Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިބްރާހިމް އަމީރު

ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު

ބަޖެޓް ޑެފިސިޓް 9 ބިލިއަން ރުފިޔާއަށް އަރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ސެޕްޓެމްބަރު 2025 | ހުކުރު 08:27
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ސަރުކާރުގެ ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިޢުކުރާ ރިޕޯޓުތަކުގައި މަކަރު ހަދައިގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ސެޕްޓެންބަރާ ހަމައަށް ފިނޭންސް މިނިސްޓްރީން ނެރޭ ޕަބްލިކޭޝަންތައް ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއަހަރު ބޮޑަށް ފާހަގަވަނީ ހުންނަ ހިސާބުތައްވެސް ހިސާބުތަކަށް ނުވައްދާ، ހިސާބުތައް އޮޅުވާލަން މަސައްކަތްކުރާ މަންޒަރު ކަމަށާއި، ބޭރުން ފަންޑު ލިބިގެން ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ބްރިޖާއި އެއަރޕޯޓުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުތައް ޝާއިޢުކުރުން ލަސްކުރަމުންދާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް މިހާރު ވަނީ ހުއްޓިފައި ކަމަށާއި، ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާގެ ބިލުތައް ޕްރައިވެޓް ސެކްޓަރގެ ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ހަމަ އެއްކޮށްހެން ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްސްތައް ހުއްޓިފައި މިހިރީ. ދެން އޭގެއިން މި ވަނީ، ދެ ގޮތެއް. އެއީ އެއްވެސް ގޮތަކަށް ބިލަށް ފައިސާއެއް ނުދެއްކޭ. ގާތްގަނޑަކަށް ދިހަބާރަވަރަކަށް ބިލިއަން ރުފިޔާގެ ބިލުތައް އެބަހުރި ޕްރައިވެޓް ސެކްޓަރގެ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ. ދެން ފައިސާ ނުދޭނަމަ މި ވާ ގޮތަކީ، ޕްރޮޖެކްޓް އިތުރަށް ކުރިއަށް ގެންދަންވެސް އަނެއްކާ ޕްރޮގްރެސިވް ޕޭމަންޓްސް ހޯދަން އެ ބޭފުޅުން ބިލުތައް ފިނޭންސަށް ފޮނުވަންވެސް، ސަރުކާރަށް ފޮނުވަންވެސް އެ ބޭފުޅުންނަށް ދެން އެކަމެއްވެސް ނުކުރެވޭނެތާ ޕްރޮޖެކްޓުން އޮންނާނީ ހުއްޓިފަތާ. އެހެންވީމާ، އެގޮތަށް އެ މަސައްކަތް އެދަނީ. އެހެންވީމާ، ހަމަ ސަރޕްލަސް ބޮޑުކަމަށް ދައްކާނެ. ދެން އަޅުގަނޑުމެން މިހާރު 2025 ވަނަ އަހަރު ބަޖެޓުގައި އެ ބޭފުޅުން މަޖިލީހުން ފާސްކުރި ބަޖެޓުގައި 9 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮންނާނެ ކަމަށް އެ ބޭފުޅުން މަޖިލީހުން ފާސްކުރި ބަޖެޓުގައި އޮތީ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ހަމަ އަހަރު ނިމޭއިރު، ގާތްގަނޑަކަށް ހަމަ 9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހަމަ މިއަހަރުވެސް ނިމިގެންދާނީ އިނގޭތޯ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

2025 ވަނަ އަހަރުގެ ބަޖެޓުގައި 9 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮންނާނެ ކަމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، 2024 ވަނަ އަހަރުވެސް ނިމިގެންދާނީ މިވަރުގެ ޑެފިސިޓެއްގައި ކަމަށް އަމީރު ލަފާކުރައްވައެވެ. 2024 ވަނަ އަހަރު 20 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ނަގާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިއަހަރުގެ ބަޖެޓުގައި ބޭރުން 432 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި އަދި 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ހޯދާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މިއިން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އަމީރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޚަރަދުތައް ކުރަމުންދަނީ ރާއްޖޭގެ ބޭންކުތަކާއި ކުންފުނިތަކުގެ ކޭޝް ފްލޯ ބޭނުންކޮށްގެން ކަމަށާއި، މިކަމުގެ ސަބަބުން ބްލެކް މާކެޓުގެ ރޭޓްތައް މައްޗަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް އަމީރުފިނޭންސް މިނިސްޓްރީބަޖެޓް ޑެފިސިޓްސަރުކާރުގެ ދަރަނިބަޖެޓް ސަޕޯޓްޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
13 ނޮވެމްބަރު 2025

ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި

13 ނޮވެމްބަރު 2025
ސަރުކާރުން 2.95 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލު ވިއްކަން ހުޅުވާލައިފި
09 ނޮވެމްބަރު 2025

އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު

09 ނޮވެމްބަރު 2025
އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު
07 ނޮވެމްބަރު 2025

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން

07 ނޮވެމްބަރު 2025
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ފެންވަރެއް ނެތް، އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު