Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

އޮސްޓްރޭލިއާ ގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާ ތަކެއް، ދެ މީހަކު ހައްޔަރު ކޮށްފި

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވަނީ މިއީ ކަންބޮޑުވާން ޖެހޭ ހާދިސާއެއް ކަމަށް ސިފަ ކުރައްވާފައި. އަދި އެކަމުން ލިބިވަޑައިގެންނެވީ ކުއްލި ހައިރާން ކަމެއް ކަަމަށާއި، ސަރުކާރާއި، ކުއްލި ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ޙަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 10:21
ބޮންޑީ ބީޗުގައި ދިން ހަމަލާގައި އަނިޔާވި މީހަކު ހޮސްޕިޓަލް އަށް ގެންދަނީ

ބޮންޑީ ބީޗުގައި ދިން ހަމަލާގައި އަނިޔާވި މީހަކު ހޮސްޕިޓަލް އަށް ގެންދަނީ

އޮސްޓްރޭލިއާ ގެ ސިޑްނީގެ މަޝްހޫރު ބޮންޑީ ބީޗުގައި ނުރައްކާތެރި ހަމަލާއެއް ދީ އެތައް ބަޔަކަށް އަނިޔާވެފައިވާއިރު، ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ހާމަ ކޮށްފި އެވެ. 

ނިއު ސައުތު ވޭލްސްގެ އެމްބިއުލާންސް ޚިދުމަތުގެ ތަރުޖަމާނު ބުނެފައި ވަނީ އެ ހަމަލާގައި ތޭރަ މީހަކު ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަވަސް ފަރުވާ އާއި ޚިދުމަތް ދެމުން އަންނަ ޓީމު ތަކުން ޙާލަތު ބަލަމުން އަންނަ ކަމަށާއި، އަނިޔާވި މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައިވެ އެވެ. 

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވަނީ މިއީ ކަންބޮޑުވާން ޖެހޭ ހާދިސާއެއް ކަމަށް ސިފަ ކުރައްވައިފަ އެވެ. އަދި އެކަމުން ލިބިވަޑައިގެންނެވީ ކުއްލި ހައިރާން ކަމެއް ކަަމަށާއި، ސަރުކާރާއި، ކުއްލި ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ޙަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ހަމަލާގެ ތަފްސީލް ދެމުން މީހަކު ބުނެފައި ވަނީ ބިން މައްޗަށް ވެއްޓިފައި ވެސް 10 މީހަކު އޮތް ކަމަށާއި، އެ ސަރަހައްދު އޮތީ ލެއިން ތަތް ތެޅިފައި ކަމަށެވެ. އެ ސަރަހައްދުގައި އެ ވަގުތު އިންތިހާާ އަށް ބިރުވެރިކަން އޮތް ކަމަށާއި، އޭނާ ވެސް ހުންނަން ޖެހުނީ ހާސްވުމެއްގެ ތެރޭގައި ކަމަށް، އުމުރުން 31 އަހަރުގެ ހެރީ ވިލްސަން ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް ހާދިސާ ގައި 10 މީހުން މަރުވެ، މަދުވެގެން 12 މީހުން ވަނީ ޒަޚަމްވެފަ އެވެ. 

އެ ހަމަލާއާ ގުޅިގެން އިޒްރޭލު ގެ ރައީސް އައިޒަކް ހާޒޮގް ވިދާޅުވެފައި ވަނީ އެއީ ބީޗަށް ގޮސް އުޅުނު ޔަހޫދީ ބަޔަކަށް އަމާޒު ކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ. 

ދުނިޔޭގެ އެންމެ މަޝްހޫރު ބީޗު ތަކުގެ ތެރޭގައި ވެސް ހިމެނޭ ބޮންޑީ ބީޗަކީ އާންމުކޮށް އާންމު ރައްޔިތުން އަދި ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ގޮސް އުޅޭ ތަނެކެވެ. ޚާއްސަކޮށް ހޫނު މޫސުމުގެ ދުވަސް ތަކާއި، ހަފުތާ ބަންދު ދުވަސް ތަކުގައި އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވާއިރު، އެ ސަރަހައްދު އޮންނަނީ ތޮއްޖެހިފަ އެވެ.

އޮސްޓްރޭލިއާގެ ޔަހޫދީގެ އެގްޒެކްޓިވް ކައުންސިލްގެ އިސް އޮފިސަރެއް ކަމަށްވާ އަލެކްސް ރިވްޗިން ބުނީ، އެ ހަމަލާ ދީފައި ވަނީ ޔަހޫދީންގެ ބަޔަކަށް އަމާޒު ކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ އެގޮތަށް ވެއްޖެ ކަމެއް ނަމަ، އެއީ ހިތަށް ވެސް ނާރާހާ ބިރުވެރި ކަމެއް ކަމަށް އޭނާ ބުންޏެވެ. އެ ހަމަލާގައި އޭނާގެ މީޑިއާ އެޑްވައިޒަރަށް ވެސް އަނިޔާވެފައިވާ ކަމަށް ހާމަ ކޮށްފައިވެ އެވެ. 

ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯ ތަކުން ފެންނަނީ ބީޗާ ކައިރީގައި ހުރި ޕާކުގައި މީހުން ހިނގާ ބިނގާވެ އުޅެނިކޮށް، ކުއްލި އަކަަށް ހަމަލާގެ ވަޒަން ތަކުގެ އަޑު ފަށްގަނޑު އިވޭ މަންޒަރެވެ. މި ހަމަލާ އަކީ ސިޑްނީގެ ލިންޑުޓް ކެފޭގައި ދިން ހަމަލާ އަށް ފަހު، މިހާތަނަށް ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

ސިޑްނީބޮންޑީ ބީޗުއޮސްޓްރޭލިއާއެންތަނީ އަލްބަނީސްއައިސާކް ހަޒޮގް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އިސްރާއީލްގެ ރައީސް އަށް ޓްރަމްޕް ގޮވާލެއްވީ ނަތަންޔާހޫ އަށް މައާފު ދެއްވުމަށް

އިސްރާއީލްގެ ރައީސް އަށް ޓްރަމްޕް ގޮވާލެއްވީ ނަތަންޔާހޫ އަށް މައާފު ދެއްވުމަށް

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު