Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ގްރާންޓު

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

މިދިޔަ ހަފްތާގައި އާއްމުކުރި މީޑިއާ ގްރާންޓްގެ އާ އުސޫލުގެ ދަށުން 41 މީޑިއާއަކަށް އެހީ ދިނުމަށް ނިންމާފައި ވާއިރު، އެހީއަށް އެދި ހުށަހެޅުމަށް ދިނީ 3 ދުވަހުގެ މުއްދަތެއް. މުއްދަތު ހަމަވިތާ 2 ދުވަހުގެ ތެރޭގައި މީޑިއާ ކޮމިޝަނުން އެހީލިބޭ މީޑިއާތައް ހާމަކުރުމުން އާންމުންގެ ފާޑުކިޔުމާ ކުރިމަތިލާން ޖެހުނު.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 09:55
ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް)

ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް)

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ އެކުލަވާލި މީޑިއާ ގްރާންޓްގެ އާ އުސޫލުގެ ދަށުން, 41 މީޑިއާ އަކަށް އެހީ ދިނުމަށް އެންމެ ދެ ދުވަސް ތެރޭގައި ނިންމި ނިންމުމަކީ، ރަނގަޅަށް ނިންމި ނިންމުމެއް ކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާ ގެ ބުރާސްފަތި ދުވަހު އާއްމު ކުރި އާ އުސޫލުގައި ބުނެފައި ވަނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް އެހީދިނުމަށް ނިންމާފައިވާ ކަމަށެވެ. އާ އުސޫލުގެ ދަށުން މީޑިއާ ގްރާންޓަށް އެދި ހުށަހަޅަން ދިނީ 3 ދުވަހުގެ މުއްދަތެކެވެ. އެއީ ޑިސެމްބަރ 25 އިން 28 ގެ ނިޔަލަށެވެ. އެހެންކަމަށް ވާއިރު އެހީ އަށް އެދި ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިތާ 2 ދުވަސް ތެރޭގައި އަވަސް އަރުވާލައިގެން މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިން މި ވަނީ އެހީ ލިބޭ މީޑިއާތައް ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

އެ މަރުހަލާ ކުރިއަށް ދިޔަ ގޮތް އަަވަސް ވުމުން އާއްމުންގެ ފާޑުކިޔުމާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެހެންނަމަވެސް މީޑިއާ ގެ ކަންކަން ބަލަހައްޓަވާ ރައީސް މުއިއްޒުގެ ވަޒީރު ވިދާޅުވީ މިނިވަން ކޮމިޝަނަކުން ނިންމާފައިވާ ކަމަކާއި މެދު ކޮމެންޓް ކުރައްވާން ބޭނުންފުޅު ނުވާ ކަަމަށެވެ. އަދި ކޮމިޝަނުން އެ މަރުހަލާ އަވަސް ކުރީ މީޑިއާތަކާއި ދެކެވުނު ވާހަކައިގެ މައްޗަށް ބިނާކޮށް ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އެ ބޭފުޅުން އެކަން ކުރާނީ ރަނގަޅަށް. އެ ބޭފުޅުން އެކަން ކުރާނީ މީޑިއާ އާއި އެކުގަައި ހިނގި ޑައިލޮގްގެ މައްޗަށް ކަމަށް ޤަބޫލުކުރެވެނީ." އަސްވާޑް ވިދާޅުވި އެވެ.

މިހާރު މީޑިއާތަކަށް ފައިސާ ލިބޭ ގޮތަށް ބަލާ އިރު އެންމެ ގިނައިން ޕޮއިންޓް ލިބޭ މީޑިއާ އަކީ މިނިސްޓަރު އަސްވާޑުގެ މަސްލަހަތު އޮންނަ 99 ޕޮއިންޓު ލިބުނު ސަންގު އެވެ. ވަގުތު ނޫހަށް 98 ޕޮއިންޓް ލިބުނު އިރު ސަން އަށް ލިބުނީ 97 ޕޮއިންޓެވެ.

30 އޮކްޓޯބަރ 2025ގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ނިންމި ނަމަވެސް އެކަން އިއުލާން ކުރިތާ 24 ގަޑި އިރު ނުވަނީސް އެ ނިންމުން ކެންސަލްކޮށްފައި ވެ އެވެ. އޭރު އުސޫލު އެކުލަވާލި ގޮތަށް ބަލާ އިރު މީޑިއާތަކަށް ފަންޑު ދޭން ނިންމި ޔޫތް މިނިސްޓްރީ ގެ ވަޒީރު، އިބްރާހިމް ވަހީދު ގެ މަސްލަހަތު ހިމެނޭ މީޑިއާ އަށް އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް ނިންމާފައިވެ އެވެ. ނަމަވެސް ވަޒީރު ވަނީ އެ މަރުހަލާ ކުރިއަށް ދިޔަ ގޮތް ދިފާއު ކުރައްވާ ވާހަކަދައްކަވާފަ އެވެ. 

"އެ މަރުހަލާގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް ނެތް. އެ މަރުހަލާ ކުރިއަށް ދިޔައީ ރަނގަޅަށް. އަޅުގަނޑުގެ އެއްވެސް އިހުމާލެއް އެ މަރުހަލާގައި ނެތް،" ވަޒީރު ވިދާޅުވި އެވެ.

އާ އުސޫލުގައި އެހީ ލިބުމުގެ އެއް ޝަރުތަކީ ޖެނުއަރީ 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް އާއި އެކު މެދުކެނޑުމެއް ނެތި ހިންގާ ތަނަކަށް ވުމެވެ. މާކްސް ދިނުމުގައި ބަލާނެ ކަމަށް ބުނެފައި ވާ ކަންކަމުގެ ތެރޭގައި މީޑިއާ ގެ އުމުރާއި، މުވައްޒަފުން ގެ އަދަދު ހިމެނެ އެވެ. މި މަރުހަލާ މިހާ އަވަސް އަރުވާލައިގެން ގެންދިޔަ ސަބަބާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

މީޑިއާ ގްރާންޓްމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންޔޫތު މިނިސްޓްރީވަގުތު ނޫސްއިބްރާހިމް ވަހީދު (އަސްވާޑު)

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނޭ: ޒުވާނުންގެ ވަޒީރު

ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނޭ: ޒުވާނުންގެ ވަޒީރު

30 ޑިސެމްބަރު 2025
މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި

މީޑިއާ ގްރާންޓް: އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓަށް 41 މީޑިއާ އެއް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފި

30 ޑިސެމްބަރު 2025
އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި

25 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު