Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޕަރޭޝަން ރިވެލި

އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފި

އައު އަހަރާ ދިމާކޮށް ފުލުހުން ފެށި އޮޕަރޭޝަންގައި މާލެ ސަރަހައްދާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން މަގުމަތީގައި ހަރަކާތްތެރިވެ، ވީސީޕީ ގާއިމުކޮށް މީހުންނާ ސުވާލުކޮށް ވެހިކަލްތައް ޗެކްކުރުމާއި، ވައްކަމާއި ފޭރުމާއި ބަނގުރަލާ ގުޅުން ހުރި މައްސަލަތަކަށް ހާއްސަ ސަމާލުކަން ދޭނެ. މީގެ އިތުރުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކޮށް ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންދާނެ. މި އޮޕަރޭޝަން ކުރިއަށްދަނީ ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމްސް، އިމިގްރޭޝަން އަދި ކޯސްޓްގާޑްގެ އެހީތެރިކަމާއެކު.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 10:19
އޮޕަރޭޝަން "ރިވެލި" އަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންނަށް ބޭއްވި ބްރީފިންގެ ތެރެއިން

އޮޕަރޭޝަން "ރިވެލި" އަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންނަށް ބޭއްވި ބްރީފިންގެ ތެރެއިން

އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފި އެވެ.

މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށި މި އޮޕަރޭޝަންގައި މާލެ ސަރަހައްދާއި ހުރިހާ ރަށެއް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަމުންދާނެ އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާލޭއާއި ހުޅުމާލޭ ގެ އެކި ސަރަހައްދު ތަކުގައި ވީ.ސީ.ޕީ ގާއިމުކޮށް މީހުންނާއި ސުވާލުކުރުމާއި ވެހިކަލް ޗެކްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރަމުން ގެންދާނެ އެވެ.

Advertisement - newsAdvertisement

އަދި މި އޮޕަރޭޝަންގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ވައްކަމާއި ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއި، ސައިލެންސަރު މޮޑިފައިކޮށްގެން އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމުގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މީހުން ހުއްޓުވައި ސުވާލުކޮށް އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރަމުންގެންދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ފުރާ އަދި އަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ އަންގާރަ ދުވަހު ފަށާފަ އެވެ. 

ފުލުހުން ބުނީ ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރު ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށާފައިވާ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގްރޭޓަރ މާލެ އޭރިއާއިން ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލަމުން ގެންދާނެ އެވެ.

އޭގެ އިތުރުން މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅު ކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 އިން 2026 ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އެން.ޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގަ އެވެ.

އޮޕަރޭޝަން ރިވެލިދިވެހި ފުލުހުންމެރިން ޕޮލިހުންއެމްއެންޑިއެފް ކޯސްޓްގާޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޭމް ތަކުގައި މީހުން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ!

ސްކޭމް ތަކުގައި މީހުން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ!

25 ޑިސެމްބަރު 2025
ވައްކަން ކުރި ކަމަށް ތުހުމަތުކޮށް މާލޭގެ މަގުމަތީގައި ދަމާ ގެންގޮސް މޫދަށް މީހަކު އެއްލާލައިފި

ވައްކަން ކުރި ކަމަށް ތުހުމަތުކޮށް މާލޭގެ މަގުމަތީގައި ދަމާ ގެންގޮސް މޫދަށް މީހަކު އެއްލާލައިފި

24 ޑިސެމްބަރު 2025
ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

24 ޑިސެމްބަރު 2025
މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

24 ޑިސެމްބަރު 2025
ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު