Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑރ. މުހައްމަދު މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް: ރައީސް މުޢިއްޒު

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ހާދިސާގައި 9 ރަށެއް ފިޔަވައި ހުރިހާ ރަށަކަށް އަސަރު ކޮށްފައިވޭ.

އަލީ ޝާހީން
އަލީ ޝާހީން | 26 ޑިސެމްބަރު 2025 | ހުކުރު 08:20
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ބައިނަލްއަޤްވާމީ މުޖްތަމައު އާއި އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުކުރު ދުވަހު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހު ގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގަ އެވެ. އެ ޚިޠާބުގައި ރައީސް ވިދާޅުވި، ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ. ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި، ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ ފައިދާ އަކީ ސުނާމީ ކާރިސާ އިން ލިބުނު ޢިބްރަތެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި މިފަދަ ޙާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާ ކޮންމެ ޢާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށްދިނުމުގައި އިޖްތިމާޢީ އެތައް ފައިދާތަކެއްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤައުމެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، ކުރިއެރުމާއި ތަރައްޤީ ހޯދައި އުފާވެރި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމު ކަމަށެވެ. 

މީގެ އިތުރުން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ ރިވެތި ޚުލްޤާއި ސުލޫކު ކަމަށެވެ. 

2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސުނާމީ ކާރިސާދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް

އިތުރަށް ކިޔާލަން

26 ޑިސެމްބަރު 2025

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

26 ޑިސެމްބަރު 2025
ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން
26 ޑިސެމްބަރު 2025

ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

26 ޑިސެމްބަރު 2025
ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ
25 ޑިސެމްބަރު 2025

ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

25 ޑިސެމްބަރު 2025
ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް
25 ޑިސެމްބަރު 2025

ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް

25 ޑިސެމްބަރު 2025
ރައީސް މުއިއްޒުގެ މަކަރުވެރިކަން ރައްޔިތުންނަށް މިހާރު ސާފުވެ އެނގެން ޖެހޭ: މެމްބަރު މައުރޫފް
23 ޑިސެމްބަރު 2025

ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން

23 ޑިސެމްބަރު 2025
ރައީސް ހިޔާލުދެއްވީ ސީޕްލޭން ގައި ފުރޮޅު ހަރުކޮށް ރަށްރަށު ގައި ޖެއްސޭ ގޮތަށް ހެދުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު