Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

އޭބީސީގައި ބުނެފައި ވަނީ ނަވީދު އަކީ އައިސިސް ޖަމާއަތުގެ މެމްބަރުންނާ ގުޅުމެއް އޮންނަ މީހެއް ކަމަށް. އެގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޖަލު ޙުކުމެއް ވެސް އިއްވި އައިސިސް ޖަމާއަތުގެ މެމްބަރަކާއި، އޭނާއާ ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2025 | ހޯމަ 07:58
ހަމަލާ ދިން ސަރަހައްދުގައި ފުލުހުންގެ ޓޭޕު ދަމާފައި

ހަމަލާ ދިން ސަރަހައްދުގައި ފުލުހުންގެ ޓޭޕު ދަމާފައި

ސިޑްނީގެ ބޮންޑައި ބީޗުގައި ތިބި ބަޔަކަށް އަމާޒުކޮށް ހަމަލާ ދިނުމުގައި ބައިވެރިވެފައި ވަނީ ބައްޕަ އަކާއި، އޭނާގެ ދަރިފުޅު ކަމަށާއި، އެ މީހުންނަކީ އައިސިސް ޖަމާއަތާ ގުޅުން އޮތް ބަޔަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އާދީއްތަ ދުވަހު ދިން މި ހަމަލާގައި 15 މީހުން މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެ ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް އާއި، އެހެން ޤައުމު ތަކުގެ ވެރިން ވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ. އަދި އަލްބަނީސް ވަނީ، އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މި ހަމަލާ ދިނުމަށް މެދުވެރިވީ ކޮން ސަބަބެއް ކަމެއް މިހާތަނަށް ފުލުހުން ހާމަ ކޮށްފައި ނުވި ނަމަވެސް، މިއީ ސީދާ ޔަހޫދީންނާ ދެކޮޅަށް ދީފައިވާ ހަމަލާއެއް ކަމަށް ސާފުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އެ ހަމަލާގެ ތަހުގީގުގައި އިސްކޮށް މަަސައްކަތް ކުރައްވާ އޮފިޝަލަކު އޭބީސީ އަށް ވިދާޅުވެފައި ވަނީ، ހަމަލާ ދިން މީހުން ބޭނުން ކުރި ކާރުން އައިސިސް ޖަމާއަތުގެ ދިދަ ފެނިފައިވާ ކަމަށެވެ. ނަމަވެސް، ނިއު ސައުތު ވޭލްސްގެ ފުލުހުން ބުނެފައި ވަނީ އެ ރިޕޯޓު މިހާތަނަށް ކަށަވަރު ވެފައި ނުވާ ކަމަށެވެ. 

ހަމަލާ ދިނުމުގައި ބައިވެރިވެފައިވާ ދެ ބަފައިގެން ތެރެއިން ބައްޕަ އަކީ އުމުރުން 50 އަހަރުގެ މީހެކެވެ. އަދި ދަރިފުޅަކީ އުމުރުން 24 އަހަރުގެ މީހެކެވެ. ހަމަލާ ދިނުމުގެ ކުރިން އެ ދެ މީހުން އެކި ގޮތް ގޮތަށް ހަރަކާތްތެރިވާ މަންޒަރާއި، ފިލައިގެން ތިބެ އެ ސަރަހައްދުގައި ތިބި މީހުންނަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. 

ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ ދެ ބަފައިގެން ތެރެއިން ބައްޕަ އަކީ، ސާޖިދު އަކްރަމް ނަމަކަށް ކިޔާ މީހެއް ކަަމަށެވެ. ބޮންޑީ ބީޗުގައި ތިބި މީހުންނަށް ހަމަލާ ދިނުމަށް ފަހު، އޭނާއާ ފުލުހުންނާ ދެ މެދު ވެސް ހަމަލާ ތަކެއް ބަދަލު ކުރެވުނުއިރު، އޭނާ މަރުވެފައިވާ ކަމަަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހަ ބަޑިއެއް ބޭނުން ކުރުމުގެ ހުއްދަ އޭނާ އަތުގައި އޮވެ އެވެ. އެއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ، ހުއްދަ އޮތް ހަ ބަޑި ވެސް އޭނާ ބޭނުން ކޮށްފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ހޯމަ ދުވަހު ވިދާޅުވެފައި ވަނީ، ހަމަލާ ދިނުމުގައި ބައިވެރިވި ބައްޕަ އެންމެ ފުރަތަމަ އޮސްޓްރޭލިއާ އަށް އައިސްފައި ވަނީ 1998 ވަނަ އަހަރު ކަމަށެވެ. އަދި އޭރު އޭނާ އޮސްޓްރޭލިއާ އަށް އައިސްފައި ވަނީ ދަރިވަރުންގެ ވިސާގައި ކަމަށް ވެސް ހާމަ ކުރައްވާފައިވެ އެވެ. 

އޭގެ ފަހުން 2001 ވަނަ އަހަރު، އޮސްޓްރޭލިއާގެ ރައްޔިތުންނާއި، ދާއިމީ ރެޒިޑެންޓުންގެ ޕާޓްނަރުންނަށް ދޭ ވިސާ އޭނާ އަށް ލިބިފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. އެ ވިސާ ލިބުނު ފަހުން، ތިން ފަހަރެއްގެ މަތިން އޭނާ ޤައުމުން ބޭރަށް ދަތުރު ކޮށްފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. 

ހަމަލާގައި ބައްޕައާ އެކު ބައިވެރިވި ދަރިފުޅަކީ އޮސްޓްރޭލިއާ އަށް އުފަން މީހެއް ކަމަށް ހޯމް އެފެއާޒް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އަދި މިވަގުތު އޭނާ އަށް އަންނަނީ ސިޑްނީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ކަމަށާއި، އޭނާގެ ޙާލު ދަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް މިވަގުތަށް ހާމަ ކުރައްްވާފައި ނުވެ އެވެ. 

އޮސްޓްރޭލިއާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހަމަލާގައި ބައިވެރިވި ދަރިފުޅުގެ ނަމަކީ، ނަވީދު އަކްރަމް އެވެ. އަދި މީގެ ކުރިން 2019 ވަނަ އަހަރު ވެސް، އޮސްޓްރޭލިއާގެ ސެކިއުރިޓީ ޚިދުމަތް ތަކުގެ ސަމާލު ކަމަށް އޭނާ އައިސްފައިވާ ކަމަށް ބޮޑު ވަޒީރު އަލްބަނީސް ވަނީ ހާމަ ކުރައްވާފައި އެވެ. 

ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވެފައި ވަނީ، އޭރު ވެސް އޭނާ އާއި ބައެއް އެހެން ފަރާތްތަކާ ދެމެދު ގުޅުމެއް އޮންނަ ކަމަށް ބެލެވުނުއިރު، އެކަން ވަރަށް ފުރިހަމަ އަށް ތަހުގީގު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭރު ނިންމާފައި ވަނީ އޭނާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނުވަތަ، އޭނާގެ ފަރާތުން އަނިޔާވެރި އަމަލެއް ފެންނާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށެވެ. 

އޭބީސީގައި ބުނެފައި ވަނީ ނަވީދު އަކީ އައިސިސް ޖަމާއަތުގެ މެމްބަރުންނާ ގުޅުމެއް އޮންނަ މީހެއް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޖަލު ޙުކުމެއް ވެސް އިއްވި އައިސިސް ޖަމާއަތުގެ މެމްބަރަކާއި، އޭނާއާ ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ސިޑްނީގެ ހުޅަނގުގައި ހުރި ދެ ތަނެއް ރޭޑް ކުރި ކަމަށެވެ. އެއީ ނަވީދު ދިރިއުޅޭ ކަމަށް ބެލެވުނު ގެއާއި، ހަމަލާ ދިނުމުގެ ކުރިން ދެ ބަަފައިން މަޑު ކުރި ކަމަށް ބެލެވޭ ތަނެކެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ސިޑްނީބޮންޑީ ބީޗުއައިސިސްއެންތަނީ އަލްބަނީސްއޮސްޓްރޭލިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

14 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު