Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާދަމް ނަސީރު

ޅެމުން ފަރުވާ ދިނުމާއި މެދު ފުލުހުންނާއި އެކު މަޝްވަރާ ކުރި ކަމަށް ފުލުހުން ބުނިތާ 8 މަސް ފަހުން ވަޒީރު އެކަން ދޮގުކުރައްވައިފި، ވިދާޅުވީ އެ ވާހަކަ ފެނުނީ މީޑީއާ އިން ކަމަށް

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ޅެމުގެ ފަރުވާ އާއި މެދު ފުލުހުންނާއި މަޝްވަރާ ނުކުރާ ކަމަށް. ނަމަވެސް އެ މަސައްކަތުގެ ދިރާސާތައް ވުޒާރާ އިން ކުރާ ކަމަށް ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 14:41
ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން ފުލުހުންގެ ޚިދުމަތުން ގައުމިއްޔަތު މިނިސްޓްރީއާ އެކު މަޝްވަރާކުރި ކަމަށް ފުލުހުން ބުނިތާ 8 މަސް ފަހުން ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އެކަން ދޮގުކުރައްވައިފި އެވެ.

ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން ފުލުހުންގެ ޚިދުމަތުން ގައުމިއްޔަތު މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރީ މި އަހަރުގެ އެޕްރިލް މަހުގެ 29 ވަނަ ދުވަހު އެވެ.  އޭރު ފުލުހުން ބުނީ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާ އާއި އެކު ވިކްޓިމް ސަޕޯޓް ޑިޕާޓުމަންޓުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމަކީ ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވީ ބައްދަލުވުމެކެވެ. ފުލުހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާކޮށްފައިވެ އެވެ. ހަމައެހެންމެ ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފާހަގަކޮށްފައި ވެ އެވެ.

 ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި މެދު ވަޒީރާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ސުވާލުކުރުމުން ވަޒީރު ވަނީ އެފަދަ ބައްދަލުވުމެއް ނުހިނގާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ މީޑިއާތަކުން ދެއްކި ވާހަކަ އެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެފަދަ ބައްދަލުވުމެއް ހިނގާފަ އެއް ނުވޭ. އެއީ ރަނގަޅު މައުލޫމާތެއް ނޫން. އަޅުގަނޑަށް ވެސް އެ ވާހަކަ ފެނުނީ މީޑިއާ އިން" ވަޒީރު ވިދާޅުވި އެވެ. 

ވަޒީރު ވަނީ އެ މައުލޫމާތު ފެތުރުނު ގޮތެއް ސާފު ނުވާ ކަމަށް ވިދާޅުވެފަ އެވެ. ވަޒީރު އެފަދައިން ވިދާޅުވުމުން، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވަނީ އެފަދަ ބައްދަލުވުމެއް ކުރިއަށް ނުދާ ނަމަ އެއާއި ގުޅުން ހުރި ވާހަކަތައް މީޑިއާގައި ފެތުރުމުން އެކަމަށް ރިއާޔަތްކޮށް، ނުވަތަ އެކަން ދޮގުކޮށްފައި ނުވަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. ނަަމަވެސް އެކަމަށް ސާފު ޖަވާބެއް ވަޒީރު ދެއްވާފަ އެއް ނުވެ އެވެ. ވަޒީރު އިތުރަށް ވިދާޅުވީ ޅެމުން ފަރުވާ ދިނުމާއި ގުޅުން ހުރި މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާ ކަމަށެވެ. މިހާރު ކުރަނީ ދިރާސާތަކުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވަޒީރު ވަނީ އެ ބައްދަލުވުމަކީ ޅެމުން ފަރުވާ ހޯދުމާއި ގުޅޭ ބައްދަލުވުމެއް ނޫން ކަަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާއި މެދު ފުލުހުންގެ އިދާރާ އާއި ވެސް ސުވާލުކުރައްވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ފަހަރުގައި އެ ޚަބަރު އެގޮތަށް އައީ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔުނު ފުލުހުންނަށް ބައްދަލުވުގައި ހިނގި ކަންކަން ނޯޓު ކުރުމުގައި އެރި އޮޅުމަކުން ކަމަށް ވެދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ ބައްދަލުވުން ފައްޓަވަމުން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ޅެމުން ފަރުވާ ހޯދުމުގެ ވިސްނުން ހުރިކަން ހާމަކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ވަރަކަށް ފުލުހުންނާއި އެކަމާއި މަޝްވަރާ ނުކުރާ ކަމަށް ވަޒީރު ވިދާޅުވި އެވެ. 


އާދަމް ނަސީރުޅެމުން ފަރުވާވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރުދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

27 ޑިސެމްބަރު 2025
ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލަ އެއް ބަލަނީ

ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލަ އެއް ބަލަނީ

27 ޑިސެމްބަރު 2025
އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވޭ: ފުލުހުން

އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވޭ: ފުލުހުން

27 ޑިސެމްބަރު 2025
ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި

26 ޑިސެމްބަރު 2025
އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފި

އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު