Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޫސްވެރިން

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025 | ހުކުރު 12:15

މި ސަރުކާރުން އެކުލަވާލި، 29 މިލިއަން ރުފިޔާގެ މީޑިއާ ފަންޑު ބެހުމަށް ނިންމި ގޮތާއި މެދު އެތައް ބަޔަކު އައީ ސުވާލުކުރަމުންނެވެ. ސަރުކާރަށް ޕްރެޝަރ ބޮޑުވެ އެންމެފަހުން އެ ނިންމުންވެސް "އުނބަށް" ޖަަހައިފިއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 އޮކްޓޯބަރު 2025 | ހުކުރު 12:15
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ

މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަރިތަކޮށް މި ސަރުކާރުން ކުރާ ކަމަކީ ބުނާ ވާހަކަ ކެންސަލްކުރުމެވެ. ނިންމުންތައް ނިންމަވާ އިއުލާންކުރައްވާފަ އެ އިއުލާނަށް އެއް ދުވަސް ވެސް ފުރިހަމަ ނުވަނީސް އިއުލާންތައް ކެންސަލްކުރައްވައެވެ. ސިޔާސަތުތަކާއި އުސޫލުތަކާއި ޤަވާއިދުތަކަށް ވެސް ބަދަލު ގެންނެވުމަށް ފަހު އެހާމެ އަވަހަށް އެކަން ވެސް ކެންސަލްކުރައްވައެވެ. ނިންމުންތައް ނިންމާ މިންވަރާއި އެއްވަރަށް މި ސަރުކާރުން ނިންމުންތައް ކެންސަލްވެސް ކުރަނީއެވެ. ކުރުކޮށް ބުނާ ނަމަ މި ސަރުކާރަށް އުނބަށް ޖެހުމަކީ އާ ކަމެއް ނޫނެވެ.

މި ފަހަރު އަނެއްކާވެސް މި ކަހަލަ ކަމެކެވެ. ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ނިންމާ އެކަން އިއުލާން ކުރިތާ ވާނީ 24 ގަޑި އިރެވެ. ދެން އިވުނީ އެ ނިންމުން ކެންސަލްކުރެއްވި ވާހަކަ އެވެ.

ވާނީވެސް އެހެންތާއެވެ. މީޑިއާތަކަށް ފަންޑު ދޭން ނިންމި ވުޒާރާގެ އިސް ފަރާތެއްގެ މަސްލަހަތު ހިމެނޭ މީޑިއާ އަކަށް އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް އޮތުމުން ސަރުކާރު ހޫނުފެނަށް ވެއްޓޭނީކީ އަމަށަކު ވަރަކަށް ނޫންތާއެވެ. ތަންކޮޅެއް ތިލަކޮށްދޭނަމެވެ. އޭރު ހާމަކުރި ގޮތުން ނަމަ މީޑިއާތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ އެ ފައިސާ ދޫކުރާ ވުޒާރާ، ޔޫތު މިނިސްޓްރީގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް ޖުމްލަ 3.8 މިލިއަން ލިބެއެވެ. މީގެ އިތުރުން ސަންގު އޮންލައިން އަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެހެންކަމުން ޖުމްލަ 5.1 މިލިއަން ރުފިޔާ މި ދެ މީޑިއާ އައުޓްލެޓަށް ލިބޭނެއެވެ.

ގްރާންޓް ދިނުމުގެ ޕްރޮސެސްގައި ބައިވެރިވެވަޑައިގެންނެވި ސްޓޭޓް މިނިސްޓަރު އަލީ ޝަމާން ހިންގަވާ އެއް އައުޓްލެޓަކަށް 1.34 މިލިއަން ރުފިޔާ ދިނުމަކީ މި މަރުހަލާ އާއި މެދު ސުވާލު އުފެދުނު އަނެއް ސަބަބެވެ.

ފައިސާ ލިބޭ މީޑިއާ ގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަރަބި ބަހުން ނެރުއްވާ މާލްދީފް އޮންލައިން ހިމެނެވެ. އެ ނޫހަކީ ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމްގެ އިތުރުން ޝަހީމްގެ ގާތް ބޭފުޅެއް ކަމަށްވާ އިސްލާމިކް މިނިސްޓްރީގެ ނައިބު މިނިސްޓަރު އަލީ އަހުސަންގެ ކޮއްކޮ އިބްރާހިމް އަޝްވާގުގެ ހިއްސާ އޮތް ނޫހެކެވެ. މިފަަދަ ކަންކަމަކީ އިއްތިފާގެއް ކަމަށް މި ޒަމާނަކު ދިވެހިން ޤަބޫލެއް ނުކުރާނެތާއެވެ. މި ނޫހުގައި ވެސް ޓްވިޓަރގައި ވެސް ތިބީ 90 ފޮލޯވަރުންނެވެ. އެހެންވީމަ ލައްކައިން ލައްކައިން ފައިސާ ދޭ ނޫހަކަށް ވާ ވަރެއް ނުވެ އެއް ނޫންތޯއެވެ؟ މީގެ އިތުރުން ދިޔަރެސް ނޫހަކީ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ނޫހެވެ.

މިކަހަލަ ކިތަންމެ ކިތަންމެ ކަމެކެވެ. ސަރުކާރުން ފައިސާ ދޭން ނިންމި ބައެއް ނޫސްތަކަކީ ދުވާލަކު އެއް ފަހަރު ވެސް ބައެއް ފަހަރު ޚަަބަރެއް ނުލިޔާ ނޫހެވެ. އެހެންކަމުން 27.9 މިލިއަން ރުފިޔާގެ މީޑިއާ ފަންޑު ބެހުން ވަގުތުން ފަސްކޮށް، ފުރިހަމަ މިނިވަން ރިވިއު އެއް ހިންގުމަށް އެތައް ބަޔަކު އައީ ގޮވާލަމުންނެވެ. އެ ހިސާބުން ސަރުކާރުން ކުރީ ސަރުކާރަށް އެންމެ ފަރިތަކަމެވެ. ނިންމުން އުނބަށް ޖަހާ ނިންމުން ކެންސަލް ކުރީއެވެ. ދެން ވާ ގޮތެއް ވެސް ރައްޔިތުން ތިބީ ބަލާށެވެ.

އަލީ ޝަމްޚާނީއިބްރާހިމް އަސްވަދު ވަހީދުނޫސްވެރިން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
19 އޯގަސްޓު 2025

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް
10 ޑިސެމްބަރު 2024

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު
18 ނޮވެމްބަރު 2024

މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު

18 ނޮވެމްބަރު 2024
މީޑީއާ ބިލު މަޖިލީހުން ބޭރުކުރާނަން، އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން: ރައީސް މުއިއްޒު
05 އޮކްޓޯބަރު 2024

ހާމަކަން ކުޑަ ސަރުކާރުގެ ވާހަކަ ދައްކާތީ އަސަރު ކުރި ބޮޑުކަމުން ހުރިހާ ވަރެއް ބޭލީ ނޫސްވެރިންނަށް

05 އޮކްޓޯބަރު 2024
ހާމަކަން ކުޑަ ސަރުކާރުގެ ވާހަކަ ދައްކާތީ އަސަރު ކުރި ބޮޑުކަމުން ހުރިހާ ވަރެއް ބޭލީ ނޫސްވެރިންނަށް
05 އޮކްޓޯބަރު 2024

ރައީސްގެ ބަހުގެ ހަމަލާ ނޫސްވެރިންނަށް: ދޮގު ހަބަރު ފެތުރުން އޮތީ މޫލާފައި، އެކަމުގެ ސަބަބުން ގެއްލުންވޭ

05 އޮކްޓޯބަރު 2024
ރައީސްގެ ބަހުގެ ހަމަލާ ނޫސްވެރިންނަށް: ދޮގު ހަބަރު ފެތުރުން އޮތީ މޫލާފައި، އެކަމުގެ ސަބަބުން ގެއްލުންވޭ
22 މެއި 2024

އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

22 މެއި 2024
އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ
04 މެއި 2024

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް!

04 މެއި 2024
ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް!
04 މެއި 2024

ސަރުކާރާއި ރައީސަށް ފާޑުކިޔާނަމަ، "ރަނޑު ނުވެ" އެކަން ކުރުމަށް އެދިއްޖެ

04 މެއި 2024
ސަރުކާރާއި ރައީސަށް ފާޑުކިޔާނަމަ، "ރަނޑު ނުވެ" އެކަން ކުރުމަށް އެދިއްޖެ
04 މެއި 2024

އާ މަޖިލިހާއެކު މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެހޭނެ، މިހާރު ވަނީ މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައި: ނައިބު ރައީސް

04 މެއި 2024
އާ މަޖިލިހާއެކު މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެހޭނެ، މިހާރު ވަނީ މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް