Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމުގެ ހާލު

ވެރިންގެ އަނިޔާވެރި ކަމުގެ ވޭނީ ހިތާމަ މިއަދު އުފުލަން ޖެހިފައި މިވަނީ ރައްޔިތުންނަށް!

ފޮނި ވަޢުދުތަކާއެކު ވެރިކަމަށް އައި މުއިއްޒު ސަރުކާރުން ރައްޔިތުންނަށް ދިނީ ހަމައެކަނި ހިތާމައާއި ހިތްދަތިކަމެވެ. ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދަރަނި އިތުރުވެ، ކޮރަޕްޝަން އާންމުވެފައިވާއިރު، ސަރުކާރުގެ އިސްވެރިން އަމިއްލަ ޖީބު ފުރުން ނޫންކަމެއް ނުކުރެ އެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2025 | ހޮނިހިރު 08:51
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު ވެރިކަމަށް އައީ ގައުމު ދާ މިސްރާބު ގޯސްވެގެން ކަމަށް ބުނެ، ގައުމު ހަމަމަގަށް އެޅުވުމަށެވެ. އެގޮތުން ކުރީ ސަރުކާރުން ކުރަމުން ގެންދިޔަ ހަމަ ކޮންމެ ކަމަކީ ވެސް އޭރު އިދިކޮޅުގައި އޮތް މިހާރު ވެރިކަމުގައި ބަގުޑިބައްދައިގެން ތިބި މީހުންނަން ބަލައިގަނެވޭ ކަންކަމަކަށް ނުވިއެވެ.

ނިތްކުރިއަށް ރުލެއްވެސް އަރުވައިނުލާ އެތަކެއް ބުހުތާނު ދޮދު ވާހަތަކެއް ދައްކައިގެން، ރައްޔިތުންނަށް މާ ހެޔޮއެދިގެން، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނަމޭ ކިޔައި އެތަކެއް ފޮނި ވައުދުދާއި އަހުދުތަކެއް ވެގެން ވެރިކަމަށް އައި މީހުންގެ ހަގީގީ ސޫރަ މިއަދު ދިވެހި ރައްޔިތުންނަށް ވަރަސް ސާފުކޮށް ދަނީ ފެންނަމުންނެވެ.

ވެރިކަމަށް ދެ އަހަރުވާން ދާއިރުގައި ވެސް އޭރު ރައްޔިތުންނަށް ވި ވައުދުތަކުގެ މަތިން ކުޑަކޮށް ވެސް ހަނދާން ހުންނަކަމަކަށް ނުވި އެވެ. އަމިއްލަ ޖީބު ފުރާފައި ދެން އިތުރަށް ރައްޔިތަކަށް ދޭނޭ ހަމަ އެކައްޗެއް ވެސް މި ސަރުކާރުގައި އޮންނަ ކަމަކަށް ނުވެ އެވެ.

މުޅި ގައުމު އޮތީ ދަރާ ހިކިފައި ކަމަށް ބުނަމުން ދާއިރު، ރައީސް މުއިއްޒަށް ސަނާ ކިޔާ މީހުން ސިޔާސީ ބޮޑެތި މަގާމުތަކަށް ލައްވާ މަންޒަރު އަންނަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެންނަމުންނެވެ.

މިހާރު ވެރިކަމުގެ ތަހުތުގައި ބަގުޑިބައްދައިގެން ތިބި ވެރިންނަކީ ހަގީގަތުގައި އިއްޔެ އާއި މާދަމަ އަށް ވުރެ އަބަދުވެސް މިއަދު މުހިންމު ވާ ބައެކެވެ. ވެރިކަމުގެ ކޮންމެ ދުވަހެއްގައި ވެސް އުފަލާ އަރާމުގައި އުޅުން ފިޔަވައި އެހެން ކަމެއް މި ސަރުކާރުގެ ވެރިން ބޭނުމެއް ނުވާ ކަހަލަ އެވެ.

މިއަދު ދިވެހިރައްޔިތުންނަށް ވެސް ކުރިމަތިވެފައި މި ވަނީ މި ސަރުކާރުގެ މުސީބާތެކެވެ. ވެރިމީހާގެ ތެދުވެރިކަމެއް ނެތުމުގެ ވޭނީ ހިތާމަ މިއަދު އުފުލަން ޖެހިފައި މިވަނީ ގައުމުގެ ނިކަމެތި ރައްޔިތުންނަށެވެ.

މުޅި ގައުމުގެ އިގްތިސޯދު ފުނޑިއްޖެ އެވެ. ރައްޔިތުންގެ މާލީ ހާލަތު ދަށަށް ގޮސް ނިކަމެތި ވެއްޖެ އެވެ. އަމިއްލަ ވިޔަފާރިތައް ހުއްޓިފައެވެ. ދަރާފައެވެ. މީހުންގެ ޖީބުތައް ހުސްވި އިރު ތަކެތީގެ އަގު އަތްނުފޯރާ ފަށުގައެވެ.

މިފަދަ ނުރައްކާތެރި ހާލަތައް ގައުމު ދާން ޖެހުނީ ސަރުކާރުގެ ތެރޭގައި ދޮގުވެރީންނާއި ހީލަތްތެރިން ގިނަވެ ތެދުވެރީންނާއި އިޚުލާސްތެރިން ނެތުމުން ނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރައީސް މުއިއްޒުގެ މި ސަރުކާރުގައި ބޮޑެތި މަގާމުތަކުގައި ތިއްބެވީ ރައްޔިތަކަށް ކުޑަވެސް އޯގާތެރި ކަމެއް، މަގާމު އަދާ ކުރުމުގައި އެއްވެސް ތެދުވެރިކަމެއް ނެތް ބައެކެވެ.

ގައުމުގެ އިގްތިސޯދު އިނދަ ޖައްސާލި ބަޔަކީ ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އައުވާނުންނެވެ. ބަދަލު ދިނުމުގެ ނަމުގައާ އަދިވެސް އެހެނިހެން ނަންނަމުގައި އަމިއްލަ މަސްލަހަތު ހިމެނޭ މީހުންނަށް ދައުލަތުގެ ޚަޒާނާ އެދަނީ ބަހަމުންނެވެ.

ބޮޑެތި އަދަދުތަކުން ބަޖެޓުތައް ފާސްކޮށް މުޅި ބަޖެޓު ބަހާ ހުސްކޮށްލި އިރު ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ އެއްވެސް މަޝްރޫއުއެއް މި ސަރުކާރަށް ނުހިންގުނެވެ. އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު، ދައުލަތަށް ލިބުނު އާމްދަނީގެ ރެކޯޑެއް އޮތް ނަމަވެސް އެއަކުން ރައްޔިތަކަށް ރާހަތެއް ކުރި މަންޒަރެއް ނުފެނުނެވެ.

ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހުރި ގިނަ ކަންކަން ބޮލާލައި ޖަހައި އާސަންދައިގެ ހަރަދު ވެސް އިހުނަށް ވުރެ ބޮޑުކޮށްލީ އެވެ. އެކަމަކު ރައްޔިތުން ބޭސް ސިޓީ އަށް ސަލާން ޖަހަނީއެވެ. ސަރުކާރުގެ މެމްބަރެއްގެ ފައިބުޑަށް ވެއްޓިގެން ނޫނީ ބޭސްފަރުވާ ކުރެވޭނެ ފަދަ އެއް މިއަދަކު ނެތެވެ.

ރައްޔިތުންނަށް ލިބުނީ މަތިވި އިންފްލޭޝަން އެވެ. ޑޮލަރުގެ އަގު މައްޗަށް ދިއުމެވެ. ބޮޑެތި ކަރަންޓު ބިލު ތަކެވެ. ކަރަންޓު ކެނޑުން އިތުރުވުމެވެ. ދެ އަހަރުތެރޭގައި 110 ބިލިއަން ރުފިޔާ ހުސްވިއިރު ރައީސް މުއިއްޒަށް ކުރެވުނު ހަމައެކަނި ކަމަކީ 55 އޭޓީއެމް ބެހެއްޓުމެވެ. އެކަމަކު އެކަމަށްވެސް ޚަރަދު ކުރީ ސަރުކާރުގެ ބަޖެޓަކުންނޫނެވެ.

ރައީސް މުއިއްޒުއިގްތިޞާދީ ކާރިސާސަރުކާރުގެ ދަރަނިދައުލަތުގެ ޚަރަދުއާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު