Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުކޫކް ބޮންޑް

500 މިލިއަން ޑޮލަރުގެ ސްކޫކު ޑިފޯލްޓްވުމުގެ ފުރުސަތު އެބައޮތް: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ 500 މިލިއަން ޑޮލަރުގެ ސުކޫކު ބޮންޑުގެ މުއްދަތު ހަމަވާނީ 8 އޭޕްރިލް 2026 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2025 | އަންގާރަ 01:47
ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު

500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން އައު ސުކޫކެއް ނުވިއްކި، ޑިފޯލްޓު ވުމުގެ ފުރުސަތު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 500 މިލިއަން ޑޮލަރުގެ ސުކޫކު ބޮންޑުގެ މުއްދަތު ހަމަވާނީ 8 އޭޕްރިލް 2026 ގައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އައު ބޮންޑަކުން ސުކޫކު ރީފައިނޭންސް ކުރުމަށް ރާވަފައި ވީނަމަވެސް، ޤައުމުގެ މިހާރުގެ މާލީ ދަތިތަކާ ހުރެ އިތުރު 500 މިލިއަން ޑޮލަރުގެ ބޮންޑަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ހުރި މިންވަރާމެދު ޔަޤީންކަމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއަށް މިހާރުވެސް 500 މިލިއަން ޑޮލަރުގެ ސުކޫކު ބޮންޑާ ގުޅިގެން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށާއި، ޤައުމަށް ފައިސާ ދެއްކުމުގެ ޤާބިލުކަމާމެދު އިންވެސްޓަރުން ކަންބޮޑުވުމުގެ ސަބަބުން ބޮންޑުގެ އަގު 70 އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޔީލްޑް ބޮޑުތަނުން އިތުރުވެ، ދަރަނި ނެގުން އަގުބޮޑުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައެއް މާހިރުން ދެކޭގޮތުގައި ދިވެހިރާއްޖެއަށް ސުކޫކު ބޮންޑުގެ ފައިސާ ނުދެއްކިދާނެ ކަމުގެ ރިސްކު އެބައޮތެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި، އައު ފަންޑިންގ ހޯދުމަށް އުނދަގޫވެދާނެއެވެ.

ދަރަނި އަދާކުރެވޭނެކަމާމެދު ކަންބޮޑުވުން ހުރުމާއެކު، ފިޗް އަދި މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވާ ކަމަށާއި، މި ދަށްކުރުމުގެ ސަބަބުން އައު ބޮންޑުތަކަށް އިންވެސްޓަރުންގެ ޝައުޤުވެރިކަމަށް އަސަރުކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ކަންކަމަށް ބަލާއިރު، އިތުރު 500 މިލިއަން ޑޮލަރުގެ ބޮންޑަކަށް ފުރިހަމަ ޝައުޤުވެރިކަމެއް ލިބޭނެކަމާމެދު ޔަޤީންކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙުތަކާއި ދަރަނި މެނޭޖްކުރުމުގެ ޕްލޭންތަކާމެދު އިންވެސްޓަރުންގެ ޔަޤީންކަން ނުލިބޭނަމަ، ދިވެހިރާއްޖޭގެ މާލީ ދަތިތަކާއި މަތީ ދަރަނީގެ ސަބަބުން އިންވެސްޓަރުން ފަސްޖެހިދާނެއެވެ.

ފިޗް އަދި މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވުމަކީ އިތުބާރު ގެއްލިފައިވާ ކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އިރު، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިންގ އެޖެންސީ، ފިޗް ރޭޓިންގސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ "ސީސީ" ގައި ވަނީ ދަމަހައްޓާފައެވެ.

'ސީސީ' ރޭޓިންގ އަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންގ އެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިންގ އަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓު ވާނެކަން ޔަގީންވުމުން ދޭ ރޭޓިންގ އެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިންގ އަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިންއެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިންގ ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިންގ "ސީސީސީ ޕްލަސް" ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިންގ "ސީސީ" އަށް ދަށްކުރި އެވެ.

އެ ރިވިއުގައި އެންމެ ބޮޑު ކަންބޮޑުވުމެއް ގޮތުގައި ފާހަގަކޮށްފައިވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރެވެ. އެ ގޮތުން، މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.

"ސީސީ ރޭޓިންގ އިން ބުނެދެނީ ކޮންމެ ވެސް ސިފައެއްގައި ދަރަންޏެއް ނުދެއްކިދާނެމުގެ ބިރު އޮތްކަން،" ފިޗުގެ ރިވިއުގައިވެއެވެ.

ފިޗް ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ މަރުކަޒީ ބޭންކް، އާރުބީއައިއާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ފަތުރުވެރިކަން ރަނގަޅުވެފައިވުމުން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވީ ނަމަވެސް، ކުރިއަށް އޮތް އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދާކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަވެފައިވެ އެވެ.

ސުކޫކް ބޮންޑްދިވެހިރާއްޖެފިޗްމޫޑީޒްކްރެޑިޓް ރޭޓިންގދަރަނި

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު