Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސައްކަތްތެރިންގެ ދުވަސް

މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި

ޤައުމު ބިނާކުރެވޭނީ، ކޮންމެ މަސައްކަތްތެރިއަކަށް ވެސް، އެމީހެއްގެ ފުރިހަމަ ގާބިލުކަން ޙަޤީޤަތަކަށް ހަދައި، ކަރާމާތާއި ފުރިހަމަ ދިރިއުޅުމެއް އުޅުމަށް، ބާރުވެރިކުރެވޭ މުޖުތަމައެއް ޤާއިމުކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 މެއި 2024 | ބުދަ 11:34
މިނިސްޓަރ އޮފް ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ

މިނިސްޓަރ އޮފް ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ

މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް މިނިސްޓަރ އޮފް ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅޭގޮތުން ދެއްވި ހިތާބުގައި މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ދުވަހު، މަސައްކަތްތެރިކަމަށް ނަޒަރު ހިންގާލާއިރު، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރުކުރުމަށް މިވަނީ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ޞިއްޙަތު ކަށަވަރުކުރުމުގެ ޙައްޤު މިހާރު ލިބިފައިވާތީ އެކަން ފާހަގަކުރެއްވިއެވެ.

އަދި މާތްﷲގެ ވާގިފުޅާއެކު، މި ޤާނޫނުގެ ފޮނިމީރުކަން ދިވެހި މަސައްކަތްތެރިންނަށް ވަރަށް އަވަހަށް ލިބިގެންދާނެކަމާމެދު، ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަބުރުވެރި މަސައްކަތުގެ މުހިންމު ކަމާއި އޭގެ ސަބަބުން ފަރުދުންގެ ދިރިއުޅުމަށާއި، ޤައުމުގެ ތަނަވަސްކަމަށް ކުރާނެ އަސަރުތަކާމެދު ވިސްނާލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހު، ހަނދާނަށް ގެންނަން ޖެހޭނީ އިންސާފުވެރި އުޖޫރަ ކަމަށެވެ. އަދި ރައްކާތެރި މަސައްކަތުގެ މާޙައުލާ ދޭތެރޭ ވިސްނަންޖެހޭ ކަމަށާއި، އަބުރުވެރި ވަޒީފާއެއް ހޯދުމުގެ ފުރުސަތު ހިމެނޭ ގޮތަށް، މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ޙިމާޔަތް ކުރުމާ މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި، މަސައްކަތުގެ އިޖްތިމާޢީ ޢަދުލުވެރިކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްޤީ އާލާކުރުމުގައި، އަބުރުވެރި މަސައްކަތްތައް އަދާކުރާ ވަރަށް މުހިންމު ދައުރެއްވާކަމަށް ޤަބޫލުކޮށް، ދެނެގަންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކޮންމެ މަސައްކަތްތެރިއަކަށް ވެސް، އެމީހަކަށް ހައްޤުވާ ކަރާމާތާއި އިޙްތިރާމް ލިބިދިނުމަކީ ސަރުކާރުގެ ވަރައްބޮޑު އަމާޒެއް ކަމަށާއި، އެހެންކަމުން، މިއަދުގެ އެންމެ ބޮޑު އިލްތިމާސަކީ މަސައްކަތްތެރިންނަށް ޙައްޤުވާ އިޙްތިރާމް، އޭގެ ފުރިހަމަ މާނާގައި، އެފަރާތްތަކަށް ލިބިދެވޭނެ ގޮތަށް، ސިޔާސަތުތަކާއި އުޞޫލުތައް ބައްޓަންކޮށް، އެކަންކަން، ޢަމަލުން ދެއްކެވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ މާޙައުލާއި އެންމެންނަށް އަބުރުވެރި މަސައްކަތެއް ހޯދުމުގައި ދެމިއޮތް ގޮންޖެހުންތައް، އަދިވެސް ވާކަމަށް، ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭ ކަންކަން އެބަ ހިނގާ ކަމަށާއި، ތަފާތުކުރުމާއި، ގަނާކުރުމާއި ނުތަނަވަސްކަމުގެ ހާދިސާތަކުގެ ވާހަކަތައް އަޑުއިވޭ ކަމަށެވެ. މަސައްކަތްތެރިންގެ ޙައްޤުގައި، މި ފަދަ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި، އެކަންކަން، މަސައްކަތުގެ މާޙައުލުން ނައްތާލުމަށް މަސައްކަތް ކުރުމަކީ، އެންމެންގެ ވާޖިބެއްކަމަށް ހެއްދެވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫޙެއްގައި، ސަރުކާރުގެ އިދާރާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޓްރޭޑް ޔޫނިއަންތަކާއި، މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ރާއްޖޭގައި މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިޢްޙީކަންކަން ކަށަވަރުކޮށް، އަބުރުވެރިކަމުގެ މަސައްކަތުގެ މަޤްޞަދުތައް ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. އަދި އެކުގައި ޤައުމު ބިނާކުރެވޭނީ، ކޮންމެ މަސައްކަތްތެރިއަކަށް ވެސް، އެމީހެއްގެ ފުރިހަމަ ގާބިލްކަން ޙަޤީޤަތަކަށް ހަދައި، ކަރާމާތާއި ފުރިހަމަ ދިރިއުޅުމެއް އުޅުމަށް، ބާރުވެރިކުރެވޭ މުޖުތަމައެއް ޤާއިމުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރާއިރު، މަސައްކަތުގެ މާޙައުލު ރަގަނޅުކޮށް، އެންމެންނަށް އަބުރުވެރި މަސައްކަތް، ކުރިއެރުވުމަކީ ވައުދެއްކަމަށް ހައްދަވާ، އެއްވެސް މީހަކު ފަހަތަށް ނުޖެހި، ޝާމިލް، އަދި ހަމަހަމަ މަސައްކަތްތެރިންގެ މާރުކޭޓެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ދެގުނައަށް އިތުރުކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި އަޅުގަނޑުމެންގެ ޢަމަލުތަކަކީ، ކުރިއަށް އޮތް ޖީލުތަކަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ މުސްތަޤްބަލް ބައްޓަންކުރާނެ ކަމެއްކަން އެނގިހުރެ، އަޒުމާއެކު ކުރިއަށް ދާން އަޒުމު ކަނޑައަޅުމަށް ވެސް ލޭބަރ އެންޑް ސްކިލްސް ޑިވަލޮޕްމަންޓް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

މަސައްކަތްތެރިންގެ ދުވަސްމަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުލައި 10 ގެ ކުރިން ފީ ދައްކަން ޖެހޭއިރު، މެލޭޝިޔާގައި ކިޔަވަން ތިބި ކުދިންނަށް ފައިސާ ނުފޮނުވިގެން އުޅެނީ ޕޮލިސީ މޭކަރުންގެ މަޝްވަރާތައް ނުނިމިގެން

ޖުލައި 10 ގެ ކުރިން ފީ ދައްކަން ޖެހޭއިރު، މެލޭޝިޔާގައި ކިޔަވަން ތިބި ކުދިންނަށް ފައިސާ ނުފޮނުވިގެން އުޅެނީ ޕޮލިސީ މޭކަރުންގެ މަޝްވަރާތައް ނުނިމިގެން

08 ޖުލައި 2025
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި

01 މެއި 2024
ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

07 އެޕްރީލު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު