Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ޖުލައި 10 ގެ ކުރިން ފީ ދައްކަން ޖެހޭއިރު، މެލޭޝިޔާގައި ކިޔަވަން ތިބި ކުދިންނަށް ފައިސާ ނުފޮނުވިގެން އުޅެނީ ޕޮލިސީ މޭކަރުންގެ މަޝްވަރާތައް ނުނިމިގެން

އެކަމަށް ހޭދަވާނެ މުއްދަތެއް ބުނަން ނޭނގޭ ކަމަށާއި، އެކަމުގައި ދިމާވާނެ ދަތިތައް ޤަބޫލު ކުރާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖުލައި 2025 | އަންގާރަ 08:19
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އަލީ ހައިދަރު

މެލޭޝިޔާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ކޯހުގެ ފީ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭއިރު، މިހާތަނަށް އެ ކުދިންނަށް ފައިސާ ނުފޮނުވިގެން އުޅެނީ ޕޮލިސީ މޭކަރުންގެ މަޝްވަރާތައް ނުނިމިގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުން ވަނީ، ފައިސާ ނުލިބުމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފައިސާ ނުދައްކައިފި ނަމަ، ޖޫރިމަނާގެ ގޮތުގައި 2000 ރިންގިޓް ދައްކަން ޖެހޭ ކަމަށް އެ ކުދިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރި ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އެ ކުދިން ބުންޏެވެ. އަދި މިނިސްޓްރީއާ މުއާމަލާތް ކުރުމަށް އެކި ގޮތް ގޮތުން ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާ ކަމަށް ވެސް އެ ކުދިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އަންގާރަ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ސުވާލު ކުރުމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ، ކުދިންނަށް ފައިސާ ނުފޮނުވިގެން އުޅެނީ ޕޮލިސީ މޭކަރުންގެ މަޝްވަރާތައް ނުނިމިގެން ކަމަށެވެ. އަދި އެކަމަށް ހޭދަވާނެ މުއްދަތެއް ބުނަން ނޭނގޭ ކަމަށާއި، އެކަމުގައި ދިމާވާނެ ދަތިތައް ޤަބޫލު ކުރާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ވަރަށް ބޮޑެތި ބަދަލުތަކެއް މެލޭޝިޔާގެ ސްޓޫޑެންޓްސް އަށް މިހާރު ވަނީ ދިމާވެފައި ދެއްތޯ. އެއްކަލަ މާލީ ކަންކަމާ ގުޅޭ ގޮތުން. ދެން އެ ހުރިހާ ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް، ދެން އަދި ޕޮލިސީ މޭކާސްގެ މެދުގައި ޑިޝިޝަންއެއް ނަގާނީ. އެ ބޭފުޅުން ނިންމަވާނީ ދެން ދަރިވަރުންނާ ދޭތެރޭގައި ދެން ކަންތައް ކުރަންވާ ގޮތެއް.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

މީގެ އިތުރުން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފައިސާ ނުދެއްކިއްޖެ ނަމަ، އެ ދަރިވަރުން ދައްކަން ޖެހޭ 2000 ރިންގިޓްގެ ޖޫރިމަނާއާ މިނިސްޓްރީ އިން ޒިންމާ ވާނެތޯ ސުވާލު ކުރުމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ އެ މިނިސްޓްރީގެ އިހުމާލުން ފައިސާ ނުދެއްކިގެން ޖޫރިމަނާ ވެއްޖެ ނަމަ އެކަމުގެ ޒިންމާ މިނިސްޓްރީ އިން ނަގަން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

މީގެ އިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ޕޮލިސީ މޭކަރުންގެ މެދުގައި މަޝްވަރާތައް ކުރެވެމުން ދިޔަ ނަމަވެސް، އެކަމުގައި ވަކި ގޮތެއް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި މެލޭޝިޔާގައި ކިޔަވަން ތިބި ދަރިވަރުންނާ މެދު ބަދަލުތަކެއް އައިސްފައިވާތީ، އެކަމަށް ގޮތެއް ނިންމާލީ ޕޮލިސީ މޭކަރުން ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ސަރުކާރުން ދެމުން އަންނަ ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވާކަމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް އެތައް ދަރިވަރުންނެއް ވަނީ ފާޅު ކޮށްފަ އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި

މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި

01 މެއި 2024
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު