Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަރުމަވަންތަ މަނަވަރު

''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

ވަކީލު ނިޝާން ވިދާޅުވީ ތުރުކީން ގެނައި ދަރުމަވަންތަ މަނަވަރަކީ ބާ ދަގަނޑެއް ކަމަށާއި، އެއީ ފަހަތަށް ވެސް ކުރިއަށް ވެސް ދުވާ އެއްޗެއް ނޫން ކަމަށް. މި މަނަވަރު ގެނައުމުގައި އަޑި ނޭނގޭ ޑީލްތަކެއް އޮންނާނެ ކަމަށާއި، މި ވެރިކަން ނިމުމާއެކު މި މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް ނިޝާން ވިދާޅުވި. 1981 ގައި ތުރުކީ އަސްކަރިއްޔާގައި ބޭނުންކުރަން ފެށި އުމުރުން 44 އަހަރުގެ މި މަނަވަރުގެ އިންޖީނާއި ޖަނަރޭޓަރުތައް ހަލާކުވެފައި ވާތީ އަދިވެސް މަރާމާތު ކުރަމުންދާ ކަމަށް މައުލޫމާތު ލިބޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 10:25
ދަރުމަވަންތަ މަނަވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އަރައިވަޑައިގަންނަވަނީ

ދަރުމަވަންތަ މަނަވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އަރައިވަޑައިގަންނަވަނީ

''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ ކަމަށާއި، މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ދުވަސް އަންނާނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ ތުރުކީން ރާއްޖެއަށް ގެނެސްފައިވާ މަނަވަރަކީ ބާ ދަގަނޑު ކަމަށާއި، އެއީ ފަހަތަށް ވެސް ކުރިއަށް ވެސް ދުވާ އެއްޗެއް ނޫން ކަމަށެވެ. ނިޝާން ވިދާޅުވީ އެ މަނަވަރުގެ ސަބަބުން ގައުމަށާއި، ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމަށާއި، އެ މަނަވަރު މަރާމާތު ކުރުމަށް ވެސް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ.

Advertisement - newsAdvertisement

ތުރުކީގެ އަސްކަރީ މި މަނަވަރު ގެނައުމުގައި އަޑި ނޭނގޭ އެއްބަސްވުންތަކެއް ހުންނާނެކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ މިވެރިކަން ނިމުމާއެކު މިމައްސަލަތައް ތަހުގީގު ކުރާނެ ކަމަށާއި، ރައީސް މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ މިންވަރަށް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. 

މީގެ އިތުރުން ނިޝާން ވިދާޅުވީ ރައްޔިތުންނަށް ނޭނގޭ ގޮތަށް ތުރުކީގެ އަސްކަރިއްޔާއިން ބާވެ ބޭނުން ނުކުރެވޭ އަސްކަރީ އާލަތްތަކެއް ގެނެސްފައިވަނީ ވަކި ޑީލްތަކެއްގެ ދަށުން ކަމަށެވެ. އެ ޑީލްތައް ވެސް ރައްޔިތުންނަށް ހާމަވާނެ ދުވަސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިމައްސަލަ ޖެހޭނެ ތަހުގީގު ކުރެވެން. މިވަރުގެ އަސްކަރީ އާލާތަކަށް ބޭރު ދުނިޔޭގެ ޚަބަރުތަކަށް މިވާހަކަ އެރި. ރާއްޖެއަށް ނުރައްކާވާ ވާހަކަތަކެއް ބޭރު ދުނިޔޭގެ ޚަބަރުތަކުގައި ލިޔެފައި އޮތް. ތުރުކީވިލާތާ އަސްކަރީގޮތުން ޖެހިފައި އޮތް ގައުމުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ބޮޑު ގިލަން ވެރިކަމެއް އުފެދުނު. ރާއްޖެއާއި ތުރުކީގެ މިލިޓަރީ އުޅަނދެއް ރާއްޖެއަށް ގެންނާތީ.  އެމީހުންނަށް ވެސް ކޮންއެއްޗެއްކަން ސާފެއް ނުވޭ.  ގެންނާތީ މިކަމާ ގުޅިގެން ބޭރު ދުނިޔޭގައި މިކަމުގެ ގިލަން ވެރިކަން އައި. މިރާއްޖެއަށް އެކަމުގެ ސަބަބުން އައި ހުރަސްތަކެއް. އެހެންވީމަ މިމައްސަލަ ޖެހޭނެ ބަލަން. ރައީސް މުއިއްޒު އެތަނަށް ވަޑައިގަންނަވާ ހެއްދެވީ ކޮން ޑީލެއްތޯ. އެޑީލްގެ ދަށުން ފައިސާގެ މުއާމާލާތެއް ކޮށްފައި އޮތިއްޔާ އެއީ ކިހާވަރެއްތޯ؟ އެކަމަށް މިރާއްޖޭގެ ރައްޔިތުންގެ ޖީބުތަކުން ދައްކަން ޖެހޭ އަގަކީ ކިހާވަރެއްތޯ؟  އެކަމާ ގުޅިގެން ރައްޔިތުން އަޅުވެތިވާން ޖެހޭ މުއްދަތަކީ ކޮބައިތޯ؟
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ "ދަރުމަވަންތަ" މަނަވަރު ޖުމްހޫރީ ދުވަހުގެ ހެވިކަމުގެ ތެރެއިން މަނަވަރު ވަނީ ދައްކާލާފަ އެވެ. ނަމަވެސް މިހާތަނަށް އެމަނަވަރު އެންމެ ދަތުރެއް ވެސް ކޮށްފައިނުވެ އެވެ. 

އިންޑިއާ ކަނޑުގެ ރައްކާތެރިކަން ބަލެހެއްޓުމަށް މިމަނަވަރު ބޭނުން ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މަނަވަރު ހަލާކުވެފައި އޮތުމުން އަދިވެސް އެ މަރާމާތު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބޭގޮތުގައި އެމަނަވަރުގެ އެއް އިންޖީނާއި ޖަނަރޭޓަރުތައް އަދި ބައެއް ބަންކަރިން ޓޭންކުތައް ވަނީ ހަލާކު ވެފަ އެވެ. 

މިއީ 1981 ވަނަ އަހަރުގެ މެއި މަހު ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަން ފެށި، އުމުރުން 44 އަހަރު ވެފައިވާ މަނަވަރެކެވެ.

ދަރުމަވަންތަ މަނަވަރުރައީސް ޑރ. މުހައްމަދު މުއިއްޒުމުހައްމަދު ނިޝާން އިބްރާހިމްދިވެހިރާއްޖެ-ތުރުކީވިލާތްއަސްކަރީ އާލާތްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

26 ޑިސެމްބަރު 2025
ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

26 ޑިސެމްބަރު 2025
ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

26 ޑިސެމްބަރު 2025
ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

25 ޑިސެމްބަރު 2025
ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު