Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުޢިއްޒު

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރިޔަށް އޮތް ދެ އަހަރު ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ކަމަށާއި، ބައެއް ފިޔަވަޅުތައް އަންނަ ޖެނުއަރީ 1 ން ފެށިގެން ތަންފީޒު ކުރާނެ ކަމަށެވެ. ވިޔަފާރިވެރިން އެންމެ ބޮޑަށް ފާހަގަކުރި ކަންބޮޑުވުމަކީ ސަރުކާރުން ނުދައްކާ ހުރި ބިލްތަކުގެ ކަންބޮޑުވުމެވެ. ރައީސް ވިދާޅުވީ ފަސްވެގެން ބާކީ ހުރި ފައިސާ ރޯދަމަހާ ހަމައަށް ކްލިއާ ކުރާނެ ކަމަށެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 08:43
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމު ގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ގިނަގުނަ ކަންތައްތަކެއް ނިންމަވާފައިވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

ކުރިޔަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ދެ އަހަރު ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަންކަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި  ވިޔަފާރިވެރިންގެ ބައްދަލުވުމުގައި ވިޔަފާރިވެރިން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަންބޮޑުވުމަކީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކެވެ. އެ ބިލުތަކަށް އަރާ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެންމެ ފަސްވެގެން ބާކީ ހުރި ފައިސާ ރޯދަމަހާ ހަމައަށް ދާއިރު ކްލިއަރ ކޮށްލުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިގޮތަށް ބިލްތައް ހަމަޖައްސާއިރު، މީރާއަށް ދައްކަން ހުރި ފައިސާއަށް ވެސް ހައްލެއް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުކުދި އަދި މެދު ފަންތީގެ ވިޔަފާރިކެބިނެޓްވިޔަފާރިވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

28 ޑިސެމްބަރު 2025
24 ގަޑި އިރު ނުވަނީސް ސިޔާސަތު އުނބަށް! އެކަނިވެރި މައިންގެ އިހުސާސްތައް ސަރުކާރަށް ވަނީ ޖޯކަކަށް؟

24 ގަޑި އިރު ނުވަނީސް ސިޔާސަތު އުނބަށް! އެކަނިވެރި މައިންގެ އިހުސާސްތައް ސަރުކާރަށް ވަނީ ޖޯކަކަށް؟

27 ޑިސެމްބަރު 2025
''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

27 ޑިސެމްބަރު 2025
ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

26 ޑިސެމްބަރު 2025
ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

26 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު