ސޯބު ނުވަތ ބޮޑު ސޯބު އެނބުރޭ ގޮތަށެވެ. އެބީދައިން ބަލާއިރު، ސައީދަކީ އަދި ކުޑަ މިންވަރެކެވެ. މައި ސޯބުގެ ވަށާ އެނބުރޭ ކުޑަކުޑަ ސޯބެކެވެ. މައި ސޯބަކީ ޑރ މުއިއްޒެވެ.

ސައީދު ނޫނަކަސް ޑރ މުއިއްޒުގެ ހެޑްލައިންތައް އަދި މާވަރުގަދައެވެ. އެންމެ އިސްމީހާގެ ވާހަކަތަކުގައި މާބޮޑު ބުރަދަނެއް ހުންނަން ވާނެތާއެވެ.

ތ ވިލުފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އެރަށު މަސްޖިދު އުމަރު ފާރޫގް، އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅުއްވި ކަމަށެވެ. އޭރު އެ މިސްކިތަކީ މީގެ 8 އަހަރު ކުރިން އަޅާފައިވާ މިސްކިތެކެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. ނަލަހިޔާ ގްރޫޕްގެ ފަރާތުން ބިނާކޮށްފައިވާ މިސްކިތެކެވެ. ޖުމްލަ 5،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާކުރި މިސްކިތް ނިންމައި، ރަސްމީކޮށް ސަރުކާރާ ހަވާލުކޮށްފައިވަނީ 17 ޑިސެންބަރު 2017 ގައެވެ.

އެތަން އިސްލާމީ މަރުކަޒަކަށް ބަދަލު ކުރެއްވުމަށްފަހު ދެން އެވިދާޅުވީ އެކަން އެގޮތައް ކުރަން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ލައިބްރަރީއަކާއި ކުލާސްރޫމްތަކެއް ހިމެނޭނެ ކަމަށެވެ.

ރައީސް ވިދާޅުވީމާ ވިދާޅުވި ގޮތައް ވާންވީއެވެ. އިސްލާމީ މަރުކަޒެކޭ ވިދާޅުވީމާ އިސްލާމީ މަރުކަޒެކެވެ. މިއީކީ ރައީސް މުއިއްޒު އަލަށް ކުރައްވާ ކަމެއް ނޫނެވެ. އޭގެ ބައެއް މިސާލުތަކުން ބުނިއްޔާ ފަހުމް ވާނޭވަރު ބޮޑުވާނެއެވެ.

ވިދާޅުވީ އިންޑިޔާ ސިފައިން ފޮނުވާލި ވާހަކައެވެ. މިހާރަކު އެމީހުނެއް ނުތިބޭނެއެވެ. އެކަމަކު އަދިވެސް އެބުނާ ޑޯނިއާ ފްލައިޓަކާ ހެލިކޮޕްޓަރެއް ދުއްވައެވެ. ދުވަނީ ހަމަ އިންޑިޔާގެ މިލިޓްރީ މީހުންނެވެ. ހެދުން ބަދަލު ކޮށްލީމާ އެވެސް އިންޑިޔާ ސިފައިންނަށް ނުވީއެވެ.

އިޤްތިސޯދު ރަނގަޅޭ ކިޔާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ. އެންމެން ހަމަ އަތްޖަހަންވީއެވެ. އެކަމަކު ކަންމަތީ ފިހާރައިން ދުވަހުގެ މުހުތާދުތަކަށް ގަންނަ އާދައިގެ ބާވަތްތަކުގެ އަގު އެދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މުިއްޒު ވިދާޅުވީމާ އިގްތިސޯދު ރަންގަޅުވިއަސް އޭގެ އަސލު އެނގޭނީ ފިހާރަތަކަށްދާ އެންމެ އާދައިގެ މީހާއަށްތާއެވެ.

ބޭސް އެހެރީ ކޮލިޓީ ކޮށްފައެވެ. ޔޫރަޕްގެ ބޭހެވެ. ސީދާ ބޭސް އުފައްދާ ގައުމުތަކުންނެވެ. ބޭހުގެ ވިޔަފާރިވެރިން ހިންގި ޖަރީމާ ހުއްޓުވާ ބޭހުގެ އަގު އެވަނީ ބޮޑުތަނުން ހެޔޮކޮށްފައެވެ. އެކަމަކު އެވެސް ރައީސް ވިދާޅުވީމާ ވީ ކަމެއްގެ ގޮތުގައެވެ. އަގުހެޔޮކޮށް ކޮލިޓީ ބޭސް ކީއްކުރަން ހެއްޔެވެ. އަމުދުން ބޭސް ސިޓީއަށް ބޭސް ލިބުންވެސް ދަތިވީއެވެ.

އާސަންދައިން ފަރުވާއަށް ފޮނުވާނީ ބެންކޮކަށާއި ދުބާއީއަށެވެ. އެތެރެއެތެރެއިން އޮންނަ އެހެންކަހަލަ އުސޫލަކުން މެންބަރެއްގެ ގާތް މީހަކަށް ނުވަތަ މަތިފަޑީގެ މީހަކު އެތަނުން ފަރުވާ ނުކުރާ ކަމެއް ނޭނގެއެވެ. އާއްމު އާދައިގެ މީހާއަކަށް އެއީކީ ލިބޭ އާސަންދައެއް ނޫނެވެ. އެކަމަކު ރައީސް މީހާ ވިދާޅުވީމާ ވިދާޅުވިއަސް ހަގީގަތަކީ އަވައްޓެރި ގައުމުތަކަށްދާންވެސް އާސަންދަ ލިބުން ދަތިވެ އާސަންދައިން ލިބޭ ބޭސްވެސް މަދުވިކަމެވެ.

ސިޔާސީ މަގާމްތައް ކުރީ ސަރުކާރު ތަކަށްވުރެ މަދުވާނެއެވެ. ރައީސް މީހާ ވިދާޅުވީމާ އެއީ ތެދަކަށް ވާންވާވިއެވެ. އެކަމަކު މުސާރަ ދޭ ފިނޭންސް މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގުނީމާ އެވިދާޅުވި ހަގީގަތްވެސް ސާފެވެ.

ޑޮލަރުގެ މައްޗަކަށް ނާރާނެއެވެ. ނާރާނެއެވެ. އެހެރީ ހިފެހެއްޓިފައެވެ. ރައީސް ވިދާޅުވީމާ ޑޮލަރުގެ އަގު މައްޗަށް ނާރަންޏާ ނާރާ އެހެރީ މަލަރު ވެފައެވެ. އެކަމަކު ޑޮލަރެއް ގަންނަން ލިބެނީ ވިހިރުފިޔާއިން މަތިންނެވެ. ރައީސް ވިދާޅުވީމާ ވަންޏާ އެކަންވެސް އެވަނީ ވެ ނިމިފައެވެ.

ކޮންމެއަކަސް ހަނދާނަން އަންނަނީ ރައްޓެއްސަކު ކިޔައިދިން ވާހަކައެކެވެ. ކޮންމެވެސް ރަށެއްގެ ބަސްވިކޭ ކަންވެރިއެކެވެ. ގިނަ މީހުން އޭނާގެ ބަސް ގަބޫލުކުރާ މީހެކެވެ. އެއްދުވަހަކު އަތިރމަތީ ހޮޅުއަށްޓެއްގައި ނިދިފައި އޮއްވާ މީހަކު އޭނާއަށް ގޮވާލިއެވެ. ތެދުވެފައި ލޯ އުނގުޅަމުން ކުރިމަތީގައި ހުރި ކާނި ގަހަކަށް އިޝާރާތް ކޮށް ބުންޏެވެ. މި ފުނަގަސް މިހާރު ހާދަ ބޮޑުވެއްޖެއެވެ. އެހާހިސާބުން އެބަދަލުވީ އެގަސް ފުނަގަހަކަށެވެ. އެބޭބުނީތީ އެރަށު މީހުން ދެން އެގަހަށް ކިޔާން އެފެށީ އެހެންނެވެ. މި ބީދައިން ރައީސް ވިދާޅުވީމާ ވަންޏާ މިކަހަލަ ކިތައްމެ ކަމެއް އަދި ކިތަންމެ ނަމެއްވެސް ބަދަލުވެގެންދާނެއެވެ.

ޑރ. މުއިއްޒުވުޒާރާ ސައީދުމަސްޖިދު އުމަރު ފާރޫގްވިލުފުށީއިންޑިޔާ-ދިވެހިރާއްޖެއާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު