Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޭމްގެ މައްސަލަތައް

ސްކޭމް ތަކުގައި މީހުން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ!

2025 ވަނަ އަހަރުގެ މިހާތަނަށް 814 ސްކޭމްގެ މައްސަލައެއް ހުށަހަޅާފައިވާއިރު, މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 90.2 ޕަސެންޓް އިތުރު އަދަދެއް. އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ ކޮމާސް ސްކޭމަށް ކަމަށް. 1163 މައްސަލާގައި 22.7 މިލިއަން ރުފިޔާ ގެއްލުންވި ނަމަވެސް ފުލުހުންނަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދައިދެވިފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 08:03
ބޭންކުގެ ކާޑު ބޭނުން ކޮށްގެން މީހަކު ސްކޭމް ހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ބޭންކުގެ ކާޑު ބޭނުން ކޮށްގެން މީހަކު ސްކޭމް ހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

މިދިޔަ އަހަރަށް ވުރެ މިއަހަރު ސްކޭމްގެ މައްސަލަތަކަށް މީހުން ހުށަހެޅިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރު ކަމަށާއި، ''ރޮމާންސް ސްކޭމް'' އަށް އެކަނި ވެސް 16 މީހަކު ހުށަހެޅިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިބަރ ކްރައިމް ސެންޓަރުގެ ސައިބަރ އިންވެސްޓިގޭޝަން ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ 2025 ވަނަ އަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތައް އިތުރު ކަމަށާއި، 814 މައްސަލައެއް ހުށަހަޅާފައިވާ ކަަމަށެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު، 90.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އަޒީފް ވިދާޅުވީ ހުށަހެޅިފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން 66.6 ޕަސެންޓަކީ މަކަރާއި ހީލަތުގެ މައްސަލަތައް ކަމަށާއި، ހެކް ކުރުމުގެ 10.2 ޕަސެންޓް މައްސަލަ ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އޮންލައިން ހެރެސްމަންޓުގެ 9.6 ޕަސެންޓް މައްސަލަ ހިމެނޭ ކަމަށާއި، އެހެނިހެން މައްސަލަތައް 13.6 ޕަސެންޓް ހިމެނޭ ކަމަށެވެ.

މިހާރު ވެސް ސްކޭމްގެ 111 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އަޒީފް ވިދާޅުވި އެވެ. 

ސްކޭމްގެ ބާވަތްތަކަށް އިޝާރާތް ކުރައްވައި އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ 12 ބާވަތެއްގެ ސްކޭމަށް މީހުން ހުށަހެޅިފައިވާ ކަމަށާއި، އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ ކޮމާސްގެ ސްކޭމް ތަކަށް ކަމަށެވެ. އަދި ރޮމާންސްގެ ސްކޭމަށް ވެސް 16 މީހަކު ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެންމެ ގިނަ ބަޔަކު ހުށަހެޅިފައިވަނީ އީ ކޮމާސް ސްކޭމް ކުރިން ފާހަގަކުރިހެން ޚާއްސަ ގޮތެއްގައި ފޭސްބުކް މާކެޓުގައި 763 ސްކޭމް. ދެވަނަ އަށް ބޭރުގެ ފައިސާ ގަނެވިއްކުމުގެ ގުޅުންހުރި ސްކޭމްތައް 340 މައްސަލަ. މިއާއެކު ކާކުކަން ނޭނގޭ ގޮތަށް 242 މައްސަލައެއް، ފޯނުން ގުޅައިގެން 95 މައްސަލައެއް، އިންވެސްޓްމަންޓް ސްކޭމްގެ 55 މައްސަލަ، ލިންކް މެދުވެރިކޮށް 37 ސްކޭމްގެ މައްސައެއް، ރޮމާންސް ސްކޭމް ނުވަތަ ލޯބީގެ ގޮތުން ގުޅުމެއް އުފައްދައިގެން ހިންގާފައިވާ 16 މައްސަލައެއް. ވަޒީފާގެ ފުރުސަތު އޮފަރކޮށްގެން ހިންގާފައިވާ 4 މައްސަލައެއް. އައިޑެންްޓިޓީ ތްފެޓްގެ 4 މައްސަލައެއް. ބިޒްނަސް އީމެއިލް ކޮންޕްރަމައިޒް ސްކޭމްގެ 1 މައްސަލައެއް ފާހަގަކުރެވިފައިވޭ  
އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުހައްމަދު

މީގެ އިތުރުން ޝާމް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާ ހޯދުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ބައެއް ކޭސްތަކުގައި ހުރިހާ ފައިސާއެއް އަނބުރާ ހޯދައިދެވިފައިވާ ކަމަށެވެ. 

2025 މާޗް 17 ވަނަ ދުވަހުން ފެށިގެން މަރުކަޒީ ކޮށް މި ޚިދުމަތުން ސްކޭމްގެ މައްސަލަތައް ތަހުގީގު ކުރަން ފެށިފަހުން 1163 މައްސަލައެއް ހުށަހެޅުނުއިރު މީގެ ތެރެއިން 539 މީހުން ހުށަހެޅި މައްސަލާގައި ގެއްލުންވި ފައިސާ އެއްކޮށް އަނބުރާ ހޯދައިދެވިފައިވޭ. މީގެ އިތުރުން 143 މީހަކު ހުށަހަޅާފައިވާ މައްސަލާގައި ގެއްލުންވި ފައިސާއިން ބައެއް ހޯދައިދެވިފައިވާކަން ފާހަގަކުރަން. ދެންނެވި ތަފާސްހިސާބުތަކުން ފައިސާއިން ބަލާނަމަ 1163 މައްސާލާގައި 22.7 މިލިއަން ދިވެހި ރުފިޔާ ގެއްލުންވެފައިވާއިރު، ފުލުހުންނަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދައިދެވިފައިވޭ . މިއީ 37 އިންސައްތާގެ ރިކަވަރީ ރޭޓެއް. 
އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުހައްމަދު
ސްކޭމްގެ މައްސަލަތައް
ސްކޭމްގެ މައްސަލަތައް

ސްކޭމްގެ މައްސަލަތައް ހުއްޓުމަށް ފުލުހުން ދަނީ ބޭރުގެ ގައުމުތަކާ ގުޅިގެން ވެސް ޚާއްސަ ޕްރޮގްރާމްތަކުގައި ބައިވެރިވަމުން ކަމަށް ބުނެފައިވެ އެވެ. އަދި މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ވެސް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތަފާތު ޕްރޮގްރާމްތައް ހިންގަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސްކޭމްތައްސައިބަރ ކްރައިމްދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ވައްކަން ކުރި ކަމަށް ތުހުމަތުކޮށް މާލޭގެ މަގުމަތީގައި ދަމާ ގެންގޮސް މޫދަށް މީހަކު އެއްލާލައިފި

ވައްކަން ކުރި ކަމަށް ތުހުމަތުކޮށް މާލޭގެ މަގުމަތީގައި ދަމާ ގެންގޮސް މޫދަށް މީހަކު އެއްލާލައިފި

24 ޑިސެމްބަރު 2025
ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

24 ޑިސެމްބަރު 2025
މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

24 ޑިސެމްބަރު 2025
ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

20 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު