Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2026

ފިޗު ކްރެޑިޓް ރޭޓިންގ، "ޑަބަލް ސީ' އާއި 'ޓްރިޕަލް ސީ' ގެ ތަފާތު މެމްބަރު އަލީ މޫސާ އަށް ވަރަށް ބޮޑަށް އޮޅިއްޖެ!

މުއިއްޒުގެ ސަރުކާރުގައި ޓްރިޕަލް 'ސީ' ދިނުމަށްފަހު ފަހުން ޑަބަލް 'ސީ' ދިނުމުން ހާލަތު ރަނގަޅުވާ ކަމަށް އަލީ މޫސާ ވަނީ ހީވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2025 | އާދީއްތަ 14:37
ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ

ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ

ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިން އިން ދެމުން އަންނަ ރޭޓިންގައި ހިމެނޭ 'ޑަބަލް ސީ' އާއި 'ޓްރިޕަލް ސީ' ގެ ތަފާތު އެނގިވަޑައި ނުގެން ހުންނަވާ މުއިއްޒު ސަރުކާރުގައި ކްރެޑިޓް ރޭޓިންގ މަތިވި ކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ދޮގު ހަދައިފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުން މެންބަރު އަލީ މޫސާ ވަނީ އެމްޑީޕީގެ ސަރުކާރު 2018 ވަނަ އަހަރު އައި އިރު ދިވެހިރާއްޖޭގެ ބަޖެޓުގެ ހާލަތާއި ދިވެހިރާއްޖޭގެ ބަޖެޓު އޮތްގޮތަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ. އަލީ މޫސާ ވިދާޅުވީ އެއިރު 2018 ވަނަ އަހަރު އެމްޑީޕީ ގެ ވެރިކަން އައި އިރު ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަކީ 'ބީ ޕްލަސް' ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމުނު އިރު 2023 ގައި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަކީ 'ޓްރިޕަލް ސީ' (ސީ،ސީ،ސީ) ކަމަށެވެ.

Advertisement - newsAdvertisement
ނަމަވެސް މިއަދުގެ ކްރެޑިޓް ރޭޓިންގ އަކީ 'ޑަބަލް ސީ'. އެހެން ވީމާ ކުރިއެރުންތަކެއް ހޯދަމުން އަންނަތަން ފެނޭ.
ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ

މެންބަރު އަލީ މޫސާގެ ވާހަކައިގައި ހަގީގަތުގައި އެ ވިދާޅުވީ 'ޓްރިޕަލް ސީ' (ސީ،ސީ،ސީ) ގައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑަބަލް 'ސީ' (ސީ،ސީ) އަށް ރޭޓިން ދަށްކުރި ވާހަކަ އެވެ.

އަލީ މޫސާ މިފަދައިން ވިދާޅުވި އިރު، ފިޗުން ދޭ ރޭޓިން ތަކުގައި 'ޓްރިޕަލް ސީ' (ސީ،ސީ،ސީ) އަށްވުރެ 'ޑަބަލް ސީ' (ސީ،ސީ) އަކީ ހާލަތު ގޯސްވެގެން ދޭ ރޭޓިން އެކެވެ. ފިޗު ރޭޓިންގ ފެށެނީ 'ޓްރިޕަލް އޭ' (އޭ،އޭ،އޭ) އިންނެވެ. އެއީ އެންމެ ރަނގަޅު ކްރެޑިޓް ރޭޓިންގ އަދި ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން އޮތުމުންދޭ ރޭޓިންގ އެކެވެ. އެންމެ ދަށް ރޭޓިންގ އަކީ 'ޑީ' އެވެ.

'ސީސީ' ރޭޓިން އަކީ ދަރަނި ނުދެއްކި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިން އެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިން އަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓު ވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިން އަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިން އެކެވެ.

ފިޗް ރޭޓިންގ (އިންވެސްޓްމަންޓް ގްރޭޑް - ރަނގަޅު ރޭޓިންގ)

  1. ޓްރިޕަލް އޭ (އޭ،އޭ،އޭ) - އެންމެ މަތީ ކްރެޑިޓް ކޮލިޓީ، ޑިފޯލްޓް ރިސްކް އެންމެ ދަށް.
  2. ޑަބަލް އޭ (އޭ،އޭ) - ކްރެޑިޓް ކޮލިޓީ ވަރަށް މަތި، ޑިފޯލްޓް ރިސްކް ވަރަށް ދަށް.
  3. އޭ - ކްރެޑިޓް ކޮލިޓީ މަތި، ޑިފޯލްޓް ރިސްކް ދަށް.
  4. ޓްރިޕަލް ބީ (ބީ،ބީ،ބީ) - ކްރެޑިޓް ކޮލިޓީ ރަނގަޅު، މިވަގުތު ޑިފޯލްޓް ރިސްކް ކުޑަ.

ފިޗް ރޭޓިންގ (ސްޕެކިއުލޭޓިން ގްރޭޑް - ރިސްކް އޮތް ރޭޓިންގ)

  1. ޑަބަލް ބީ (ބީ،ބީ) - ނުރައްކާ އޮތް، ޑިފޯލްޓް ވެދާނެ ފަދަ ނާޒުކު ހާލަތެއް އޮތުން.
  2. ބީ - ވަރަށް ބޮޑަށް ނުރައްކާ އޮތް، ޑިފޯލްޓްވުމުގެ ރިސްކް އޮތުން.
  3. ޓްރިޕަލް ސީ (ސީ،ސީ،ސީ) - ކްރެޑިޓް ރިސްކް ބޮޑު، ޑިފޯލްޓްވުމުގެ ފުރުސަތު ބޮޑު.
  4. ޑަބަލް ސީ (ސީ،ސީ) - ކްރެޑިޓް ރިސްކް ވަރަށް މަތި، ޑިފޯލްޓް ވެދާނެ ކަމަށް ބެލެވޭ.
  5. ސީ - ޑިފޯލްޓްވުމައި ކައިރީވުން؛ ޑިފޯލްޓް ނުވަތަ ޑިފޯލްޓް ވުމުގެ ހާލަތެއް ފެށުން.
  6. އާރް ޑީ - އިޝޫކުރާ ފަރާތުން ފައިސާ ނުދައްކާ ޑިފޯލްޓް ވުން.
  7. ޑީ - ޑިފޯލްޓްވުން؛ ފައިސާ ދެއްކުން ހުއްޓި، ބަނގުރޫޓުވުން.

މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" ދަށް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރި އެވެ.

"ސީސީ ރޭޓިން އިން ބުނެދެނީ ކޮންމެ ވެސް ސިފައެއްގައި ދަރަންޏެއް ނުދެއްކިދާނެމުގެ ބިރު އޮތްކަން،" ފިޗުގެ ރިވިއުގައިވެއެވެ.

މެންބަރު އަލީ މޫސާގެ ވާހަކައިގައި ޓްރިޕަލް 'ސީ' އަށްވުރެ ޑަބަލް 'ސީ' އަކީ ރަނގަޅު ހާލަތެއް ކަމަށް މަޖިލީހުގައި ވިދާޅުވި އެވެ. ނަމަވެސް ޑަބަލް ސީ'' އަކީ ހާލަތު ގޯސް ކަން އަންގައިދޭ ރޭޓިން އެކެވެ.

މީގެ އިތުރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވާތަން ނުފެންނާތީ އަދި ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެެއް އަޅާފައިނުވާތީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ރާއްޖޭގެ "ޖަންކް" ރޭޓިން ދަމަހައްޓާފައިވެ އެވެ.

މިދިޔައަހަރު ރާއްޖޭގެ ރޭޓިން "ސީއޭއޭ 1" ގައި ހުރި ނަމަވެސް މޫޑީސް އިންވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ 2" އަށް ދަށްކޮށްފައެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

ފިޗް ރޭޓިންސްއަލީ މޫސާކްރެޑިޓް ރޭޓިންގބަޖެޓް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
"މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ!"

"މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ!"

24 ނޮވެމްބަރު 2025
އުއްމީދީ ބަޖެޓުގައި ކަންކަން ފެންނަން ނުހުރެދާނެ، ކުރަން ޖެހޭ ކަމަކީ އީމާންކަންމަތީ ތިބެގެން ދުއާކުރުން: މެންބަރު ރިޒާ

އުއްމީދީ ބަޖެޓުގައި ކަންކަން ފެންނަން ނުހުރެދާނެ، ކުރަން ޖެހޭ ކަމަކީ އީމާންކަންމަތީ ތިބެގެން ދުއާކުރުން: މެންބަރު ރިޒާ

18 ނޮވެމްބަރު 2025
އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތް، ޚަރަދު ކުޑަނުކޮށް ނުވާނެ: ސިޔާމް

އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތް، ޚަރަދު ކުޑަނުކޮށް ނުވާނެ: ސިޔާމް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު