Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

20 ޑިސެމްބަރު 2025 | ހޮނިހިރު 11:28

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯ ގައި ބަހައްޓާފައި ހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް މިދިޔަ ބުދަ ދުވަހު ރިޕޯޓުކުރި. ފުލުހުން ތަހުގީގު ކުރުމުން ދަނިކޮށް ބުރާސްފަތި ދުވަހު އެ އިންޖީނު ހޯދައިފައިވަނީ ހުޅުމާލޭގެ ބައު ދަގަނޑު ކިރާ ތަނަކުން. 140،000 ރުފިޔާގެ އަގުހުރި އިންޖީނު ބައު ދަގަނޑުގެ ގޮތުގައި ވިއްކާލާފައިވަނީ އެންމެ 1،083 ރުފިޔާ އަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 20 ޑިސެމްބަރު 2025 | ހޮނިހިރު 11:28
ފުލުހުން ހޯދި އިންޖީނު: 140,000 ރުފިޔާ ގެ މި އިންޖީނު ބައު ދަގަނޑު ގެ ގޮތުގައި ވިއްކާލާފައިވަނީ އެންމެ 1،083 ރުފިޔާ އަށް

ފުލުހުން ހޯދި އިންޖީނު: 140,000 ރުފިޔާ ގެ މި އިންޖީނު ބައު ދަގަނޑު ގެ ގޮތުގައި ވިއްކާލާފައިވަނީ އެންމެ 1،083 ރުފިޔާ އަށް

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުރި 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ވަގަށް ނަގައި، ބައު ދަގަނޑު ގެ ގޮތުގައި އެންމެ 1،083 ރުފިޔާއަށް ވިއްކާލާފައި ވަނިކޮށް، ފުލުހުން އެ އިންޖީނު ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯ ގައި ބަހައްޓާފައި ހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުން ގެ ޕެޓްރޯލް އެންޑް ރެސްޕޮންސް އާއި އިންވެސްޓިގޭޝަން ގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ބުރާސްފަތި ދުވަހު ވަނީ ވަގަށް ނަގާފައިވާ އިންޖީނު ހޯދައިފަ އެވެ. މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައި ފާސްކުރަނިކޮށް އިންޖީނު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ވަގަށް ނަގާފައިވާ މި އިންޖީނު ބައު ދަގަނޑު ގެ ގޮތުގައި ވިއްކާލާފައިވަނީ އެންމެ 1،083 ރުފިޔާ އަށެވެ. މި އިންޖީނު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާއިރު، މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެ ތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ފުލުހުން ފާހަގަކުރި އެވެ.  މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި، އެ ތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. 

މަސްދަރު:

ވައްކަންހުޅުމާލެ ފޭސް އެކެއްދިވެހި ފުލުހުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި
16 ޑިސެމްބަރު 2025

ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި

16 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
21 ނޮވެމްބަރު 2025

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"
02 ނޮވެމްބަރު 2025

ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

02 ނޮވެމްބަރު 2025
ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް
25 އޮކްޓޯބަރު 2025

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އޮކްޓޯބަރު 2025
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެރަށުގެ 4 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
19 އޮކްޓޯބަރު 2025

މިދިޔަ މަހު ވަގަށް ނަގައިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 7.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ހޯދައިފި

19 އޮކްޓޯބަރު 2025
މިދިޔަ މަހު ވަގަށް ނަގައިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 7.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ހޯދައިފި
18 އޮކްޓޯބަރު 2025

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް