Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންގ ސަން ސޫކީ

ސޫކީއަށް ދިން ސުލްހައިގެ އިނާމު އަތުލުމަށް ގޮވާލައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ޕެޓިޝަނެއް!

ސޫކީ އަށް މުޅި ދުނިޔޭގެ ފާޑު ކިޔުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 11 ސެޕްޓެމްބަރު 2017 | ހޯމަ 06:31
މިޔަންމާގެ ލީޑަރު އަން އަންގ ސަން ސޫކީ

މިޔަންމާގެ ލީޑަރު އަން އަންގ ސަން ސޫކީ

މިޔަންމާގެ ލީޑަރު އަން އަންގ ސަން ސޫކީ އަށް ދީފައިވާ "ނޮބަލް ޕީސް ޕްރައިޒް" އަތުލުމަށް ގޮވާލާ ޕެޓިޝަނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

މިޔަންމާގެ ސްޓޭޓް ކައުންސެލަރ އަންގ ސަން ސޫކީ އަށް ނޮބެލް ޕީސް ޕްރައިޒް ދީފައި ވަނީ 1991 ވަނަ އަހަރު، އެގައުމުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބާރު އަޅައި ހިންގެވި ހަރަކާތްތަކާއި މިޔަންމާގެ ކުރީގެ މިލިޓަރީ ލީޑަރުންނާ ދެކޮޅަށް ތެދުވެ ސުލްހަވެރިކަމާއެކު ޑިމޮކްރަސީ އަށާއި އިންސާނީ ހައްގުތަކަށް އޭނާ ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ނަމަވެސް، ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ބަހެއް ވެސް ވިދާޅުވެފައިނުވާ ސޫކީގެ އަތުން އެ އިނާމު އަތުލުމަށް ގޮވާލައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މިވަނީ ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ. މިވަގުތާ ހަމައަށް އެ ޕެޓިޝަނުގައި 409،290 މީހުން ވަނީ ސޮއި ކޮށްފަ އެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ އިންސާނިއްޔަތާ ދެކޮޅު ހަމަލާތަކެއް ސޫކީގެ ގައުމުގައި ދެވެމުންދާއިރު މިވަގުތާ ހަމައަށް އެކަންތައްތައް ހުއްޓުވުމަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

ޕެޓިޝަނުގައި އެތައް ލައްކަ ބަޔަކު ސޮއި ކޮށްފައިވީ ނަމަވެސް، ނޯވޭގައި ހުންނަ ނޮބެލް އިންސްޓިޓިއުޓުން ބުނެފައި ވަނީ ސޫކީއަށް ދީފައިވާ އެވޯޑް އަތުނުލެވޭނެ ކަމަށެވެ.

ރޮހިންޖާ ދަރިކޮޅު ނެތިކޮށްލަމުންދާއިރު، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި އެތަކެއް ދުވަސްތަކެއް ހޭދަކުރެއްވި ސޫކީ "ހަނު" ހުންނަވާތީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ބުޑިސްޓުންގެ އާބާދީ ބޮޑު މިޔަންމާގެ އަސްކަރިއްޔާއިން ދަނީ ރޮހިންޖާ މުސްލިމުން މަރައި، ގެތައް އަންދައި ބޮޑެތި އަނިޔާތަކެއް ދެމުންނެވެ. މިއީ ނަސްލު ނައްތާލުމުގެ ގޮތުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ފާހަގަ ކުރައްވާފައިވާއިރު، އެއްވެސް ފިޔަވަޅެއް ނާޅާތީ އދ. އަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު