Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ގެ ޖަލު ހުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން ހުއްދަ އެއް ނުދިން

ވަންއެމްޑީބީގެ ފައިސާ އިން 2.28 ބިލިއަން ރިންގިޓް ހޯދުމަށް މަޤާމުގެ ނާޖާއިޒު ބޭނުން ކުރުމާއި މަނީލޯންޑަރިންގެ 25 ދަޢުވާ އޭނާގެ މައްޗަށް އުފުލާފައިވާއިރު އަންނަ ހުކުރު ދުވަހު މައި މައްސަލައިގެ ހުކުމް އިއްވުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 07:22
ޖަލުގައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަންނަވަނީ - ޑިސެމްބަރު 22، 2025

ޖަލުގައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަންނަވަނީ - ޑިސެމްބަރު 22، 2025

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގޭ ބަންދުގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށުގައި އިއްވާފައިވާ ހުކުމުގެ ބާކީ ބައި ތަންފީޒު ކުރުމަށް ކޯޓުގައި އެދުމުން، އެކަމަށް ހުއްދަދޭ ޝާހީ ލިޔުން ސައްހަނޫން ކަމަށް ނިންމައި، ކޯޓަކުން ބާޠިލުކޮށްފިއެވެ.

ކުއާލާ ލަންޕޫރު ހައިކޯޓުން ހޯމަ ދުވަހު ނެރުނު މި ހުކުމަކީ، ބިލިއަނަށް ޑޮލަރުގެ ވަން އެމްޑީބީ (1MDB) ފައިސާގެ ހިޔާނާތުގައި އޭނާ ބައިވެރިވުމާއި ގުޅިގެން 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވި ނަޖީބަށް ލިބުނު އިތުރު ނާކާމިޔާބެކެވެ.

އުމުރުފުޅުން 72 އަހަރުގެ ނަޖީބް ކޯޓުގައި އެދިވަޑައިގެންފައިވަނީ، ކުރީގެ ރަސްގެފާނު މިދިޔަ އަހަރު އޭނާ އަށް މައާފު ދެއްވާ ނެރުއްވި ޝާހީ އަމުރެއް ކަމަށް އޭނާ ވިދާޅުވާ އަމުރު، ތަންފީޒު ކުރުމަށް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކަށް މަޖުބޫރު ކުރުމަށެވެ. އޭނާގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރީ އެ އަމުރުގެ ދަށުން އަދަބުގެ ބާކީބައި ގޭގައި ބަންދުކޮށްގެން ތަންފީޒު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މެލޭޝިޔާގެ ރަސްގެފާނު އަދާކުރައްވަނީ މައިގަނޑު ގޮތެއްގައި ރަމްޒީ މަޤާމެއް ކަމުގައި ވިޔަސް، ފެޑެރަލް ގާނޫނު އަސާސީން ރަސްގެފާނަށް ދީފައިވާ އިޚްތިޔާރީ ބާރުތަކުގެ ތެރޭގައި، ކުށްވެރިވާ މީހުންނަށް މަޢާފު ދިނުމުގެ ބާރު ހިމެނެއެވެ.

ޤާޟީ އެލިސް ލޯކް ވިދާޅުވީ، އެފަދަ އަމުރެއްގެ ވުޖޫދާމެދު ސުވާލެއް ނެތް ކަމަށާއި ނަމަވެސް، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، އެޤައުމުގެ އަފުއާމް ދިނުމާ ބެހޭ ބޯޑާ މަޝްވަރާކޮށްގެން އެ އަމުރު ނެރެފައި ނުވާތީ، އެއީ ޤާނޫނީ ގޮތުން ތަންފީޒު ކުރެވޭނެ އަމުރެއް ނޫން ކަމަށެވެ. މެލޭޝިޔާގެ ވެރިކަން ކުރާ ފަރާތްތަކަށް އެބޭފުޅުންގެ އިޚްތިޔާރުގައި މަޢާފު ދިނުމުގެ ބާރު ލިބިފައި ވިޔަސް، އެ ބާރުތަކަކީ ހައްދެއް ނެތް ބާރުތަކެއް ނޫން ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.

ނަޖީބްގެ ވަކީލު، މުހައްމަދު ޝާފީ އަބްދުﷲ، "ދި ސްޓާރ" ނޫހަށް ވިދާޅުވީ، ކުރީގެ ބޮޑުވަޒީރު މި ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ނަޖީބްގެ މައްޗަށް މީގެ ކުރިން ޖުލައި 2020 ގައި، ވަންއެމްޑީބީ ގެ ކުރީގެ ގޮފި ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލް އެސްޑީއެން ބީއެޗްޑީ އިން 42 މިލިއަން ރިންގިޓް (9.9 މިލިއަން ޑޮލަރު) ގެ ޚިޔާނާތުގެ މައްސަލައެއްގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. މި ހުކުމް ފަހުން އަފުއާމް ބޯޑުން ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައެވެ.

ނަޖީބް ގެ މައްޗަށް ވަންއެމްޑީބީ ފައިސާގެ ހިޔާނާތާ ގުޅުންހުރި އެހެން މައްސަލައެއްގެ ހުކުމް މިހަފުތާގައި އިއްވުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ ހުކުރު ދުވަހު އިއްވުމަށް ހަމަޖެހިފައިވާ މިހުކުމަކީ ނަޖީބްގެ މައްޗަށް ހިނގާ މައި މައްސަލަ ކަމަށް ބެލެވެއެވެ.

އޭނާގެ މައްޗަށް ވަންއެމްޑީބީ ގެ ފައިސާ އިން 2.28 ބިލިއަން ރިންގިޓް (554 މިލިއަން ޑޮލަރު) ހޯދުމަށް މަޤާމުގެ ނާޖާއިޒު ބޭނުން ކުރުމުގެ ހަތަރު ދަޢުވާ އާއި، މަނީ ލޯންޑަރިންގެ 21 ދަޢުވާ ވަނީ އުފުލާފައެވެ. ދައުލަތުން ބުނަނީ، ނަޖީބް އޭނާގެ ބޮޑުވަޒީރުކަމުގެ މަޤާމާއި، ފިނޭންސް މިނިސްޓަރުކަމުގެ މަޤާމާއި، ވަންއެމްޑީބީ ގެ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަންކަމުގެ މަޤާމުގެ ނާޖާއިޒު ބޭނުން ކޮށްގެން، އެތައް ބިލިއަން ޑޮލަރުގެ ފައިސާ،  އޭނާގެ އަމިއްލަ އެކައުންޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ވަނީ ބޭންކު ރެކޯޑުތަކާއި ލިޔެކިޔުންތަކާއި، 50 އަށް ވުރެ ގިނަ ހެކިންގެ ހެކިބަސް ހުށަހަޅާފައެވެ. ނަޖީބް އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދަޢުވާއަކަށް އިންކާރުކުރާއިރު، ދިފާޢީ ވަކީލުން ވަނީ އެކަންކަމުގެ ކުށް ނަޖީބްގެ ގާތް އެކުވެރިއެއް ކަމަށްވާ، ފިލައިގެން އުޅޭ ވިޔަފާރިވެރިޔާ ލޯ ޓެކް ޖޯ، ނުވަތަ ޖޯ ލޯގެ ބޮލުގައި އަޅުވާފައެވެ.

ނަޖީބް ކުށްވެރިވާ ކަމަށް ހުކުމްކޮށްފި ނަމަ، މަޤާމުގެ ނާޖާއިޒު ބޭނުން ކުރުމުގެ ކޮންމެ ދަޢުވާއަކަށް 20 އަހަރުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެއެވެ. އަދި މަނީ ލޯންޑަރިންގެ ކޮންމެ ދަޢުވާއަކަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިދެ މައްސަލަ އަކީ، މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ކޮރަޕްޝަނާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އިމްތިހާނެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބަލަމުންނެވެ.

2022 ވަނަ އަހަރު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވައުދުގައި ވެރިކަމަށް ވަޑައިގެންނެވި އަންވަރަށް، ނަޖީބް ގެ މައްޗަށް އުފުލާފައިވާ އެތައް ދަޢުވާ އެއް ދައުލަތުން ބާޠިލު ކުރަމުން ދިއުމާ ގުޅިގެން، އިސްލާހީ މަސައްކަތްތަކަށް އޭނާގެ ކޮމިޓްމެންޓާ މެދު ތަކުރާރުކޮށް ސުވާލު އުފެދިފައިވެއެވެ. 

އަންވަރު ވިދާޅުވަނީ އޭނާ ކޯޓު މައްސަލަތަކުގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، އެޤައުމުގެ އެޓަރނީ ޖެނެރަލުން ބޮޑުވަޒީރު އައްޔަން ކުރައްވާތީ، އެޓާރނީ ޖެނެރަލްގެ މިނިވަންކަމާ މެދު ސުވާލު އުފެދިފައިވެއެވެ.

ނަޖީބް ވަންއެމްޑީބީ ޑިވެލޮޕްމެންޓް ފަންޑު އުފެއްދެވީ 2009 ވަނަ އަހަރު އޭނާ މަޤާމާ ހަވާލުވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. ތަހުގީގުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިފަންޑުން މަދުވެގެން 4.5 ބިލިއަން ޑޮލަރު ވަނީ ވަގަށް ނަގާފައެވެ. އަދި ނަޖީބް ގެ އެކުވެރިން ވަނީ އެ ފައިސާ އެމެރިކާ އާއި އެހެން ޤައުމުތަކުގެ ބޭންކު އެކައުންޓުތަކެއްގެ ތެރެއިން މަނީ ލޯންޑަރކޮށްފައެވެ. އެފައިސާ ބޭނުން ކޮށްފައި ވަނީ ހޮލީވުޑް ފިލްމުތަކަށް ފައިނޭންސް ކުރުމަށާއި، ހޮޓާތަކާއި، ލަގްޒަރީ ޔޮޓުތަކާއި، ގަހަނާ ފަދަ އެހެނިހެން އަގުބޮޑެތި ތަކެތި ގަތުމަށް ކަމަށް ތުހުމަތުކުރެވެ އެވެ.

ނަޖީބް ރައްޒާގުމެލޭޝިއާ1MDBކޮރަޕްޝަން އަންވަރު އިބްރާހިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

ރާއްޖެ އަކީ ކަރަޕްޝަން އާއި ޚިޔާނަތުގެ މައްސަލަތައް ގިނަ، ކަޅު ފައިސާ ދޮންނަ، ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ނުރައްކާ ބޮޑު ގައުމެއް: ރިޕޯޓު

21 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު