Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

ސީރިއާގެ މިހާރުގެ ރައީސް އަޙުމަދު އަލް ޝަރާ ވަނީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަ ވެސް ދައްކަވާފައި. އެގޮތުން އޭނާގެ ސަރުކާރުން އައު ސީރިއާއެއް ހޯދުމަށް ރަނގަޅު ތަސައްވުރެއް ކަނޑައަޅާފައިވާ ކަމަށާއި، މިއީ ދަތި އުނދަގޫ ކަންކަން ހުރަސް ކުރުމަށް ފަހު އުޖާލާ މުސްތަޤުބަލެއް ޤައުމަށް ހޯދަންވީ ވަގުތު ކަމަށް އަލް ޝަރާ ވަނީ ވިދާޅުވެފައި.

ސީރިއާގެ އާ ލީޑަރު އަލް-ޝަރާއާ ވިދާޅުވީ އިންސާފުވެރި އަދި ވަރުގަދަ ސީރިއާއެއް ބިނާކުރުމަށް ހަތަރު އަހަރުގެ ބަދަލުވުމުގެ ދައުރެއް ކުރިއަށް ގެންދާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 06:42
ހޯމަ ދުވަހު ސީރިއާގައި ކުރިއަށް ގެންދިޔަ އުފާ ފާޅު ކުރުމުގެ ތެރެއިން

ހޯމަ ދުވަހު ސީރިއާގައި ކުރިއަށް ގެންދިޔަ އުފާ ފާޅު ކުރުމުގެ ތެރެއިން

ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން އެ ޤައުމުގައި ފާހަގަ ކޮށްފި އެވެ.

ހޯމަ ދުވަހު ސީރިއާގެ ރައްޔިތުން ވަނީ މަގު މައްޗަށް ނިކުމެ، އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ކުލަ ގަދަ ގޮތެއްގައި ފާހަގަ ކޮށްފަ އެވެ. ދިގު މުއްދަތެއް ވަންދެން ހަނގުރާމަ ކުރިއަށް ދިޔަ ނަމަވެސް، މިހާރު ހަމަޖެހުމާއި ތަރައްޤީގެ މަގު ހޯދުމަށް އެ ޤައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޤައުމުގެ ބޮޑެތި ސިޓީ ތަކުގައި ވަނީ އުފާ ފާޅު ކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

މަގުތަކަށް އެއްވެ ތިބި ގިނަ އަދަދެއްގެ ރައްޔިތުން އުފާ ފާޅު ކުރަމުން ދިޔައިރު، ސީރިއާގެ މިހާރުގެ ރައީސް އަޙުމަދު އަލް ޝަރާ ވަނީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަ ވެސް ދައްކަވައިފަ އެވެ. އެގޮތުން އޭނާގެ ސަރުކާރުން އައު ސީރިއާއެއް ހޯދުމަށް ރަނގަޅު ތަސައްވުރެއް ކަނޑައަޅާފައިވާ ކަމަށާއި، މިއީ ދަތި އުނދަގޫ ކަންކަން ހުރަސް ކުރުމަށް ފަހު އުޖާލާ މުސްތަޤުބަލެއް ޤައުމަށް ހޯދަންވީ ވަގުތު ކަމަށް އަލް ޝަރާ ވަނީ ވިދާޅުވެފަ އެވެ.

ވެރިކަމުން ވައްޓާލުމާ އެކު، އައްސަދު ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ. އެއަށް ފަހު މިހާރު އޭނާ ދިރިއުޅެމުން އަންނަނީ ރަޝިޔާގަ އެވެ. މިއީ 13 އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ހަނގުރާމަ އަށް ފަހު، ސީރިއާގެ ވެރިކަމުން އައްސަދު ދުރު ކުރެވުނު ހާދިސާ އެވެ. އެ ހަނގުރާމަ ފެށިފައި ވަނީ އައްސަދުގެ ވެރިކަމާ ދެކޮޅަށް އެ ޤައުމުގައި ފެށި ޙަރަކާތް ތަކެއްގެ ސަބަބުންނެވެ.

ހޯމަ ދުވަހު ޙަރަކާތްތައް ފެށުމުގެ ގޮތުން އަލް ޝަރާ ވަނީ ދިމިޝްނުގެ އުމައްޔަދު މިސްކިތަށް ވަޑައިގެން ފަތިސް ނަމާދު ކުރައްވައިގެންނެވެ. އަލް ޝަރާ ތުރު ކުރައްވައިގެން ހުންނެވީ ހަޔާތު ތަހްރީރް އަލް ޝާމް ގުރޫޕުގެ ލީޑަރުކަން އޭނާ ކުރެއްވިއިރު، ބޭނުން ކުރައްވަމުން ގެންދެވި ސިފައިންގެ ހެދުމެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ސީރިއާގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވުމަށް ފަހު، އޭނާ ގެންދަވަނީ ރަސްމީ ހެދުން ތުރު ކުރައްވަމުންނެވެ.

ސީރިއާގެ ސަރުކާރުގެ ނޫސް އެޖެންސީ ކަަމަށްވާ ސަނަ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންސާފަށް ލޯބި ކުރާ އަދި ވަރުގަދަ ސީރިއާއެއް ބިނާ ކުރައްވާނެ ކަމުގެ ވައުދު އަލް ޝަރާ ވަނީ ވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ، އުތުރުން ހުޅަނގަށް، އަދި އިރުން ދެކުނަށް، މިހާރާއި ކުރީގެ ތާރީޚަށް އެކަށީގެންވާ ވަރުގަދަ ސީރިއާއެއް އަލުން ބިނާ ކުރައްވާނެ ކަމަށެވެ.

ސީރިއާގެ ވެރި ކަމަށް ވަޑައިގެންނެވުމަށް ފަހު އަލް ޝަރާ އަންނަނީ ބޮޑެތި ބަދަލު ތަކެއް ގެންނަވަމުންނެވެ. ޚާއްސަކޮށް ބައިނަލްއަޤުވާމީ ދުނިޔެ އާއި ސީރިއާއާ ދެމެދު ގާތް ގުޅުމެއް ބިނާ ކުރެއްވުމަށް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަލް ޝަރާ ވަނީ އެމެރިކާއާ އެކު ގުޅުން ބަދަހި ކުރައްވައި، ގަލްފުގެ ޤައުމުތަކާއި އަދި ތުރުކީގެ ތާއީދު ވެސް ހޯއްދަވައިފަ އެވެ. އަލް އައްސަދުގެ ވެރިކަމަށް ތާއީދު ކޮށްގެން ތިބި ރަޝިޔާއާ ދުރަށް ޖެހިފައިވާއިރި، އީރާނާ އޮންނަ ގުޅުން ވެސް ވަނީ ހީނަރުވެފަ އެވެ.

އެކަމަކުގެ ސަބަބުން ހުޅަނގުގެ ޤައުމު ތަކުން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ލުއި ކޮށްފަ އެވެ. އަލް ޝަރާ ވަނީ އައްސަދުގެ ވެރިކަމުގައި އެ ޤައުމުގެ ފުލުހުންގެ ބާރު ކަނޑުވާލަައި، ނިޒާމު ފުނޑާލާފައިވާވުން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ ފަރާތްތަކެއް ޝާމިލުވާނެހެން، އިންސާފުވެރި ނިޒާމެއް ޤާއިމު ކުރެއްވުމުގެ ވައުދުވެ ވަޑައިގެންފައިވެ އެވެ.

އެންމެ ފަހުން ޤަތަރުގައި ކުރިއަށް ދިޔަ ފޯރަމެއްގައި އަލް ޝަރާ ވިދާޅުވެފައި ވަނީ އަނިޔާވެރި ބައެއް ހާދިސާތައް ހިނގި ނަމަވެސް، ސީރިއާ މިހާރު އޮތީ އެންމެ ރަނގަޅު ދުވަސްވަރުގައި ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ޒިންމާ ނަގަން ޖެހޭ މީހުން ޖަވާބުދާރީ ކުރުވައި، އެ މީހުންގެ އަމަލު ތަކުގެ ޒިންމާ އުފުލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިދާރާ ތަކާއި ޤާނޫނު ތަކާއި، އަދި އައު ޤާނޫނު އަސާސީ ޤާއިމު ކުރުމަށް އޭނާގެ ލީޑާޝިޕްގެ ދަށުން ހަތަރު އަހަރުގެ ދައުރެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެއަށް ފަހު، އައު ޤާނޫނު އަސާސީގެ ދަށުން އިންތިޚާބު ބާއްވައި، ރައްޔިތުންގެ ވޯޓަށް އަހައިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ މާޗު މަހުގެ ތެރޭގައި ފާސް ކޮށްފައިވާ ވަގުތީ ޤާނޫނު އަސާސީގެ ދަށުން އަލް ޝަރާ އަށް ވަނީ ބޮޑެތި ބާރު ތަކެއް ލިބިވަޑައިގެންފަ އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވެސް ވޯޓު ލައިފަ އެވެ. އެކަމަކު، ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން 210 މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި އަލް ޝަރާ އައްޔަން ކުރައްވަން ޖެހޭއިރު، މިހާތަނަށް އެ މެމްބަރުން އަދި އައްޔަން ކޮށްފައި ނުވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ސީރިޔާބައްޝާރު އަލް-އަސަދްއަހްމަދު އައް-ޝަރާއު

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

11 ނޮވެމްބަރު 2025
ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވި ސީރިއާގެ ފުރަތަމަ ރައީސް އަކަށް އަލް-ޝަރާ

ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވި ސީރިއާގެ ފުރަތަމަ ރައީސް އަކަށް އަލް-ޝަރާ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު