Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވަން ސްކޫލެއް ނުލިބިދާނެ ކަމުގެ ބިރު ހީވެފައި

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި އޮތީ ޖެނުއަރީ 16 ގައި މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 14:56
ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރުމަށް ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު ރާއްޖެ އެމްވީ އަށް ބަސްތީގަތުމެއް ދެއްވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ލޯކަލް ކައުންސިލް އިންތިޚާބު ގެ ޕްރައިމަރީ ބާއްވަން ސްކޫލެއް ނުލިބިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އެމްވީ އަށް ދެއްވި އިންޓަރވިއު އެއްގައި ފަލާހު ވިދާޅުވީ އެއްވެސް ސިޔާސީ ހަރަކާތަކަށް ސްކޫލްތައް ނުދޭން ނިންމާފައިވާ ކަމުގެ އަޑުތައް އިވިފައިވާ ކަމަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ގެ ޕްރައިމަރީ ކުރިއަށް ދަނީ ސްކޫލް ދުވަސް ވަރު ނޫން ކަމަށް ވާތީ ސްކޫލްތައް ނުލިބެން ޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓުލުމުގެ ތަންތަން ކަނޑައެޅޭނީ ސްކޫލްތައް ލިބޭ ގޮތް އެނގުމުންނެވެ. 

Advertisement - newsAdvertisement

"ސްކޫލްތައް ނުލިބިދާނެ ކަމަށް އެބަ އަޑު އިވޭ. މިހާރު ވާނީ ސިޓީ އެއް ވެސް ފޮނުވާފައި. ކުރިން ޕްރައިމަރީ ބާއްވަން ހަމަޖެހިފައި އޮތީ ޖެނުއަރީ 30 ގައި. މިހާރު ޖެނުއަރީ 16 އަށް ވަނީ އަވަސްކޮށްފައި. 26 ރަށެއްގައި ބާއްވާނަން. މި މަހު 25 ގައި ރީރެޖިސްޓްރޭޝަނަށް އެބަ ހުށަހަޅަން. މާލޭގައި ވޯޓުލާ ނަމަ ޖެހޭނެ ރީ ރެޖިސްޓަރ ކުރަން. ޕާޓީ އިން އެދެން ވަރަށް ބޮޑަށް ޕްރައިމަރީ ބޭއްވޭނެ ގޮތެއް" އޭނާ ވިދާޅުވި އެވެ.

 ފަލާހު ވަނީ މި އިންތިޚާބު ކުރިއަށް ދާނެ ދާއިރާތަކުގެ ތަފްސީލް ހިއްސާކޮށްދެއްވާފަ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މެމްބަރު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މާފަންނު މެދު ދާއިރާ ރައީސް އަހުމަދު އާމިރު ވިދާޅުވީ އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕްރައިމަރީގައި ވޯޓު ލަނީ މާލެ އަށް ކަމަށެވެ.

"ގާތްގަނޑަކަށް 6000 އާއި ގާތް ކުރާ އަދަދަކަށް މީހުން ވޯޓު ލާނެ. އެހެންވީމަ ސްކޫލްތައް ލިބުން ވަރަށް މުހިންމު" އޭނާ ވިދާޅުވި އެވެ.

މި ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ ޖެނުއަރީ 16 ވާ މެންދުރު ފަހު 2:30 އިން ރޭގަނޑު 08:00 އަށެވެ. މި ޕްރައިމަރީގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510 އަށް ވުރެ ގިނަ ކެނޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ. ޕްރައިމަރީއަކާއި ނުލާ ހޮވޭ ފަރާތްތަކަށް އެކަން ޕާޓީ އިން ދަނީ އަންގަމުންނެވެ. މާލޭގައި 17 ދާއިރާ އެއްގައި ޕްރައިމަރީ ކުރިއަށް ގެންދާނެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުމުހައްމަދު ފަލާހުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

"ތިކަންކަމާއި ސީރިއަސްކޮށް އެޓެންޑް ވާނަން"

23 ޑިސެމްބަރު 2025
ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

ދުވާފަރު ކައުންސިލުގެ ނައިބު ރައީސް ޕީއެންސީ ގެ ޓިކެޓުގައި އިންތިޚާބުގައި ވާދަ ކުރަން ލީ ފޯމު ރިޖެކްޓް ކޮށްފި، ސަބަބެއް ނުބުނި!

23 ޑިސެމްބަރު 2025
ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

ރައީސް ސޯލިހް, ރައީސް ނަޝީދު އާ ބައްދަލު ކުރައްވަނީ

22 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

ލޯކަލް ކައުންސިލްތަކު ގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާއި އެކު 550 ގޮނޑި މަދުވާނެ!

21 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު