Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެކަނިވެރި މައިން

24 ގަޑި އިރު ނުވަނީސް ސިޔާސަތު އުނބަށް! އެކަނިވެރި މައިންގެ އިހުސާސްތައް ސަރުކާރަށް ވަނީ ޖޯކަކަށް؟

ރައީސް މުއިއްޒު އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވުމުން އެ ބެލެނިވެރިން ތިބީ ހިތްހަމަޖެހިގެން. ބުރާސްފަތި ދުވަހު އެލަވަންސް 15000 ރުފިޔާ އަށް އިތުރުކުރަން ގަވާއިދަށް އިސްލާހު ގެނެސް 24 ގަޑިއިރު ތެރޭގައި އެ ސިޔާސަތު އުނބަށް ޖަހައި 12000 ރުފިޔާ އަށް ކުޑަކުރުންވީ އެ ބެލެނިވެރިންނަށް ކުރި މަލާމާތަކަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 15:08
ސަރުކާރުން 24 ގަޑިއިރު ތެރޭގައި އެލަވަންސް އިތުރުކުރުމުގެ ސިޔާސަތު އުނބަށް ޖެހުމުން، ސަރުކާރުގެ ލިޔެކިޔުންތަކަށް ބަލަހައްޓައިގެން ހިތާމަކުރާ އެކަނިވެރި މައެއް.

ސަރުކާރުން 24 ގަޑިއިރު ތެރޭގައި އެލަވަންސް އިތުރުކުރުމުގެ ސިޔާސަތު އުނބަށް ޖެހުމުން، ސަރުކާރުގެ ލިޔެކިޔުންތަކަށް ބަލަހައްޓައިގެން ހިތާމަކުރާ އެކަނިވެރި މައެއް.

ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތަކީ ހަމައެކަނި އިނާޔަތެއް ނޫނެވެ. އެއީ އެ ބެލެނިވެރިންނަށް ދިރިއުޅުމުގައި ހިންދެމިލަން ލިބޭ ކުޑަކުޑަ އިނާޔަތެކެވެ. ދިރިއުޅުމުގެ ކަންކަން ދަރިންނާއި އެކު ފަރުޖައްސާލަން ލިބޭ ވަރަށް ކުޑަ މިންވަރެއްގެ އެހީއެކެވެ.

އެ އިނާޔަތް ބޮޑުވުމަށް އެތައް ބަޔަކު ތިބީ އެދިގެންނެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވެންސް ބޮޑުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު މަހު ވިދާޅުވުން ވެގެން ދިޔައީ އެ ބެލެނިވެރިންނަށް ލިބުނު ނިކަން އުފާވެރި ޚަބަރަކަށެވެ. އެ ހިސާބުން ފެށިގެން އެ ބެލެނިވެރިން ތިބީ އެ ވައުދުގައި ހަގީގީ ކުލަ ޖެހޭނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ،

ކަންމިހެން އޮތްވާ އެކަނިވެރި މައިންގެ އެލަވަންސް 15،000 ރުފިޔާ އާއި ހަމައަށް ދެވޭނެހެން ބުރާސްފަތި ދުވަހު ގަވާއިދަށް އިސްލާހު ގެނައެވެ. އެކަނިވެރި މައިން ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެކަނިވެރި މައިން އުފުލާ ތަކުލީފަށް މިފަދަ އެލަވަންސް އެއް ލިބުމުން ރާހަތެއް ލިބޭނެ ކަމަށް އުންމީދު ކޮށް އެ ވެރިން ތިބީ ނިކަން ހިތްހަމަޖެހިގެންނެވެ. އެކަމަކު އެ އުފާ ވެގެން ދިޔައީ ކުރު އުފަލަކަށެވެ.

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރިތާ އެންމެ 24 ގަޑި އިރު ތެރޭ އެ ސިޔާސަތު އުނބަށް ޖަހައިފި އެވެ. އުސޫލު ބަދަލުކޮށް މިހާރު އޮތް ގޮތުން ނަމަ އެންމެ ގިނައިން އެ އިނާޔަތް ދެވޭ އަދަދު 12،000 ރުފިޔާ އަށް ކުޑަ ކުރީ އެވެ. މި ބަދަލު ގެނައިކަން އިއުލާންކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ އެކަން އިއުލާން ކޮށްފަ އެވެ.

އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ  އެހީ ބޮޑު ކުރުމުގެ ވާހަކަ އަކީ އެތައް ބައެއްގެ ޖަޒުބާތުތަކާއި ގުޅިފައިވާ ކަމެކެވެ. އެތައް އާއިލާ އަކާއި ގުޅިފައިވާ ކަމެކެވެ. ކަން މިހެން އޮތް އިރު އިރު އިރުކޮޅާ ކުޅޭ ޗަރުކޭހެއް ހެން މި އެލަވަންސް ބަދަލުކުރުމަކީ އެ ބެލެނިވެރިންގެ އިހުސާސްތަކަށް ކުރެވޭ މަލާމާތެކެވެ. އެއީ އެ ވެރިންގެ ހާލަތަށް ނޭނގި ނަމަވެސް ހަޖޫޖެހުމެވެ. މިފަދަ ހައްސާސް ކަންކަމުގައި ސަރުކާރުން ތަންކޮޅެއް ބޮޑަށް ސީރިއަސް ވާން ޖެހެ އެވެ. ބައެއްގެ ނާޒުކު ޖަޒުބާތުތައް ގުޅިފައިވާ ކަމެއް ނިންމުގައި ވެސް މިއަދު އެއް ގޮތް، މާދަމާ އަނެއް ގޮތް ގެންގުޅޭ އުސޫލު ވަރިހަމަކުރުން ނިމުމަކަށް ގެންނަން ވެއްޖެ އެވެ.

ސަރުކާރަކުން ނިންމާ ކަންކަން އުނބަށް ޖެހުމުގައި މިއަށް ވުރެ ކުރީގައި އޮތް ސަރުކާރެއް ނެތެވެ. އެއްވެސް ސިޔާސަތެއް އިއުލާން ކުރުމަށް ފަހު، އެ ސިޔާސަތު ބޮލާލާ ނުޖަހާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯވެ އެވެ. ވާނީ އެހެން ނޫންތޯއެވެ. އެއީ އެލަވަންސަކަށް ވިޔަސް، އުސޫލަކަށް ވިޔަސް، އިދާރީ މެމޯއަކަށް ވިޔަސް ކަން ހިނގަނީ މިހެންނެވެ.  މިހާރު ދިވެހިން ހައިރާން ވާނީ ސަރުކާރުން ކުރާ ކަމެއް ދަމަހައްޓާ ހާލަތުގަ އެވެ. އެ ނޫން ހުރިހާ ކަމެއްގައި ވެސް ފެންނަނީ ސަރުކާރުގެ އުނބަށް ޖެހުމާއި ކުރިން ބުނާ ވާހަކަ ކެންސަލްކުރުމުގެ ސަޤާފަތް ދަމަހައްޓާ މަންޒަރެވެ. 

އެކަނިވެރި މައިންރައީސް ޑރ. މުހައްމަދު މުއިއްޒުއެންސްޕާއެލަވަންސް ސޯޝަލް ޕްރޮޓެކްޝަންއެމެރިކާގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

27 ޑިސެމްބަރު 2025
ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

26 ޑިސެމްބަރު 2025
ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

26 ޑިސެމްބަރު 2025
ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

26 ޑިސެމްބަރު 2025
ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު