Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

ބޮންޑައި ބީޗުގެ ހަމަލާއާ ގުޅިގެން، ސަލާމަތީ އިދާރާތައް ރިވިއު ކުރުމަށް ބޮޑު ވަޒީރު އަންގަވައިފި

ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވީ އޮސްޓްރޭލިއާގެ ރައްޔިތުން ސަލާމަތްކޮށް، ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ފުލުހުންނާއި ސްޕައި ޚިދުމަތްތަ ތަކަށް ބޭނުންވާ ބާރުތަކާއި، ސްޓްރަކްޗާ އަދި މައުލޫމާތު ހިއްސާ ކުރުމުގެ އިންތިޒާމު ރަނގަޅަށް އޮތްތޯ ސަރުކާރުން ބަލާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 07:32
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް

ބޮންޑައި ބީޗުގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން، ސާލަމާތީ ޚިދުމަތް ދެމުން އަންނަ އިދާރާތައް ރިވިއު ކުރުމަށް އޮސްޓްރޭލިއާ ގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް އަމުރު ކުރައްވައިފި އެވެ.

ދާދި ފަހުން ބޮންޑައި ބީޗުގައި ދިން ނުރައްކާތެރި ހަމަލާގައި ވަނީ 15 މީހަކު މަރުވެފަ އެވެ. އޭގެ އިތުރުން އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، މިއީ މި ފަހުން ދީފައިވާ މިފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ދެ ބަފައިން ގުޅިގެން ހަމަލާ ދީފައިވާއިރު، އެއީ އައިސިސް ޖަމާއަތާ ގުޅުން ހުރި ބައެއް ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. 

ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވީ އޮސްޓްރޭލިއާގެ ރައްޔިތުން ސަލާމަތްކޮށް، ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ފުލުހުންނާއި ސްޕައި ޚިދުމަތްތަކަށް ބޭނުންވާ ބާރުތަކާއި، ސްޓްރަކްޗާ އަދި މައުލޫމާތު ހިއްސާ ކުރުމުގެ އިންތިޒާމު ރަނގަޅަށް އޮތްތޯ ސަރުކާރުން ބަލާނެ ކަމަށެވެ. އަލްބަނީސް ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ދިން އެ ހަމަލާ އިން ހާމަވެފައި ވަނީ، ޤައުމުގެ ސަލާމަތީ ޙާލަތު ވަރަށް އަވަހަށް ބަދަލު ވަމުން އަންނަކަން ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި އަލްބަނީސް ވިދާޅުވީ، އޮސްޓްރޭލިއާގެ ސަލާމަތީ އިދާރާތައް އޮންނަން ޖެހޭނީ އެންމެ ރަނގަޅު ޙާލަތުގައި ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރެވެން ޖެހޭނެ ކަމަށެވެ. އަލްބަނީސް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވިދާޅުވެފައި ވަނީ ނަފުރަތު އުފެއްދުމާއި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި އަދި ހަރުކަށި ފިކުރަށް އެ ޤައުމުގައި ޖާގަ ނޯންނާނެ ކަަމަށާއި، އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށެވެ. 

ހަމަލާ ދިން މީހުގެ ތެރޭގައި ހިމެނޭ އުމުރުން 50 އަހަރުގެ ސާޖިދު އަކްރަމް އަކީ، 1998 ވަނަ އަހަރު އޮސްޓްރޭލިއާ އަށް އައިސްފައިވާ މީހެއް ކަމަށް ހާމަ ކޮށްފައިވެ އެވެ. ހަމަލާ ދިން ވަގުތު، ފުލުހުން ވަނީ އޭނާ އަށް ހަމަލާ ދީ މަރާލައިފަ އެވެ. ދެން ހަމަލާގައި ބައިވެރިވެފައި ވަނީ އުމުރުން 24 އަހަރުގެ ނަވީދު އަކްރަމް އެވެ. އޭނާ މިވަގުތު އޮތީ ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލްގަ އެވެ. އޭނާ ގެ  މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ ތުހުމަތު އަދި 15 މީހުން މަރާލި ކަމުގެ ތުހުމަތެވެ. 

ބޮންޑައި ބީޗުގައި ހަމަލާ ދިނުމުގެ ކުރިން، މި ދެ މީހުން ފިލިޕީންސް އަށް ދަތުރު ކޮށްފައިވާ ކަމަށާއި، އެ ޤައުމުގެ ހަތަރު ހަފުތާއެއްހާ މުއްދަތު ހޭދަ ކޮށްފައިވާ ކަމަށް ވަނީ ދެނެގަނެވިފަ އެވެ. އެއަށް ފަހު ދެ މީހުން އެނބުރި ސިޑްނީ އަށް އައިސްފައިވާއިރު، އޮސްޓްރޭލިއާ އާއި ފިލިޕީންސްގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން އަންނަނީ އެކަން އިތުރަށް ބަލަމުންނެވެ. 

ހަމަލާ އަށް ފަހު އޮސްޓްރޭލިއާގެ ސަރުކާރަށް ވެސް ފާޑު ކިޔުންތައް އަމާޒު ވަމުން އަންނަ ވަގުތެއްގައި އަލްބަނީސް ވިދާޅުވެފައި ވަމީ، ހަމަލާގެ ފަހުން ޤައުމުގެ ސަލާމަތީ ޚިދުމަތާ ގުޅޭ މައްސަލަތައް ފާހަގަވާން ހުރި ކަމަށެވެ. އެގޮތުން ސިސްޓަމްތައް މަސައްކަތް ކުރާ ގޮތް ބަލަން ޖެހޭ ކަމަށް އަލްބަނީސް ވަނީ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ މީގެ ކުރިން 2019 ވަނަ އަހަރު ވެސް ނަވީދުގެ ކަންކަން ބަލާފައިވާއިރު، އޭރު އެކަން ވަޒަން ކޮށްފައިވާ ގޮތް ބަލަން ޖެހޭ ކަމަށް ވެސް އަލްބަނީސް ވިދާޅުވި އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ބޮންޑައި ބީޗުއެންތަނީ އަލްބަނީސްއޮސްޓްރޭލިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަފުރަތު އުފެއްދުމާއި، ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް އަލްބަނީސް ވިދާޅުވެއްޖެ

ނަފުރަތު އުފެއްދުމާއި، ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް އަލްބަނީސް ވިދާޅުވެއްޖެ

18 ޑިސެމްބަރު 2025
ބޮންޑައި ބީޗުގައި ދިން ހަމަލާގެ ހީރޯއާ ބައްދަލު ކުރައްވައި، އަލްބަނީސް ތައުރީފު ކުރައްވައިފި

ބޮންޑައި ބީޗުގައި ދިން ހަމަލާގެ ހީރޯއާ ބައްދަލު ކުރައްވައި، އަލްބަނީސް ތައުރީފު ކުރައްވައިފި

16 ޑިސެމްބަރު 2025
ސިޑްނީ ގެ ބޮންޑައި ބީޗު ގައި ބަޑިޖަހަމުން ދިޔަ މީހާ އާ ކުރިމަތިލި އަހުމަދު އަލް އަހުމަދު އަށް ތައުރީފު އޮހެނީ

ސިޑްނީ ގެ ބޮންޑައި ބީޗު ގައި ބަޑިޖަހަމުން ދިޔަ މީހާ އާ ކުރިމަތިލި އަހުމަދު އަލް އަހުމަދު އަށް ތައުރީފު އޮހެނީ

15 ޑިސެމްބަރު 2025
ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

15 ޑިސެމްބަރު 2025
އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު