Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަކި އެއްޗެއް ބުނެފައި ނުވާއިރު، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވެސް ވަކީ އެއްޗެއް ބުނެފައި ނުވެ އެވެ. ރަޝިޔާ ސަރުކާރުގެ އޮފިޝަލުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ރަޝިޔާއިން ޔުކްރޭން އިން އިތުރު ސަރަހައްދުތައް ދޫކޮށްލުމާއި ސިފައިންގެ އަދަދު ކުޑަކުރުމަށް ވޮޝިންޓަންއަށް މެމޯއެއް ފޮނުވިއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2025 | ހޮނިހިރު 07:11
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ބައްދަލު ކުރަން ހަމަޖެހިފައި އޮތް ދެ ވަނަ ސަމިޓު ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން ކަމަށް ރިޕޯޓު ކޮށްފި އެވެ.

ފައިނޭންޝަލް ޓައިމްސް ނޫހުން ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިޔާ އިން ޔުކްރެއިންއާ ގުޅޭ ގޮތުން ކަނޑައެޅި ހަރުކަށި ޝަރުތު ތަކަށް އެމެރިކާ އިން އެއްބަސް ވާން ބޭނުން ނުވެ އެވެ. އެ ސަބަބާ ހުރެ، ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލް ކުރީ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ބައްދަލުވުން ކެންސަލް ކުރަން ނިންމީ ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ މެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެވެ. އެގޮތުން، ފޯނުން ގުޅުއްވައިގެން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާާއިރު، އެ މަޝްވަރާ އަކީ ވަރަށް އުނދަގޫ މަޝްވަރާ ތަކެއް ކަމަށް ވެސް ވަނީ ސިފަ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަކި އެއްޗެއް ބުނެފައި ނުވާއިރު، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވެސް ވަކީ އެއްޗެއް ބުނެފައި ނުވެ އެވެ. ރަޝިޔާ ސަރުކާރުގެ އޮފިޝަލުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓު ކުރިއަށް ގެންދަން ރާވާފައި އޮތީ ހަންގޭރީގެ ވެރި ރަށް، ބުޑަޕެސްޓުގަ އެވެ. ނަމަވެސް، ޕުޓިން އާއެކު ބޭކާރު ބައްދަލުވުމެއް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެ ބައްދަލުވުން ކެންސަލް ކުރައްވައިފަ އެވެ. އޭރު ހެންގޭރީ އިން ވަނީ، އެ ޤައުމުގައި ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓު ބާއްވަން ތައްޔާރު ކަމަށް ވެސް ހާމަ ކޮށްފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބުޑަޕެސްޓުގައި ދެ ވަނަ ސެމިޓެއް ބާއްވަން ޓްރަމްޕް އާއި ޕުޓިން އެއްބަސްވެފައި ވަނިކޮށް، ރަޝިޔާ އިން ވަނީ އެމެރިކާ އަށް މެމޯއެއް ފޮނުވައިފަ އެވެ. އެ މެމޯގައި ޕުޓިން ބުނެފައި ވަނީ، ހަނގުރާމައިގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ މައިގަނޑު ސަބަބުތައް ކަނޑައަޅާ ކަމަށާއި، އެ ޝަރުތުތައް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

ރަޝިޔާ އިން ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ޔުކްރެެއިންގެ ސަރަހައްދުން ބައެއް ދޫކޮށްލުމާއި، ޔުކްރެއިންގެ ސިފައިންގެ އަދަދު ބޮޑު ތަނުން މަދު ކުރުން އަދި ޔުކްރެއިން އިން ނޭޓޯ އަށް ނުދާނެ ކަމުގެ ޔަގީންކަން ދިނުން ހިމެނެ އެވެ. ނަމަވެސް، ރަޝިޔާ އިން ކަނޑައަޅާފައިވާ މި ޝަރުތު ތަކަކީ އެއްވެސް އިރެއްގައި ޔުކްރެއިން އިން ޤަބޫލު ކޮށްފައިވާ ކަންކަމެއް ނޫނެވެ.

ރޫބިއޯ އާއި ލަވްރޮވް ފޯނު މެދުވެރިކޮށް ކުރި މަޝްވަރާ ތަކަށް ފަހު، ރަޝިޔާ އިން އެއްވެސް ވަރަކަށް މަޝްވަރާ ތަކަށް ތައްޔާރު ނުވާ ކަމަށް ރޫބިއޯ ވަނީ ޓްރަމްޕް އަށް ދަންނަވައިފަ އެވެ. މިކަން ރިޕޯޓު ކޮށްފައި ވަނީ ފައިނޭންޝަލް ޓައިމްސްގަ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންރަޝިޔާ-ޔުކްރެއިންމާކޯ ރޫބިއޯ ވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު