Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

އަންގާރަ ދުވަހު ސޮއި ކުރައްވާފައިވާ އެ އަމުރުގައި ބުނެފައި ވަނީ ބުރުކީނާ ފާސޯ، މާލީ، ނައިޖާ، ދެކުނު ސޫދާން، ސީރިއާ، އަދި ފަލަސްޠީނު އޮތޯރިޓީ އިން ދޫކުރާ ލިޔެ ކިޔުން ހިފައިގެން އުޅޭ މީހުންނަަށް އެމެރިކާ އަށް އެތެރެ ނުވެވޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2025 | ބުދަ 06:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ސީރިއާ ހިމެނޭ ގޮތަށް، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކުރުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޤައުމީ ސަލާމަތާއި، އާންމުންގެ ސަލާމަތަށް ދިމާވާ ނުރައްކަލުން ރައްކާތެރި ކުރުމަށްޓަކައި، ބޮޑެތި މައްސަލަތައް އޮންނަ ޤައުމު ތަކުގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ  ކުރުން ފުޅާ ކުރައްވައި، ވަަރުގަދަ ކުރެއްވުމަށް ރައީސް ޓްރަމްޕް ނިންމަވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެ ނިންމުން ނިންމަވައި، ޓްރަމްޕް ވަނީ އަމުރެއްގައި ސޮއި ކުރައްވައިފަ އެވެ. އަންގާރަ ދުވަހު ސޮއި ކުރައްވާފައިވާ އެ އަމުރުގައި ބުނެފައި ވަނީ ބުރުކީނާ ފާސޯ، މާލީ، ނައިޖާ، ދެކުނު ސޫދާން، ސީރިއާ، އަދި ފަލަސްޠީނު އޮތޯރިޓީ އިން ދޫކުރާ ލިޔެ ކިޔުން ހިފައިގެން އުޅޭ މީހުންނަަށް އެމެރިކާ އަށް އެތެރެ ނުވެވޭނެ ކަމަށެވެ. 

މީގެ އިތުރުން، މީގެ ކުރިން ވެސް އެމެރިކާ އަށް ވަނުން މަނާ ކޮށްފައިވާ ލާއޯސް އަދި ސިއެރާ ލިއޯން އަށް ވަނީ ދާއިމީ މަނާ ކުރުމެއް ކަނޑައަޅުއްވައި، އެކަން ތަންފީޒު ކުރެއްވުމަށް އަންގަވައިފަ އެވެ. ވައިޓް ހައުސް އިން ބުނެފައި ވަނީ އެކަމަށް އަމަލު ކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. 

މިފަދަ ނިންމެވުމެއް ޓްރަމްޕް ނިންމަވާފައިވާއިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާއާ ބައްދަލު ކުރައްވައިފަ އެވެ. ވައިޓް ހައުސްގައި އަލް ޝަރާއާ ބައްދަލު ކުރައްވައި ޓްރަމްޕް ވަނީ، އެމެރިކާ އިން ސީރިއާ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މީގެ ކުރިން އަލް ޤައިދާގެ ކޮމާންޑަރުގެ ގޮތުގައި ހުންނެވި އަލް ޝަރާ އަކީ، އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައި ހުންނެވި ބޭފުޅެކެވެ. 

އެހެން ނަމަވެސް، ސީރިއާގެ ވެރިކަމުން ބަސާރު އަލް އަސަދު ވައްޓާލުމަށް ފަހު، 2024 ވަނަ އަހަރުގެ ފަހު ކޮޅު އަލް ޝަރާ އެ ޤައުމުގެ ވެރި ކަަމަށް ވަޑައިގެން، ގިނަ ޤައުމުތަކާ އެކު މަޝްވަރާ ކުރައްވަމުން އަންނައިރު، އެމެރިކާ އިން ވެސް ވަނީ އެކަމަށް މަރުޙަބާ ކިޔައިފަ އެވެ. އަދި ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާ އަށް ދިރުން ގެނެސް، ޤައުމު އާރާސްތު ކުރުމަށް އަލް ޝަރާ މަސައްކަތް ކުރައްވާ ކަމަށް ވެސް ޓްރަމްޕް އޮތީ ވިދާޅުވެފަ އެވެ. 

ނަމަވެސް، ސީރިއާގައި އެމެރިކާ ސިފައިންގެ ދެ އޮފިޝަލަކު މަރާލާފައިވާ ކަމަށް ބުނާ މައްސަލައިގައި ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ނުރުހުންވެފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެކަމުގެ ބަދަލު އެމެރިކާ އިން ވަރަށް ސީރިއަސްކޮށް ހިފާނެ ކަމަށެވެ. 

މަނާ ކުރުން ތަކުގެ ތެރޭގައި ސީރިއާ ހިމަނަން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ވައިޓް ހައުސް އިން ބުނެފައި ވަނީ ސީރިއާ އަކީ ދާޚިލީ ހަނގުރާމަ އިން ބޭރުވުމަށް މަސައްކަތް ކުރަމުން އަންނަ ޤައުމެއް ކަމަށާއި، އެމެރިކާއާ ގުޅިގެން ސަލާމަތީ ގޮންޖެހުންތައް ހައްލު ކުރުމަށް ވެސް ސީރިއާ އިން މަސައްކަތް ކުރާ ކަމަށެވެ.

ނަމަވެސް، ސީރިއާގައި ޕާސްޕޯޓު ނުވަތަ ސިވިލް ލިޔެ ކިޔުންތައް ދޫކުރުމަށް ފެންވަރު ރަނގަޅު މަރުކަޒެއް ނުވަތަ އިދާރާއެއް ނެތް ކަަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ. އަދި އެކަންކަން ރަނގަޅަށް ބަލައި، ދިރާސާކޮށް، ޔަގީން ކުރެވޭނެ ރަނގަޅު ނިޒާމެއް ވެސް ޤާއިމުވެފައި ނެތް ކަމަށް ވަނީ ބުނެފަ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާސީރިޔާއަޙުމަދު އަލް-ޝަރާއުވައިޓް ހައުސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

14 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު