Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025 | ހޮނިހިރު 08:53

ނިއު ޔޯކް ޓައިމްސް ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެ މަޝްވަރާގައި ވަނީ، އެމެރިކާގައި ޓްރަމްޕް އާއެކު ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރަމްޕް އާއި މަދޫރޯ ފޯނުން މަޝްވަރާކުރައްވައި އެމެރިކާގައި ބައްދަލުކުރުމުގެ ވާހަކަ ދެއްކެވިކަމަށް ނިއު ޔޯކް ޓައިމްސް ރިޕޯޓްކޮށްފިއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2025 | ހޮނިހިރު 08:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ވެނެޒުއެލާގެ ރައީސް މަދޫރޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ވެނެޒުއެލާގެ ރައީސް މަދޫރޯ | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ، ފޯނުން ގުޅުއްވައިގެން މަޝްވަރާތައް ކުރިއަށް ގެންދަވައިފި އެވެ.

ނިއު ޔޯކް ޓައިމްސް ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެ މަޝްވަރާގައި ވަނީ، އެމެރިކާގައި ޓްރަމްޕް އާއެކު ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރަމްޕް އާއި މަދޫރޯއާ ދެމެދު ގިނަ ދުވަސް ތަކެއް ވަންދެން ނުތަނަވަސްކަމާއި، ދެކޮޅުވެރިކަން އޮތުމުގެ ސަބަބުން، ދެ ރައީސުންގެ މި ފޯނު ކޯލަކީ ވަރަށް މުހިންމު މަޝްވަރާ ތަކެއްގެ ގޮތުގައި މާހިރުން ވަނީ ސިފަ ކޮށްފަ އެވެ. ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން އެ މަޝްވަރާ ތަކުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދެ ރައީސުންގެ މި ފޯނު ކޯލު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާ އިން ކެރީބިއަން ސަރަހައްދަށް ގިނަ އަދަދެއްގެ ސިފައިންގެ ބާރުތައް ވެސް ފޮނުވަމުން އަންނަ ވަގުތެއްގަ އެވެ. މި ބާރު ތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އެއާ ކްރާފްޓް ކެއިއާ ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ އިން ބުނެފައިވާ ގޮތުގައި ސިފައިންގެ ބާރުތައް ފޮނުވުމުގެ މައިގަނޑު މަޤުސަދަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވުމަށެވެ. ނަމަވެސް، ވެނެޒުއެލާ އިން ބުނެފައި ވަނީ އެ ޙަރަކާތުގެ ފަހަތުގައި އޮތީ އެ ޤައުމުގެ ރައީސް މަދޫރޯގެ ސަރުކާރު ބަދަލު ކުރުމުގެ ނިޔަތް ކަމަށެވެ. ނިއު ޔޯކް ޓައިމްސްގެ މި ރިޕޯޓާ ގުޅިގެން، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން މިހާތަނަށް އެއްޗެއް ބުނެފައި ނެތެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅުން ފެށިގެން އެމެރިކާގެ ސިފައިން ވަނީ ކެރީބިއަން ކަނޑާއި، އިރުމަތީ ޕެސިފިކް ކަނޑުގައި ވެނެޒުއެލާއާ ގުޅުން ހުރި މަސްތުވާ ތަކެތީގެ ވިޔަފާރީގައި ބޭނުން ކުރާ ކަމަށް ބުނެ 20 އަށް ވުރެ ގިނަ ބޯޓަށް ހަމަލާ ދީފަ އެވެ. މި ހަމަލާ ތަކުގައި 80 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނެ އެމެރިކާ އިން ބޯޓު ތަކަކަށް ހަމަލާ ދިން ނަމަވެސް، އެ ބޯޓުތައް މަސްތުވާ ތަކެތީގެ ވިޔަފާރީގައި ބޭނުން ކުރި ކަމުގެ އެއްވެސް ހެއްއެއް، ނުވަތަ އެމެރިކާ އަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ކުރި ކަމުގެ ހެއްކެއް ވެސް އެ ޤައުމަށް ދެއްކިފައި ނުވެ އެވެ. އެމެރިކާ އިން ދެމުން އަންނަ މި ހަމަލާތަކާއި، ސިފައިންގެ ބާރުތައް އިތުރު ކުރުމުގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.

ޓްރަމްޕް އާއި މަދޫރޯގެ ފޯނު ކޯލު މަޝްވަރާތަކާ ގުޅިގެން މާހިރުން ބުނެފައި ވަނީ، އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި ވާހަކަ ދެއްކުމަށް ފުރުސަތެއް ހުޅުވިދާނެ ކަމަށެވެ. ނަމަވެސް، ސަރަހައްދުގައި އެމެރިކާގެ ސިފައިން އިތުރު ވަމުން ދިޔުމަކީ، ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުވާނެ ކަމަކަށް ނުބެލެވެ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯއެމެރިކާ-ވެނެޒުއެލާމާކޯ ރޫބިއޯ މަސްތުވާތަކެތި ޓްރެފިކްކުރުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި

02 އެޕްރީލު 2026
ވެނެޒުއެލާގެ ވަގުތީ ރައީސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލައިފި
01 އެޕްރީލު 2026

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ
01 އެޕްރީލު 2026

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

01 އެޕްރީލު 2026
އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ
31 މާރިޗު 2026

ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ

31 މާރިޗު 2026
ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ
29 މާރިޗު 2026

އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ

29 މާރިޗު 2026
އެއްގަމު މަގުން ސިފައިން ބޭނުން ނުކޮށް ވެސް، އީރާން ހަނގުރާމަ ކާމިޔާބު ކުރެވޭނެ: ރޫބިއޯ
26 މާރިޗު 2026

ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ

26 މާރިޗު 2026
ދެ ވަނަ ފަހަރަށް މަދޫރޯ ޝަރީއަތަށް ހާޒިރު ކުރަނީ
25 މާރިޗު 2026

އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް

25 މާރިޗު 2026
އީރާނުން އަހަރެންނަށް ތެލާގައި ގޭހުގެ ހަދިޔާއެއް ދީފި. އީރާނުގެ ލީޑަރުންނަށް މިހާރު އިތުބާރު ކުރަން: ޓްރަމްޕް
24 މާރިޗު 2026

ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ޖައިޝަންކަރާއި، ރޫބިއޯ މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ޖައިޝަންކަރާއި، ރޫބިއޯ މަޝްވަރާ ކުރައްވައިފި
19 މާރިޗު 2026

ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ

19 މާރިޗު 2026
ރޫބިއޯ އާއި ހެގްސެތު ދިރިއުޅުއްވާ އަސްކަރީ މަަރުކަޒެއްގެ މަތިން ޑްރޯން ތަކެއް އުދުހުމާ އެކު، ބިރުވެރިކަން ބޮޑު ވެއްޖެ
12 މާރިޗު 2026

އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ

12 މާރިޗު 2026
އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް