Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

ނަފުރަތު އުފެއްދުމާއި، ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް އަލްބަނީސް ވިދާޅުވެއްޖެ

ބޮންޑައި ބީޗުގައި ދިން ހަމަލާއާ ގުޅިގެން ބޮޑު ވަޒީރު އަލްބަނީސް އާއި، އޭނާގެ ސަރުކާރަށް ވެސް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައި. އެގޮތުން ޔަހޫދީ މުޖުތަމައާ ދެކޮޅު ޙަރަކާތްތައް އިތުރު ވަމުން އަންނަ ކަމަށާއި، އެކަންކަމުން ރައްކާތެރި ވުމަށް އެކަށީގެންވާ ފިޔަވަޅު ތަކެއް ސަރުކާރުން ނާޅާ ކަމަށް ބުނެ ޔަހޫދީ މުޖުތަމައުގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 08:16
އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް

ރައްޔިތުންގެ ހިތް ތަކުގައި ނަފުރަތު އުފައްދައި، ބައިބައިވުން އުފައްދައި އަދި ހަރުކަށި ފިކުރާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވިދާޅުވެއްޖެ އެވެ.

އަލްބަނީސް މިހެން ވިދާޅުވެފައި ވަނީ ސިޑްނީގެ ބޮންޑައި ބީޗުގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެންނެވެ. ޔަހޫދީންގެ ބަޔަކު ބޭއްވި ޙަރަކާތަކާ ދިމާކޮށް ދިން ހަމަލާގައި ވަނީ 15 މީހުން މަރުވެފަ އެވެ. އެ ހާދިސާގައި ވަނީ އެތައް ބަޔަަކަށް އަނިޔާ ވެސް ވެފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލްބަނީސް ވިދާޅުވީ އޮސްޓްރޭލިއާގެ ރައްޔިތުން ތިބީ ކުއްލި ހައިރާން ކަމެއްގެ ތެރޭގައި ކަމަށާއި، އެ ހާދިސާގެ ސަބަބުން އޭނާ ވެސް ހުންނެވީ ރުޅި ގަދަވެފައި ކަމަށެވެ. އަލްބަނީސް ވިދާޅުވީ އެއީ ވަރަށް ނުބައި ކަމެއް ކަމަށާއި، އެކަންކަމުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސައްކަތްތައް ސާފުވެފައިވާ ކަމަށެވެ. 

އެގޮތުން އަލްބަނީސް ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، އެފަދަ ފަރާތްތަކާ ދެކޮޅަށް ބާރުގަދަ ޙުކުމްތައް އިއްވުން އަދި ނަފުރަތާއި ބައިބައިވުން ފަތުރުވާ މީހުންނަށް ވިސާ ދިނުން ހުއްޓާލުން ނުވަތަ ވިސާ ބާތިލު ކުރުން ފަދަ ފިޔަވަޅުތައް ވެސް ހިމެނޭ ކަމަށެވެ. 

ބޮންޑައި ބީޗުގައި ދިން ހަމަލާއާ ގުޅިގެން ބޮޑު ވަޒީރު އަލްބަނީސް އާއި، އޭނާގެ ސަރުކާރަށް ވެސް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ޔަހޫދީ މުޖުތަމައާ ދެކޮޅު ޙަރަކާތްތައް އިތުރު ވަމުން އަންނަ ކަމަށާއި، އެކަންކަމުން ރައްކާތެރި ވުމަށް އެކަށީގެންވާ ފިޔަވަޅު ތަކެއް ސަރުކާރުން ނާޅާ ކަމަށް ބުނެ ޔަހޫދީ މުޖުތަމައުގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. 

އެކަމަށް އިޝާރާތް ކުރައްވައި އަލްބަނީސް ވިދާޅުވެފައި ވަނީ އައު އެގްރަވޭޓެޑް ހޭޓް ސްޕީޗްގެ ޤާނޫނު ތަކުން ނަފުރަތާއި ބައިބަައިވުން އުފައްދާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައި، އެމީހުންނަށް ޙުކުމް އިއްވާނެ ކަމަށެވެ. އަދި އެމީހުންނާ ދެކޮޅަށް ހަރުކަށި އަދި ބޮޑެތި އަދަބު ތަކެއް ވެސް ދޭނެ ކަމަށް އަލްބަނީސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އަލްބަނީސް ވިދާޅުވެފައި ވަނީ ނަފުރަތުގެ ވާހަކަ ފަތުރާ މީހުންނާއި، އެމީހުން ޙަރަކާތްތެރިވާ ޖަމާއަތްތައް ލިސްޓު ކުރުމުގެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް އޮސްޓްރޭލިއާގެ ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ނިޒާމެއް ވަރަށް އަވަހަށް ޤާއިމު ކުރެވޭނެ ކަމަށް ވެސް އަލްބަނީސް ވިދާޅުވެފައިވެ އެވެ. އަދި ނަސްލީ ގޮތުން މީހުންނާ މަލާމަތް ކުރުމާއި، ނަސްލީ ތަފާތު ކުރުމަކީ ފެޑަރަލް ކުށަކަށް ހައްދަވަން ނިންމަވާފައިވާ ކަަމަށް އަލްބަނީސް ހާމަ ކުރެއްވި އެވެ. 

ހަމަ އެހެން ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވެފައި ވަނީ އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޓޯނީ ބާކްގެ ބާރުތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށާއި، ހޯމް މިނިސްޓަރުގެ ދައުރު އިތުރަށް ފުޅާ ކުރައްވާނެ ކަމަށެވެ. އެގޮތުން، ނަފުރަތާއި ބައިބައިވުން އުފައްދަން މަސައްކަތް ކުރާ މީހުންގެ ވިސާ ބާތިލު ކުރުމާާއި، އެފަދަ މީހުންނަށް ވިސާ ދިނުން ހުއްޓުވުމުގެ ބާރު ވެސް ހޯމް މިނިސްޓަރަށް ދެއްވާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އަލްބަނީސް ވިދާޅުވެފައި ވަނީ އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ޔަހޫދީންނަށް ވެސް އެމީހުންގެ ހައްގުތައް ކަށަވަރު ވާން ޖެހޭނެ ކަމަށެވެ. އަދި ޔަހޫދީ އޮސްޓްރޭލިއާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އަދި އިޙުތިރާމާ އެކު ޤައުމުގައި ދިރިއުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ވެސް އަލްބަނީސް ވިދާޅުވެފައިވެ އެވެ. 

ބޮންޑައި ބީޗުގައި ދިން ހަމަލާ އަކީ މިފަހުގެ ތާރީޚެއްގައި އޮސްޓްރޭލިއާގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ދެ ބަފައިން އެކުވެގެން ދިން ހަމަލާގައި މަރުވެފައިވާ މީހުންގެ އާއިލާ ތަކަށް އަލްބަނީސް ވަނީ ތައުޒިޔާ އާއި ހެޔޮ އެދުންތައް ވެސް ފޮނުއްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ

އެންތަނީ އަލްބަނީސްއޮސްޓްރޭލިއާބޮންޑައި ބީޗުޔަހޫދީންޓޯނީ ބާކް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑައި ބީޗުގައި ދިން ހަމަލާގެ ހީރޯއާ ބައްދަލު ކުރައްވައި، އަލްބަނީސް ތައުރީފު ކުރައްވައިފި

ބޮންޑައި ބީޗުގައި ދިން ހަމަލާގެ ހީރޯއާ ބައްދަލު ކުރައްވައި، އަލްބަނީސް ތައުރީފު ކުރައްވައިފި

16 ޑިސެމްބަރު 2025
ސިޑްނީ ގެ ބޮންޑައި ބީޗު ގައި ބަޑިޖަހަމުން ދިޔަ މީހާ އާ ކުރިމަތިލި އަހުމަދު އަލް އަހުމަދު އަށް ތައުރީފު އޮހެނީ

ސިޑްނީ ގެ ބޮންޑައި ބީޗު ގައި ބަޑިޖަހަމުން ދިޔަ މީހާ އާ ކުރިމަތިލި އަހުމަދު އަލް އަހުމަދު އަށް ތައުރީފު އޮހެނީ

15 ޑިސެމްބަރު 2025
ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

15 ޑިސެމްބަރު 2025
އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

14 ޑިސެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު