Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ ކޮރަޕްޝަން

ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

އޭނާ ބުނީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ) އާ ރައީސް އޮފީހުގައި ބައްދަލުކޮށް ސްޓެލްކޯ ގެ އެމްޑީ ކަމުން ވަކި ކުރި ހުސައިން ފަހުމީ ގެ އެމްޑީ ކަމުގައި އެ ކުންފުނީގައި ހިނގަމުން ދިއަ ކޮޮރަޕްޝަންގެ ވާހަކަތައް ވަރަށް ތަފްސީލު ކޮށް ހިއްސާ ކޮށްފައި ވާނެ ކަމަށް. އަދި އެ ވާހަކަތައް ހިއްސާ ކުރުމުން އެއީ ރައީސް މުއިއްޒު ވަރަށް ރުޅި ދުރުވާނެ ކަމެއް ކަމަށާ އެކަން ވަރަށް ގާތުން ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް.  ނަމަވެސް އެކަމަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އޭގެ ހަފްތާ އެއް ފަހުން ވަޒީފާ އިން ވަކި ކުރީ އޭނާ ކަމަށް ވެސް ބައްދަލުވުމުގައި ވާހަކަ ދެއްކި މީހާ ބުނި. 

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 08:10
ސްޓެލްކޯ ގެ ކުރީގެ އެމްޑީ ހުސައިން ފަހުމީ

ސްޓެލްކޯ ގެ ކުރީގެ އެމްޑީ ހުސައިން ފަހުމީ

ސްޓެލްކޯ ގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ) އާ ހިއްސާ ކުރުމުން ޖެހިގެން އައި ހަފްތާގައި އެ ކަން ހިއްސާ ކުރި މުވައްޒަފު ވަޒީފާ އިން ވަކި ކުރި ކަން ހާމަވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާ އާދިއްތަ ދުވަހު ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދެއްކި ސްޓެލްކޯ ގެ ކުރީގެ މުވައްޒަފަކު ވަނީ މި ސަރުކާރުން އޭނާ އާ މެދު ކަންތައް ކުރި ގޮތް ހިއްސާ ކޮށްފަ އެވެ. 

Advertisement - newsAdvertisement

އޭނާ ބުނީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ) އާ ރައީސް އޮފީހު ގައި ބައްދަލުކޮށް ސްޓެލްކޯ ގެ އެމްޑީ ކަމުން ވަކި ކުރި ހުސައިން ފަހުމީ ގެ އެމްޑީ ކަމުގައި އެ ކުންފުނީގައި ހިނގަމުން ދިއަ ކޮރަޕްޝަންގެ ވާހަކަތައް ވަރަށް ތަފްސީލު ކޮށް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އަދި އެ ވާހަކަތައް ހިއްސާ ކުރުމުން އެއީ ރައީސް މުއިއްޒު ވަރަށް ރުޅި ދުރުވާނެ ކަމެއް ކަމަށާ އެކަން ވަރަށް ގާތުން ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.  

ނަމަވެސް އެކަމަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އޭގެ ހަފްތާ އެއް ފަހުން ވަޒީފާ އިން ވަކި ކުރީ އޭނާ ކަމަށް ވެސް ބައްދަލުވުމުގައި ވާހަކަ ދެއްކި މީހާ ބުންޏެވެ. 

ހެރިންސް އައްޅޮ ކައިރީގަ އަޅުގަނޑު ދެންނެވީ ސްޓެލްކޯ ގައި ކޮރަޕްޝަންގެ ކަންކަން އެބަ ހިނގައޭ. އަޅުގަނޑަށް ފާހަގަ ކުރެވޭ ކަންކަމަކީ މިއީ އޭ. ސްޓެޕް ބައި ސްޓެޕް އަޅުގަނޑު ދެންނެވިން. ކީކޭތޯ ދެންނެވީ. އެއީ ފަހުމީ ގެ އެމްޑީ ކަމުގަ. ފަހުމީ އަށް އެނގޭނެ މިއީ ރަނގަޅު ތެދު ވާހަކައެއް ކަން. އެކަމު މަނިކުފާނުގެ އަރިހުގަ ދެއްތޯ އިންނެވީ. ކޮރަޕްޝަން. އަޅުގަނޑު މި ދަންނަވަނީ އެއީ ކޮރަޕްޝަން އޭ. ހެރިންސް އައްޅޮ ވިދާޅުވީ ތިއީ ރައީސް ވަރަށް ރުޅި ދުރުވެވަޑައިގަންނަވާ ކަމެކޭ. އަޅުގަނޑުމެން ވަރަށް ކައިރިން ބަލާނަމޭ. އަޅުގަނޑާ ހެރިންސް އައްޅޮ ރައީސް އޮފީހުގަ ހަމަ މީޓް ކުރީ މި މައްސަލައިގަ. އެކަމު ކިހިނެއް އޭގެ ނަތީޖާ. އޭގެ މުގާބިލުގައި އޭގެ ހަފްތާ އެއް ފަހުން އަޅުގަނޑު ވަޒީފާ އިން ވަކި ކޮށްލީ. ކިހާ ރަނގަޅުތޯ ފަހުމީ،
ސްޓެލްކޯގެ ކޮރަޕްޝަނުގެ މައްސަލަ ރިޕޯޓު ކޮށްގެން ވަޒީފާ އިން ވަކިކުރި މުވައްޒަފު

އޭނާ ބުނީ މިއީ ސީދާ ކޮރަޕްޝަން ގެ އަމަލެއް ކަމަށެވެ. މިނިސްޓަރަކާ ހިއްސާ ކުރި މިފަދަ ވާހަކަ އެއް މިނިސްޓަރު ފަހުމީ އަށް ދެންނެވި ކަމަށާ އެއާއެކު ފަހުމީ އޭނާ ވަޒީފާ އިން ވަކި ކުރުމަކީ ސީދާ ކޮރަޕްޝަން ކަމަށް އޭނާ ވަނީ ތަކުރާރު ކޮށް ބުނެފަ އެވެ. 

ސްޓެލްކޯގެ އެމްޑީ ކަމުން މިދިޔަ ނޮވެމްބަރު މަހު ވަކި ކުރި ފަހުމީ އަށް މި ސަރުކާރުން ވަނީ  ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް ޖެހިގެން އައި ދުވަހު ދީފަ އެވެ. 

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އޭނާ އައްޔަނު ކޮށްފައިވާއިރު ފަހުމީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ބެލުމުގެ ބަދަލުގައި މި ސަރުކާރުން އޭނާ އަށް ދިނީ ބޮޑު އިނާމެއް ކަން ވެސް މި ވަނީ ހާމަވެގެން ގޮސްފަ އެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އަށް ޖާގަ ނޯންނާނެ ކަމަށް ވިދާޅުވެ އެވެ. ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން އަދި ސިޔާސީ މަގާމުތަކަށް ލައްވާ ބޭފުޅުންނަކީ ވެސް، ތެދުވެރި އަދި ނަޒާހަތްތެރި މީހުން ކަމަށް ވެސް އެމަނިކުފާނު ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ވިދާޅުވެފަ އެވެ. 

ނަމަވެސް އޭގެ ބަދަލުގައި މި ސަރުކާރުން ވައްކަމާ ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނަށް ކިޔަނީ މަރުހަބާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހުސައިން ފަހުމީސްޓެލްކޯކޮރަޕްޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

22 ޑިސެމްބަރު 2025
ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

21 ޑިސެމްބަރު 2025
ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އަޒްމީލް ގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އަޒްމީލް ގެ ހަށިގަނޑު ރާއްޖެ ގެންނަނީ

14 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު